ޚަބަރުރ.އަތޮޅު

ރ.އަތޮޅު ކައުންސިލުގެ 6 ވަނަ ޤުރުއާން މުބާރާތުގެ 1 ވަނަ ރ.އަލިފުއްޓަށް

ރ.އަތޮޅު ކައުންސިލްގެ 6 ވަނަ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަ ވަނަ އަށް ދިޔަ ބައިވެރިންނަށް އިނާމު ދީފިއެވެ. މިމަހުގެ 21 ން 23 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިމުބާރާތުން 1 ވަނަ ލިބިފައިވަނީ ރ.އަލިފުއްޓަށެވެ. 2 ވަނަ ރ.މަޑުއްވަރީއަށް ލިބިފައިވާއިރު 3 ވަނަ ލިބިފައިވަނީ ރ.އިނގުރައިދޫއަށެވެ.

މިމުބާރާތުގެ މުޅި މުބާރާތުން 1 ވަނަ ދަރިވަރަކަށް ހޮވިފައިވަނީ ރ.އަލިފުށީ ސްކޫލްގެ ގުރޭޑް 8 ގެ ދަރިވަރު މަޒްނާ ޢަލީއަށެވެ. މިމުބާރާތުން 1 ވަނަ ހޮވޭ ފަރާތަކަށް އަސްކޮއި ޙައްޖު އުމްރާގެ ފަރާތުން އުމްރާ ދަތުރެއް ލިބޭ ގޮތަށް ވަނީ ހަމަ ޖެހިފައެވެ.

މިމަހުގެ 21 ވަނަ ދުވަހު ފެށިގެން ކުރިއަށްދިއަ މިމުބާރާތުގައި ރ.އަތޮޅުގެ އަލިފުށި، ރަސްގެތީމް، ހުޅުދުއްފާރު، އުނގޫފާރު، ދުވާފަރު، މާކުރަތު، ރަސްމާދޫ، އިންނަމާދޫ، އިނގުރައިދޫ، ފައިނު، މީދޫ، މަޑުއްވަރި އަދި ކިނޮޅަސް ހިމެނޭ ގޮތަށް ޖުމްލަ 13 ރަށަކުން 153 ބައިވެރިން ބައިވެރިވެފައިވެއެވެ. އެއީ ބަލައިގެން ކިއުމުގެ ގޮފިން 101 ބައިވެރިންނާއި ނުބަލާ ކިއުމުގެ ގޮފިން 52 ބައިވެރިންނެވެ. މިމުބާރާތުގައި ބައިވެރި ނުވަނީ އަނގޮޅިތީމާއި ވަދޫއިންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close