ދީން
ކީރިތި ޤުރުއާނުގައި ގްރެވިޓޭޝަނަލް ވޭވްގެ ވާހަކަ؟

މަޝްހޫރު ސައިންސްވެރިޔާ އަލްބާރޓް އައިންސްޓައިންގެ ބޮޑު ތިއަރީ، ‘ދަ ތިއަރީ އޮފް ޖެނެރަލް ރިލޭޓިވިޓީ’ގައި ވަރަށް ބޮޑު އާދަޔާ ޚިލާފު ވާހަކައެއް އޭނާ ބުނެފައި ވެއެވެ. އެއީ ގްރެވިޓޭޝަނަލް ވޭވްގެ ވާހަކައެވެ. އެންމެ ފުރަތަމަ ގްރެވިޓޭޝަނަލް ވޭވް އަކީ ކޮބައިތޯ ބަލައިލާނަމެވެ.
ފެންގަޑެއްގެ ތެރެއަށް ބަރު އެއްޗެއް ވައްޓާލުމުން އެ ފެންގަނޑުގައި އެ ބަރުއެތި ޖެހޭ ހިސާބު ވަށައިގެން ރާޅު ބާނިތަކެއް އުފެދެއެވެ. އައިންސްޓައިން ސިފަ ކުރި ގޮތުގައި ފަޒާ އަކީ އަދި މިކައުނަކީ ވެސް މިފަދަ ރާޅު ބާނި އުފެދޭ ފެންގަނޑެއް ފަދަ އެއްޗެކެވެ. ފަޒާގައި ހުންނަ ބޮޑެތި ތަރިތަކާއި ޕްލެނެޓުތަކުގެ ސަބަބުން ފަޒާގައި މިފަދަ ރާޅު ބާނިތައް އުފެދެއެވެ. މިއަށް އައިންސްޓައިން ނަން ދިނީ ގްރެވިޓޭޝަނަލް ވޭވްގެ ނަމުންނެވެ. ޕްލެނެޓްތައް އެކަތި އަނެކައްޗާ ދިމާއަށް ދަމަނީ މިރާޅު ބާނީގެ ސަބަބުންނެވެ.
މިއީ މަޝްހޫރު ސައިސްވެރިޔާ އިސާކް ނިއުޓަންގެ ތިއަރީއާ މުޅިން ޚިލާފު ތިއަރީއެކެވެ. އަދި ‘ގްރެވިޓޭޝަނަލް ވޭވް’ ވެގެން ދިޔައީ އެއީ ތެދެއް ކަމަށް ސާބިތުވެއްޖެ ނަމަ ނުވަތަ ގްރެވިޓޭޝަނަލް ވޭވް ހޯދިއްޖެ ނަމަ މިކައުނާ މެދު ސައިސްވެރިން މިހާތަނަށް ދެކެމުން އައި ގޮތް ތާއަބަދަށް ބަދަލުކޮށްލާ ސައިންސްގެ ދުނިޔެއަށް ބޮޑު އިންގިލާބެއް ގެނުވާނެ ކަމަކަށެވެ. އެހެން ކަމުން އައިންސްޓއިންގެ ތިއަރީ ޤަބޫލު ކުރި ސައިސްވެރިން ގްރެވިޓޭޝަނަލް ވޭވް ހޯދުމުގެ މަސައްކަތް މީގެ ގަރުނެއް ކުރިން ފެށިއެވެ. ނަމަވެސް އޭރު ގްރެވިޓޭޝަނަލް ވޭވް ދެނެގަނެވޭނެ ޓެކްނޮލޮޖީއެއް އުފެއްދިފައި ނެތުމުން އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ނަމަވެސް މިއަދު މިކަން މިވަނީ ކާމިޔާބު ވެފައެވެ. މިފަހަރު ގްރެވިޓޭޝަނަލް ވޭވް ހޯދުމަށް ސައިސްވެރިން ބޭނުން ކުރީ ވަރަށް ކާމިޔާބު ޓެކްނޮލޮޖީއެކެވެ. އެއީ އެޑްވާންސް ލޭޒާ އިންޓާރފެރޯމީޓަރ ގްރެވިޓޭޝަނަލް ވޭވް އޮބްޒާރވޭޓްރީ (ލިގޯ) އެވެ. ލިގޯ ޓެކްނޮލޮޖީ އަކީ އެތަކެއް އިންޖިނިއަރުންނެއް ރެއާ ދުވާލު އެތަކެއް މަސައްކަތެއްކޮށްގެން އުފެއްދި ޓެކްނޮލޮޖީއެކެވެ. މިޓެކްނޮލޮޖީއާއެކު ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު ގްރެވިޓޭޝަނަލް ވޭވް ހޯދިއްޖެކަން ސައިސްވެރިން އިއުލާނުކޮށްފައި ވަނީ މިއަހަރު ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. ސައިންސްގެ ދުނިޔޭގައި މިދުވަސް ފާހަގަ ކުރެވިފައި ވަނީ ތާރީހީ ދުވަހެއް ގޮތުގައެވެ. އެއަށްފަހު ދެވަނަ ފަހަރަށް ވެސް ސައިސްވެރިން މިވަނީ ގްރެވިޓޭޝަނަލް ވޭވް ޑިޓެކްޓްކޮށްފައެވެ. އެކަން އިއުލާންކޮށްފައި ވަނީ އިއްޔެ 15 ޖޫން 2016 ވީ ބުދަ ދުވަހުއެވެ.
މިވާހަކަ މިހިސާބުން ކުރުކޮށްލުމަށް އަސްލު ޕޮއިންޓަށް ޖެހިލާނަމެވެ. މީގެ 1400 އަހަރު ކުރިން މާތްﷲ އާލަމުތަކަށް ރަޙުމަތެއް ކަމުގައި ބާއްވާލެއްވި އެކާލާންގެ ކަލާންފުޅުގައިވާ އާޔަތެއްގައިވާ ޢިލްމީ ހަޤީގަތެއްގެ ވާހަކައެވެ. الانبياء ސޫރަތުގެ 33 ވަނަ އާޔަތެވެ. އެއާޔަތުގައި ވަނީ މިފަދައިންނެވެ.
وَهُوَ الَّذِي خَلَقَ اللَّيْلَ وَالنَّهَارَ وَالشَّمْسَ وَالْقَمَرَ ۖ كُلٌّ فِي فَلَكٍ يَسْبَحُونَ
މާނައީ: “އެކަލާނގެއީ، ރޭގަނޑާއި ދުވާލު، އަދި އިރާއި ހަނދު ހެއްދެވި ރަސްކަލާނގެއެވެ. އެއިން ކޮންމެ އެއްޗެއްމެ، ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ.”
މިއާޔަތުގައިވާ އެންމެ ފާޅުކަން ބޮޑު އެއް ޢިލްމީ ހަޤީގަތަކީ އިރާއި، ހަނދު ކޮންމެ އެއްޗެއްވެސް ފަލަކެއްގައި ދަތުރު ކުރާ ވާހަކައެވެ. ކޮންމެ އެއްޗަކަށް ވެސް ‘އޯބިޓެއް’ ވާކަމެވެ. މިކަން ސައިސްވެރިންނަށް ހޯދިފައި ވަނީ 19 ވަނަ ގަރުނުގައެވެ. ނަމަވެސް މިކަން މީގެ 1400 އަހަރު ކުރިން ކީރިތި ޤުރުއާނުގައި ބަޔާންވެފައި ވުމުން އެނގެނީ މިއީ އާލަމްތައް ހެއްދެވި ރަސްކަލާންގެ ހަޟްރަތުން އައިސްފައިވާ ވަޙީ ކަމެވެ. މީގެ އިތުރުން މިއާޔަތުގައި އެހެން ކަމެއްވެއެވެ. އަޅުގަނޑުގެ ނަޒަރު ހުއްޓުނީ މިއާޔަތުގައިވާ فَلَكٍ يَسْبَحُونَ މި އިބާރާތަށެވެ. މިއިބާރާތުގެ މާނަ އަކީ ‘ފަލަކެއްގައި ހިނގަ ހިނގާ ހުރެތެވެ’ މިއެވެ. ނަމަވެސް ފުންކޮށް ވިސްނާ ބަލައިލި އިރު ހިތުގައި އުފެދުނު ސުވާލަކީ يَسْبَحُونَ މިބަސް މިއިބާރާތުގައި އައިސްފައި ވަނީ ކީއްވެގެންތޯއެވެ. يَسْبَحُونَ ގެ މާނައަކީ ފެންގަނޑެއް ފަދަ އެއްޗެއްގައި ފެތުމެވެ. ނުވަތަ فَلَكٍ يَسْبَحُونَ ގެ މާނައަކީ ‘ފަލަކެއްގައި ފަތަ ފަތާ ވުމެވެ.’
އިތުރަށް ޔަގީންކޮށްލުމަށް ޝެއިޚް ޔޫސުފް އަލީގެ ޤުރުއާން އިނގިރޭސި ތަރުޖަމާ ބަލައިލީމެވެ. އޭގައި ވެސް މިބަސް ބޭނުންކޮށްފައި ވަނީ ‘ފެތުން’ ނުވަތަ ‘ސްވިމް’ ގެ މާނާގައެވެ.
“It is He Who created the Night and the Day, and the sun and the moon: all (the celestial bodies) swim along, each in its rounded course”
އަދި ކީރިތި ޤުރުއާނުގެ ސަހީހް އިންޓަނޭސަނަލް އިނގިރޭސި ތަރުޖަމާގައި މިއާޔަތުގެ މާނައިގައި ވަނީ މިފަދައިންނެވެ.
“And it is He who created the night and the day and the sun and the moon; all [heavenly bodies] in an orbit are swimming“
ހިތުގައި އުފެދުނު ސުވާލަކީ ‘ފެތުން’ މިބަސް މިގޮތަށް އައިސްފައި ވަނީ ކީއްވެގެންތޯއެވެ. އޭގެ މާނަ އަކީ މީގެ އެއް ގަރުނު ކުރިން އައިންސްޓައިން ސިފަކޮށްފައި ވާ ފަޒާ އަށް ފެންގަނޑަކަށް ލިބިފައިވާ ސިފަ ލިބިފައި ވާތީ ބާއެވެ. ފެންގަޑެއްގައި އުފެދޭ ރާޅު ބާނި ފަދައިން ފަޒާގައި ‘ގްރެވިޓޭސަނަލް ވޭވް’ އުފެދޭތީ ބާއެވެ. މިއީ ގްރެވިޓޭޝަނަލް ވޭވްގެ ވާހަކަ އަށް ކުރެވިފައިވާ އިޝާރާތެއް ބާއެވެ. މޮޅަށް ދެނެވޮޑިގެން ވާނީ މާތް ﷲ سبحانه و تعالى އެވެ.
كُلٌّ فِي فَلَكٍ
ي އަކީ ސޯލާ ސިސްޓަމްގެ މެދުގައި ވާ ‘އިރު’ ކަމައް ބަލާ އިރު ދެފަރާތުގައި ތަރުތީބު ކޮއްފައި ވާއަކުރުތަކަކީ ޕްލެނެޓް ގޮތަށް ބަލާނަމަ، ދެފަރާ ތުގައި ވަކުރުތައް ތަރުތީބު ކުރެވިފައި ވާގޮތަށް ނަޒަރު ހިނގާލާށޭވެ.
އޭންސްޓީނެއް ނޫން. އައިންސްޓައިން
raqgalhu
Planets ekathi anekachaa dhimaalah dhamany gravitational waves ge sababunen noon. Eiee space-time ga ufedhey distortions in vaa kameh. Rangalhah thandhoru filuvaalaafa liyelinama alhe
Gravitational wave is such a distortion
Gravitational wave is a distortion, but not “such” a distortion as you put it. They are totally different things. Consider a pulsating spherical mass (radius increasing and decreasing periodically). It would not produce gravitational waves but still distort space-time around it and cause “attraction” of other bodies.
Eiy mulhin thafaathu theory eh man. Salaam gravitational theory ga bunaa gothun dhamaa eh sababakah vany that.
Eyna I have been studying general relativity for 4 years now for my masters in physics. Gravitational waves are produced when a mass is accelerated and propagate at the speed of light. Meanwhile “attraction” is caused by the distortion of space-time by presence of mass/energy. The author of this article seems to be greatly confused about general relativity. At best he had seen the usual “stretched fabric with bowling ball in the centre” analogy and used it.
gravitational waves aa behey gothun dheefaivaa mauloomaathu dhivehi bahun liyunu iru kudhi kudhi massala ebahuri. Ekamu ekan igeynee ei koache kan ragalhah dhanna meehakah. Thi maana kurun ragalhu vun ekasheegen vey.
Salhi
Varah furihama, thibeyfulhunge evves iuthiraz eh neh nama alhugandumen vaguthu noohugai shaairu kollaanan
Labba. Iuthiraazeh nei
Varah sahha mauloomaathun furigenvaa nala liyumeh