ރިޕޯޓްދީންސައިންސް

އާދަމުގެ ފާނާއި ހައްވާގެ ފާނު ވާހަކަ ޤަބޫލުނުކުރާ މީހުންނާ ދެކޮޅަށް ސައިންސް ހެކިދޭ

އަޅުގަނޑުމެން މުސްލިމުން ހިތުގައި އެއްވެސް ޝައްކެއް ނެތި ގަބޫލުކުރާ ހަގީގަތަކީ މިބިންމަތީގައި އިންސާނީ ދަރިފަސްކޮޅު ފެށިގެން އައިސްފައި ވަނީ އާދާމް عليه السلام އާއި ހައްވާ عليه السلام ފަރާތުންނެވެ. މިވާހަކަތައް އާލަމްތައް ހަލްޤު ކުރެއްވި ރަސްކަލާންގެ އެކަލާންގެ ވަޙީގައި އަދި އުންމަތުގެ ނަބިއްޔާ ﷺ ގެ ހަދީޘް ބަސްފުޅުތަކުގައި ވަރަށް ޝަރީހަ އިބާރާތުން ބަޔާންވެގެންވެއެވެ.

މިވާހަކަ ބަޔާންކުރައްވާ މާތް ﷲ ޞޯދު ސޫރަތުގެ 71 ވަނަ އާޔަތާއި 72 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ.

ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، މަށިން إنسان އަކު ހައްދަވާހުށީމެވެ. ފަހެ، ތިމަންރަސްކަލާނގެ އެ إنسان އާ (އެބަހީ: آدم ގެފާނު) ހައްދަވައި ފުރިހަމަކުރައްވައި، ތިމަންރަސްކަލާނގެ روح ފުޅުން އެ إنسان އާއަށް ފުމެލައްވައިފިހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި سجدة އަށް ތިރިވާހުށިކަމެވެ!

(سورة ص 71-72)

އަދި ނިސާ ސޫރަތުގެ ފުރަތަމަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ.

 އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ نفس ގެ ކިބައިން އޭގެ އަނެއް جنس ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެކަލާނގެއީ، އެކަލާނގެ މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ سؤال ކޮށް، ކަންކަމަށް އެދިއުޅޭ ރަސްކަލާނގެއެވެ. އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި، اللَّه ވޮޑިގެންވެއެވެ.

(سورة النساء 1)

ކަން މިހެން ހުރި ނަމަވެސް ޑާވިންގެ އިވޮލިއުޝަން ތިއަރީއަށް ގޮސް ހުސްވެފައިވާ އަދި އެއްވެސް ސަބަބަކާ ނުލާ ކައުނު ހަމަ ހުރެފައި ހެދި ގަތީއޭ ބުނެ އުޅޭ މީހުން ﷲ ގެ ވަޙީ ބަސްފުޅަށް އިއުތިރާސްކޮށް ގޮންޖަހަމުން ދިޔައެވެ. ނަމަވެސް މިއަދު އެމީހުން އެއަށް އަޅުވެތިވެފައިވާ މާއްދިއްޔަތާއި ސައިސްވެސް ވަނީ އެމީހުންނާ ދެކޮޅަށް ހެކިދޭން ފަށާފައެވެ. ސައިންސްވެރިން ވަނީ އިންސާނީ ދަރިފަސްކޮޅު ގޮސް ފެށިފައި ވަނީ ކިހާ ހިސާބަކުންތޯ ބެލުމަށް ވަރަށް ގިނަ ދިރާސާތައް ކޮށްފައެވެ.

ސައިސްވެރިން ވަނީ ދާދި ފަހުން އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންސާނުންގެ ޑީއެންއޭގައިވާ ޖެނެޓިކް ކޯޑުތައް ބަލާ ދިރާސާކޮށްފައެވެ. ލައިވް ސައިންސް މެގެޒިންގައި ޝައިރުކޮށްފައިވާ ރިޕޯޓެއްގައި ވާގޮތުން ސައިންސްވެރިން އިންސާނުންގެ ޖިންސް ވަކިކޮށްދޭ ކްރޯމޯޒޯމް ކަމުގައިވާ ‘އެކްސް’ އަދި ‘ވައި’ ކްރޯމޯޒޯމް ބޭނުންކޮށްގެން އިންސާނުންގެ ޑީއެންއޭ އެންމެ ފަހަތަށް ގޮސް ނިމެނީ ކޮން އަންހެނެކާއި ކޮން ފިރިހެނަކާ ހިސާބުންތޯ ބެލުމަށް ވަނީ ދިރާސާތަކެއް ކޮށްފައެވެ.

ސައިސްވެރިން އެދިރާސާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ނަސްލުގެ މީހުންގެ ޑީއެންއޭ ބޭނުންކޮށް ހޯދާ ބަލާފައިވެއެވެ. އެދިރާސާއިން އެނގުނު ގޮތުގައި އިންސާނުންގެ ދަރިފަސްކޮޅު ފެށިފައި ވަނީ އެއް ދުވަސްވަރެއްގައި ދުނިޔޭގައި އުޅުނު އަންހެނަކާއި ފިރިހެނެއްގެ ފަރާތުންނެވެ.

މިދިރާސާގެ ނަތީޖާއިން ހާމަކޮށްދެނީ މާތްﷲ ގެ ވަޙީ ބަސްފުޅުގެ ތެދުކަމެވެ. ނަމަވެސް އިންކާރު ކުރާ މީހުން ފާޅުވެ ހުރި ހެކިތައް ބޮލާލާ ޖަހާ ބޯހަރުކަމާއި ކާފިރު ކަންމަތީ ދުނިޔޭގެ ސަކަރާތުގެ ތެރޭގައި ގެއްލެނިވެފާ ތިބެއެވެ. މާތްﷲ އެބައި މީހުންނަށް ތެދުމަގު ދައްކަވާންދޭވެ. އާމީން

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar

ކިޔާލުން ރަނގަޅު

Close
Close