ޙަބަރު

ޤުރްއާން ކިޔެވުމުގެ ކުޑަކުދިންގެ މުބާރާތުގެ އޮޑިޝަން އެއް ޕީއެސްއެމް އިން އުނގޫފާރުގައި ބާއްވަނީ

ޕަބްލިކް ސާވިސް މީޑިއާގެ ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޤުރްއާން ކިޔެވުމުގެ ކުޑަކުދިންގެ މުބާރާތަށް ކުދިން ހޮވުމަށް ބާއްވާ އޮޑިޝަން އުނގޫފާރުގައި ވެސް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރ.އުނގޫފާރުގެ އިތުރު އޮޑިޝަން އޮންނަނީ މާލެއާއި ހ.ދ. ކުޅުދުއްފުށި ، ލ.ފޮނަދޫ އަދި އައްޑޫ ސިޓީގެ ހިތަދޫގައެވެ. މާލޭގައި ބާއްވާ އޮޑިޝަން މި އެޕްރީލް މަހުގެ 28،29،30 އަދި މެއި މަހު 1 ވަނަ ދުވަހު ، ދިވެހިރާއްޖޭގެ އަޑުގެ ރޭޑިއޯ ބިލްޑިންގ ގައި އޮންނާނެއެވެ.  މުބާރާތުގެ އޮޑިޝަންގައި ކިޔެވުމަށް އެޕްލިކޭޝަން ފޯމެއް ހުށައަޅާކަށް ނުޖެހެއެވެ.   އެކުއްޖެއްގެ އުމުރު ފުރާއިން ވާދަ ކުރަން ބޭނުންވާ ގޮފީގެ ކިޔެވުން އޮންނަ ގަޑި ތަކުގެ ތެރެއިން ކޮންމެވެސް އެއްގަޑިއެއްގައި އައިޑީ ކާޑު ނުވަތަ ފޮޓޯޖެހި ރަސްމީ ލިޔުމެއް ހިފައިގެން އައުމުން އޮޑިޝަނުން ފުރުސަތު ލިބޭނެ ކަމަށް ޕީއެސްއެމް އިން މައުލޫމާތު ދެއެވެ. އަދި މާލޭގައި ބާއްވާ އޮޑިޝަންގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކުއްޖަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް މައުލޫމާތު ދެއެވެ.

އަތޮޅުތެރޭގައި ބާއްވާ އޮޑިޝަން މި އަންނަ މެއި މަހު ތެރޭގައި ބާއްވާއިރު އޮންނާނެ ވަކި ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް ޕީއެސްއެމުން މައުލޫމާތު ދެއެވެ.

އޮޑިޝަނުން 700 ކުދިންނަށް ފުރުސަތު ލިބޭ މި މުބާރާތުގައި 3 އުމުރު ފުރައިން ނުބަލާ ކިޔުމުގެ ގޮއްޕާއި ބަލައިގެން ކިމުގުގެ ގޮފީގައި ކިޔެވުމަށް ހަމަޖެހިފައި ވެއެވެ. އެއީ 5 އަހަރާއި 7 ދެމެދު ، 7 އަހަރާއި 10 އަހަރާއި ދެމެދު އަދި 10 އަހަރާއި 13 އަހަރާއި ދެމެދުއެވެ.

ރަމަޟާންމަހު ކުރިއަށްދާ މިމުބާރާތުގައި ކޮންމެ ކުއްޖަކަށްވެސް ބައިވެރި ވެވޭނީ އެ ކުއްޖެއްގެ އުމުރުފުރައިން ކޮންމެވެސް އެއް ގޮތްޕެއްގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close