ދީން

އުފާ ރޯދަ ކުއިޒް – 15 ވަނަ ސުވާލު

1437 ވަނަ އަހަރު ރަމަޟާން މަހު 16 އިން 30 އަށް ކުރިއަށް ގެންދިޔަ އުފާ ރޯދަ ކުއިޒަށް ޖަވާބު ދިނުމުގެ މުއްދަތު 05 ޖުލައި 2016 ވާ އަންގާރަ ދުވަހުގެރޭ 12 ޖެހުމާ ހަމައަށް ހަމަވީއެވެ. ކުއިޒުގައި ބައިވެރިވެ ލެއްވި ހުރިހާ ފަރާތް ތަކަށް އުފާގެ ފަރާތުން ވަރަށް ހާއްސަ ޝުކުރެއް ދަންނަވަމެވެ. އަދި މާތް ﷲ މިހުސްވި 1437 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޯދާގެ ހެޔޮ ދަރުމައާ ސަވާބު އެންމެހާ ކިއުންތެރިންނަށް މިންވަރު ކުރެއްވުން އެދި ދުވާ ކުރަމުން 1437 ވަނަ އަހަރުގެ ފިތުރު އީދުގެ ތަހުނިޔާ ހުރިހާ ފަރާތްތަކާއި ހުރިހާ މުސްލިމުންނަށް އަރިސް ކުރަމެވެ.
ތިރީގައި މިވަނީ އުފާ ރޯދަ ކުއިޒް 1437 ގެ ކުރެވުނު ސުވާލު ތަކާ އެސުވާލުތަކުގެ ރަނގަޅު ޖަވާބެވެ.
1) ހިނައިގަތުމުގެ ފަރުޟުތަކަކީ ކޮބާ؟
ރަނގަޅު ޖަވާބު: ށ) ނިޔަތްގަތުމާއި މުޅިހަށިގަނޑުގެ ބޭރުފުށުގައި ފެންޖެއްސުން

2) ވުޟޫކުރާއިރު ބޮލާއި ކަންފަތުގައި
ރަނގަޅު ޖަވާބު: ށ) ފެންފުހޭނީ

3) ފަރުޟު ނަމާދުގައި ކޮޅަށް ހުރެވޭނަމަ ކޮޅަށް ހުރުމީ
ރަނގަޅު ޖަވާބު: ހ) ވާޖިބެއް

4) ތަޔައްމަމް ކުރުމުގައި ހިރަފުސްހުރި ތާހިރުވެލީގައި އަތްޖެހުމަށްފަހު އަތްހާކާލަންޖެހޭނީ
ރަނގަޅު ޖަވާބު: ނ) މޫނާއި ދެއަތް ކުޑަހުޅާއި ހަމައަށް

5) ރޯދަމަހު ރޭގަނޑު ޖިމާޢުވުމަށްފަހު ހިނައިނުގަނެ ހުއްޓާ ފަތިސްނަމާދު ބަންގި ގޮވައިފިނަމަ
ރަނގަޅު ޖަވާބު: ނ) އޭނާ ރޯދައަށް ހުރުމުން ރޯދަ ރަނގަޅުވާނެ

6) ހާރު ކެއުމުގެ އެންމެ ފަހު ވަގުތަކ
ރަނގަޅު ޖަވާބު: ށ) ފަތިސް ނަމާދު ވަގުތު ޖެހުނު

7) ބޮޑު އަގު ހޯދުމަށްޓަކައި ބާޒާރަށް ނުނެރެ މުދާ ފޮރުވާފައި ބެހެއްޓުން އިޙްތިކާރު ކުރުމަކީ
ރަނގަޅު ޖަވާބު: ށ) ހުއްދަކަމެއްނޫން

8) ނިޞާބުހަމަވެ އަހަރުވުމުން ވިޔަފާރިމުދާ ނުވަތަ ފައިސާ އިން މުދަލުޒަކާތަށް ނެރެންޖެހެނީ
ރަނގަޅު ޖަވާބު: ށ) މުދަލުގެ %2.5

9) ހުއްފުގައި ފެންފުހުން ރަށުގައި ގާއިމުވެ ހުރި މީހާއަށް ހުއްދަވަނީ
ރަނގަޅު ޖަވާބު: ހ) ރެއަކާއި ދުވާލުގެ މުއްދަތަށް

10) އިޝާނަމާދަށްފަހު ޝަރުޢީގޮތުން ހުއްދަ މަސައްކަތެއް ނޫންގޮތަކަށް ބޭނުމެއްނެތި ހޭލާހުރުމީ
ރަނގަޅު ޖަވާބު: ހ) މަކްރޫޙަކަމެއް

11) އިސްލާމަކާއި ކާފަރަކާއި ދެމެދުވާ ފަރަގަކީ ކޮބައިކަން ބަޔާންކުރެއްވުމަށް ރަސޫލާ ބަޔާންކުރެއްވީ
ރަނގަޅު ޖަވާބު: ހ) ނަމާދުކަމުގައި

12) ރޯދަމަހު ދުވާލު ރޯދައަށް ހުރިކަން ހަނދާންހުރެ އަނބިމީހާއާއެކު ޖިމާޢުވި މީހާއަށް އޮތީ
ރަނގަޅު ޖަވާބު: ށ) ގެއްލުނު ރޯދަ ގަޟާ ކުރުމާއެކު ކައްފާރާ ދިނުން

13) ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ފިރިހެނުންގެ އަޢުރައަކީ
ރަނގަޅު ޖަވާބު: ނ) ފޫޅާއި ކަކުލާ ދެމެދު

14) މުސްކުޅިވެ ގައިބާރު ދެރަވުމުގެ ސަބަބުން ރޯދައަށް ނުހުރެވޭ މީހާއަށް އޮތީ
ރަނގަޅު ޖަވާބު: ނ) ގެއްލުނު ކޮންމެ ރޯދައަކަށް ފިދުޔަ ދިނުން

15) ސަލާމް ލެއްވި އިބްރާހީމްގެ ފާނުގެ ދީނުގައި ސާބިތުވެ ތިބުމަށް ފަހު މައްކާއަށް އެންމެ ފުރަތަމަ ބުދަށް އަޅުކަން ކުރުން ތައާރަފު ކުރި ކަމަށް ރިވާވެފައި ވަނީ ކާކުގެ ފަރާތުން
ރަނގަޅު ޖަވާބު: ށ) އަމްރު އިބްން ލުޙައި އަލް ޚުޒާއަތު

މިސުވާލު ތަކުގެ އެންމެ ގިނަ ޖަވާބު ދިމާކުރި ފަރާތްތަކުގައި ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް 1000/- ގެ ފައިސާގެ އިނާމު ލިބިގެން ދާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close