ރިޕޯޓްދުނިޔެ

އިޒްރޭލުން ޖަލަށްލި ފަލަސްތީނުގެ ކުޑަ ކުއްޖަކު އޭނާގެ މަންމައަށް ލިޔުނު އަސަރު ގަދަ ސިޓީ

ފަލަސްތީނުގެ ބިންތައް ގަދަ ބާރުން ފޭރިގައިންފައިވާ ޒައިނިސްޓު އިޒްރޭލުން ދަނީ ހައްގަކާ ނުލާ ފަލަސްތީނުގެ ރައްޔިތުނާ ދެކޮޅަށް ލާއިންސާނީ އެތަކެއް ޖަރީމާއެއް ހިންގަމުންނެވެ. މާތްވެގެންވާ އަޤުސާގެ ބިންމަތީގައި ފަލަސްތީނުގެ ދަރިންގެ ކުރިމަތީގައި އެމީހުންގެ މައިންގެ އިތްފަތްތެރިކަން ފޭރެމުންނެވެ. ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ބޭރުކޮށް ދާނެ އެއްވެސް ދިމާލެއް، ވަންނާނެ ގެދޮރެއް ނެތި މަގުމަތި ކުރަމުންނެވެ. ނަމަވެސް ފަލަސްތީނުގެ ދަރިންގެ ހިތްތައް ވަނީ ސާބިތު ކަމާއެކުއެވެ. އެމީހުންގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. އޭގެ ތެރެއިން އެކަކީ އިޒްރޭލުން ޖަލައްލި އުމުރުން އެންމެ 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ކަމުގައިވާ ޝާދީ ފައްރާހެވެ. އެކުޑަ މައުސޫމު ހިތުގައިވާ އިހުސާސްތައް އޭނާގެ މަންމައަށް ބަނޑުންކޮށްލީ އިޒްރޭލުގެ ޖަލުގައި ހުރެ އޭނާގެ މަންމަގެ އުފަންދުވަހު އޭނާގެ މަންމައަށް ފޮނުވި ސިޓީއަކުންނެވެ. ހުދު ކަރުދާހެއްގައި ލިޔެލާފައިވާ އަސަރު ގަދަ ޖުމްލަ ތަކަކުންނެވެ.

ޝާދީ ފައްރާހްގެ ސިޓީ

އަހަރެންގެ ލޯބިވާ ހިތްހެޔޮ މަންމާއެވެ. އަހަރެންގެ ދިރިއުޅުމުގަ އެންމެ މުހިންމު ފަރާތް ކަމުގައިވާ އަހަރެންގެ މަންމާއެވެ. އަހަރެން އެންމެ ކުޑަ އިރުއްސުރެ މަންމައަށް ވަރަށް އުނދަގޫ ކުރެވުނު ދޯއެވެ. އަހަންނަށް މާފު ކުރާށެވެ.

އަހަރެން ލޯބިވާ އަދި ކެތްތެރި މަންމާއެވެ. އަޅުގަނޑު ޖަލުގައި މަންމައާ ދުރުގާ ހުންނަން ޖެހޭ ވަގުތުގައި އަހަންނަށް މާފު ކުރާށެވެ. އަހަރެން ކިތަންމެ ބޭނުންވިޔަސް މަންމަ އުފާކޮށް ދޭން މަންމަ ގާތަކަށް ނުދެވެއެވެ. މަންމަ ނިދިޔަ ނުދީ ރޭގަނޑު ވަގުތުތަށް މަންމައާއެކު ހެދަކުރާކަށް މަންމަ ގާތަކަށް ނުދެވެއެވެ. މަންމާއެވެ. އަހަރެންނަށް މާފުކުރާށެވެ.

މަންމާއެވެ. އަހަރެން ބޭނުންވަނީ އަހަރެންގެ މަންމަގެ އިސްތަށި ފުޅު ހިތްވަރާއެކު އުފުލާލާ، ރުކެއްގެ ފަންތައްހެން ފަހުރާއެކު މައްޗަށް އުފުލާލެވޭނެ ދުވަހެއް މަންމައަށް ހޯދަދޭށެވެ. ވައިރޯޅިއަކުން އަދި ބިންހެލުމަކުން މަންމަގެ ތިއަޒުމަށް ގުޑުމެއް އެރިޔަ ނުދޭށެވެ.

މަންމާއެވެ. މި ދަތި ވަގުތުގައި ދެރަ ނުވާށެވެ. ކެތްތެރިވާށެވެ. ﷲ ވަނީ އަހަރެމެންނާ އެކުގައެވެ. މަންމާ އިނގޭހެއްޔެވެ. މިއަދު އަހަރެން ލޯގަނޑެއްގެ ކުރިމަތީގައި ހުއްޓި ހުރީމެވެ. އަހަރެންގެ ކުއްށަކީ ކޮބައިތޯ ސުވާލު ކުރީމެވެ. އަވަގުތު އެލޯގަނޑުން އަހަރެންގެ ކުށުގެ އިތުރުން އަހަރެންގެ ރަނގަޅު ފަރާތް ވެސް އަހަރެން ދުށީމެވެ. މަންމާއެވެ. ކެތްތެރި ވާށެވެ.

ޝާދީ ފަރާހް އިޒްރޭލުން މިހާރު މިނިވަން ކޮށްފައި ވީނަމަވެސް މިއީ މިހާރުވެސް އެއްވެސް ކުށާ ނުލައި އިޒްރޭލުގެ ޖަލުތަކުގައި ބަނދުކޮށްފައި ތިބި 414 އަށްވުރެ ގިނަ މައުސޫމު އެތައް ކުޑަ ކުދިންނެއްގެ ހިތުގެ އިހުސާސެވެ.

ޝާދި ފަރާހްއާއި އޭނާގެ އުމުރުން 12 އަހަރުގެ ރަހުމަތްތެރިއާ އަހުމަދު ޒަތާރީ އިޒްރޭލުން ހައްޔަރުކޮށްފައި ވަނީ ސްކޫލުން ގެޔަށް ދިޔަ މަގުމަތީގައެވެ. ފައްރާހުއާއި އާނާގެ ރަހުމަތް ތެރިއާ ހައްޔަރު ކުރަމުން އިޒްރޭލުގެ ޒަޔަނިސްޓުން ތުހުމަތު ކުރީ ފައްރާހުގެ އަތުގައި ވަޅިއެއް އޮތް ކަމަށެވެ. ނަމަވެސް މިކަން ފައްރާހުގެ އާއިލާއިން ދޮގު ކުރެއެވެ. އިޒްރޭލުން ފައްރާހު ހައްޔަރު ކުރި އިރު އޭނާގެ އަތުގައި އޮތް ކަމަށް ބުނި ވަޅިއަށް ވީގޮތެއް ދެނެހުރި މީހަކުވެސް ނެތެވެ. އަޖާބައް ނުވާނެހެއްޔެވެ. އަބަދުވެސް ހަތިޔާރު އަޅައިގެން ތިބޭ އަދި ބަރު ހަތިޔާރާއި ނިއުކުލިއާ މިސައިލުގެ މުއްސަނދިކަން ލިބިފައިވާ އިޒްރޭލުން ފަލަސްތީނުގެ ކުޑަކުއްޖެއްގެ އަތުގައި ވަޅިއެއް އޮވެދާނެ ކަމަށް ޖެހިލުންވެ އެވަޅިދެކެ ބިރުގަންނަނީ ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ މިއީ ވަރަށް ހެއްވާ ކަމެކެވެ. އަދި އިޒުރޭލު ސިފައިންނަކީ ހަގީގަތުގައި ވަރަށް ފިނޑި ބައެކެވެ.

ފައްރާހު ޖަލައްލުމަށް ފަހު އިޒްރޭލުން ފައްރާހުގެ އާއިލާއާ އޭނާއާ ބައްދަލު ކުރުމަށް ހުރަސް އެޅިއެވެ. އަދި އެތައް ހާސް ޑޮލަރަލުން އޭނާގެ އާއިލާ ޖޫރިމަނާ ވެސް ކުރިއެވެ.

މިވާހަކަ ރިޕޯޓުކޮށްފައިވާ އިނގިރޭސި ވިލާތުގެ ނިއު އަރަބް ނޫހާ ވާހަކަ ދައްކަމުން ފައްރާހުގެ މަންމަ ފަރިހާން ދަރަޤުމާ ބުނެފައިވާ ގޮތުގައި އޭނާގެ ދަރިފުޅުގެ ސިޓީއިން އޭނާގެ ހިތަށް ސާބިތުކަން ލިބުނެވެ. ފައްރާހުގެ މަންމަ ބުނިގޮތުގައި އޭނާގެ ދަރިފުޅު ޖަލުގެ ތޭރިތަކުގެ ފަހަތުގައި ހުރެ އޭނާއަށް ސިޓީލިޔަމުންދާކަން އެނގުމުން އޭނާގެ ހިތައް ވަރަށް އަސަރުކުރިއެވެ.

ޝާދީ ފައްރާހްގެ ސިޓީއިން އަހަރެންގެ ހިތަށް ސާބިތުކަން ލިބުނު. ބޮޑުވެ ފުރާ ފުރިހަމަ ވެފައިވާ ކުއްޖަކަށް ވެސް އެހާ ހަރު ވާހަކަ ތަކެއް ލިޔާކަށް ނޭންގޭނެ. މާތ ﷲ ގެ ވާގިފުޅާއެކު އެކަލާންގެ އަހަރެންނާއެކު ވާތީ އަހަރެން ހުރީ ގަދަވެ ސަލާމަތުން. އެކަމަކު އަހަރެންގެ ދަރިފުޅު ޖަލުގެ ތޭރިތަކުގެ ފަހަތުގައިވާލަން އެނގި ހުރެ އަހަރެންގެ ލޮލަށް ނިދި އަންނާނީ ކިހިނެއް؟

ނިއު އަރަބު ނޫހާ ވާހަކަ ދައްކަމުން ފައްރާހުގެ މަންމަ ފާރިހާ ބުނެފައިވެއެވެ.

މާތް ﷲ ފަލަސްތީނުގެ އެންމެހާ އަޚުންނާއި އުޚުތުންގެ ހިތްތަކަށް ސާބިތުކަން ދެއްވާ ފަލަސްދީނުގެ ރައްޔިތުން ނުބައި ޒައަނިސްޓުންގެ ކިބައިން ސަލާމަރް ކުރައްވާށެވެ. އާމީން.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
1 Comment threads
1 Thread replies
0 Followers
 
Most reacted comment
Hottest comment thread
2 Comment authors
hiyheyomohamed Recent comment authors
mohamed
Guest
mohamed

Subhaanallah

hiyheyo
Guest
hiyheyo

Subuhannallah

Close