ސިއްޙަތު

އުފާ ރޯދާ ރަހަ: އެޕަލް ސޭންޑްވިޗް

އެޕަލް ސޭންޑްވިޗަކީ 10 ވަރަކަށް މިނެޓް ތެރޭ ވަރަށް ފަސޭހަކަމާއެކު ތައްޔާރުކޮއްލެވޭ ސިއްޙަތަށް ފައިދާ ހުރި އެއްޗެކެވެ.

ބޭނުންވާނެ ތަކެތި

5 ވަރަކަށް އާފަލު

ޕީނަޓް ބަޓަރު

އަލްމޯންޑްސް

ހިކި މޭބިސްކަދުރު

ބެރީ

މާމުތް

ހައްދަވާނެ ގޮތް

އެންމެ ފުރަތަމަ އާފަލު އާދައިގެ ވަރަކަށް ތުނިކޮށް ފޮތި ފޮތި ކޮށްލާށެވެ. އާފަލު ފޮތި މަތީ ޕީޏަޓް ބަޓަރު ފަތުރުއްވާށެވެ. އަދި އޭގެމައްޗަށް ހިކި މޭބިސް ކަދުރާއި، ބެރީއާއި، އަލްމޯންޑްސް އަދި މާމުއި އަޅުއްވާށެވެ. އެގެ މައްޗަށް އެހެން އާފަލު ފޮއްޗެއް ލެއްވުމަށްފަހު އޭގެ މަތީގައިވެސް ކުރިން ބުނެވުނު ގޮތަށް ހައްދަވާށެވެ. އަދި އޭގެ މައްޗަށް ތިންވަނަ އާފަލުފޮއްޗެއް ލައްވާށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close