ޙަބަރުކުޅިވަރު

ރެޑްބުލް އިން ސައިކަލްގެ ސްޓަންޓް ދައްކާލުމުގެ އިވެންޓް އުނގޫފާރުގައި ބާއްވައިފި

ރެޑްބުލްއާއި އުނގޫފާރު ފޯސްޓަރިންގ އެވެއަރނަސް އެސޯސިއޭޝަން (އުފާ) ގުޅިގެން ސައިކަލްގެ ސްޓަންޓް ދައްކާލުމުގެ ހަރަކާތެއް އިއްޔެ ހަވީރު އުނގޫފާރުގައި ބާއްވައިފިއެވެ. އިއްޔެގެ ހަވީރު މިހަރަކާތް ކުރިއަށްދިޔައީ އުނގޫފާރު ސްޓޭޖް ސަރަހައްދުގައެވެ.

މިހަރަކާތުގައި ސްޓަންޓް ހެދުމުން ދުނިޔޭގެ ޗެމްޕިއަން 12 ފަހަރު ހޯދާފައިވާ ޑަގްލަސް ލެމްކިން ގެ ހުނަރުތައް ދައްކާލާފައިވެއެވެ. މިއީ މިފަދަ ހުނަރުވެރި ހަރަކާތެއް އުނގޫފާރުގައި ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ. އަދި އަމިއްލަރަށުގައި ތިބެގެން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ފަރާތެއްގެ ހުނަރު ބަލާލަން ލިބުނު ރަނުގެ ފުރުސަތެކެވެ.

ސްޓަންޓް ހެދުމުން ދުނިޔޭގެ ޗެމްޕިއަން 12 ފަހަރު ހޯދާފައިވާ ޑަގްލަސް ލެމްކިންގެ ބައްޕަ އަކީވެސް ސްޓަންޓް ހެދުމުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ފަރާތެކެވެ. ޑަގްލަސްވަނީ އިއްޔެ ރ ކަނދޮޅުދޫގައިވެސް ސްޓަންޓް ވީޑިއޯ ތަކެއްވެސްވެސް ނަގާފައެވެ.

މިހަރަކާތް ކުރިއަށްގެންގޮސްފައިވަނީ ވަރަށްގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކުގައެވެ. މިހަރަކާތް ކުރިއަށްގެންދިއުމުގުގައި އެހީތެރިވެދިން ހުރިހައި ފަރާތްތަކަށް (ޔޫރޯ ސްޓޯރ، ޕިސްޓޮން، ހަސަން މެރިން، އުނގޫފާރު ޕޮލިސް އަދި އުނގޫފާރު ކައުންސިލަށް ) ވަރަށް ހާއްސަ ޝުކުރެއް އުފާގެ ފަރާތުން ރައްދުކުރަމެވެ.

މިހަރަކާތް ބަލާލުމަށް އުނގޫފާރުގެ ކުދިބޮޑު އެތައްބަޔަކު ހާޒިރުވިއެވެ. ރެޑްބުލްގެ ފަރާތުން ހުކުރު ދުވަހު ހަވީރު ރ ދުވާފަރުގައިވެސް ވަނީ މިހަރަކާތް ކުރިއަށް ގެންގޮސްފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close