ދިރިއުޅުންޓެކުނޮލޮޖީ

2017 ވަނަ އަހަރު އެމެރިކާގެ ކޮންމެ ރައްޔިތެއްގެ ހަށިގަނޑަށް ޗިޕެއް ޖަހަނީ

އެމެރިކާގެ އެންބީސީ ނޫސް އެޖެންސީއިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި 2017 ވަނަ އަހަރު އެމެރިކާގެ ކޮންމެ ރައްޔިތެއްގެ ހަށިގަނޑުގައި މައިކްރޯ ޗިޕެއް ހަރުކުރާނެއެވެ. މިރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިމައިކްރޯ ޗިޕުގެ ބޭނުމަކީ އެމެރިކާގެ ކަމާބެހޭ ފަރާތްތައް އެގައުމުގެ ކޮންމެ ރައްޔިތަކުވެސް ވަގުތުން އެއީ ކާކުކަން ދެނެގަތުމެވެ. މީގެ އެއް މަގުސަދު ކަމުގައި ބުނެފައި ވަނީ މައިކްރޯ ޗިޕުގައި ކާކުކަން އަންގައިދޭ މައުލޫލޫމާތު ރައްކާކުރެވިފާ ވުމުގުގެ ސަބަބުން އެއްވެސް މީހަކަށް އެމީހަކާ ބެހޭ ނުބައި މައުލޫމާތު ނުދެވުމެވެ.

ނަމަވެސް މިކަމާގުޅިގެން ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ މިމައިކްރޯ ޗިޕްގެ ސަބަބުން އެމެރިކާގެ ސަރުކާރަށް އެކަށިގެންވާ ވަރަށްވުރެ ބޮޑެތި ބާރުތަކެއް ލިބިދޭތީއެވެ. އާންމުން ގޮސްއުޅޭ ތަންތަނާ އުޅޭ ނޫޅޭގޮތް ވަގުތުން ޓްރެކް ކުރެވެމުން ދިއުމުގެ ސަބަބުން އެމީހުންގެ ޒާތީ ކަންކަމާއި ސިއްރުތައް އެހެން މީހުންނަށް އެނގިގެން ދާނެތީއެވެ.

އެންބީސީއިން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިޗިޕް މިހާރު ވަނީ އުފައްދާފައެވެ. އަދި މިޗިޕް މިހާރު ދަނީ ބައެއް މީހުންގެ ހަށިގަނޑުގައި ހަރުކުރުމަށްފަހު ޓެސްޓުކުރަމުންނެވެ. އަދި މިޗިޕް ބޭނުންކުރުމުގެ ލިޔެކިޔުންތައް މިހާރު ދަނީ ތައްޔާރު ކުރެވެމުންނެވެ. މިކަމާމެދު ބައެއް މީހުން ބުނެފައިވާ ގޮތުގައި މީގެ ސަބަބުން އެމެރިކާ ސަރުކާރަށް އެގައުމުގެ ރައްޔިތުންނަށް ބިރުދައްކާ ނުފޫޒު ފޯރުވުމުގެ ބާރު ލިބިގެންދާނެއެވެ. އަދި ސަރުކާރާ ދެކޮޅު ޚިޔާލު ފާޅު ކުރާ ފަރާތްތައް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެން ދާނެއެވެ.

މައުލޫމާތު: ސުޕަރޓޭސްޓީ ރިސައިޕް ޑޮޓް ކޮމް، އެންބީސީ

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close