ކުޅިވަރު

އުނގޫފާރު ސްކޫލްގެ 10 ވަނަ އިންޓަރ ހައުސް ވޮލީ ބޯލް ޓޯނަމެންޓް ފެށިއްޖެ

ރ. އުނގޫފާރު ސްކޫލުގެ 10 ވަނަ އިންޓަރ ހައުސް ވޮލީބޯލް ޓޯނަމެންޓް ފެށިގެން ކުރިއަށް އެބަދެއެވެ. އުނގޫފާރު ސްކޫލުގެ ހިމެނޭ 4 ހައުސް ކަމުގައިވާ ކާނި ހައުސް، ނިކަ ހައުސް، ހިރުނދު ހައުސް އަދި ފުނަ ހައުސްގެ އަންހެން ދަރިވަރުން ވާދަ ކުރާ މި މުބާރާތް ފެށިފައި ވަނީ އިއްޔެ ހަވީރު 16:30 ގައި އުނގޫފާރު ސްކޫޅްގެ ވޮލީ ކޯޓުގައެވެ.

މި މުބާރާތުގައި ކޮންމެ ދުވަހަކު 2 މެޗު ކުޅޭ ގޮތަށް ހަމަ ޖެހިފައި ވާއިރު ފައިނަލް މެޗު ފިޔަވާ ކޮންމެ މެޗެއް ވެސް ކުޅޭ ގޮތަށް ހަމަ ޖެހިފައި ވަނީ 3 ސެޓަށެވެ. ފައިނަލް މެޗުގައި 5 ސެޓް ކުޅޭ ގޮތަށް ހަމަ ޖެހިފައިވެއެވެ.

މުބާރާތް ފެށުމުގެ ގޮތުން އިއްޔެގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ ކާނި ހައުސްއާއި ނިކަ ހައުސްއެވެ. މި މެޗު 2 ސެޓުން ކާމިޔާބު ކުރީ ނިކަ ހައުސްއެވެ. އިއްޔެގެ 2 ވަނަ މެޗުގައި ހިރުނދު ހައުސް އާއި ފުނަ ހައުސް ބައްދަލު ކުރި މެޗު 2 ސެޓް 1 ސެޓުން ކާމިޔާބު ކުރީ ހިރުނދު ހައުސްއެވެ.

މުބާރާތުގެ 2 މެޗު މިއަދު ހަވީރުވެސް ކުޅެވުނު އިރު މިއަދު ހަވީރު ފުރަތަމަ މެޗުގައި ބައްދަލު ކުރީ ހިރުނދު ހައުސް އާއި ނިކަ ހައުސް އެވެ. މި މެޗް ސީދާ 2 ސެޓުން ކާމިޔާބު ކުރީ ހިރުނދު ހައުސްއެވެ. 2 ވަނަ މެޗުގައި ކާނި ހައުސްއާއި ފުނަ ހައުސް ވާދަ ކުރި އިރު މި މެޗު ސީދާ 2 ސެޓުން ކާމިޔާބު ކުރީ ފުނަ ހައުސްއެވެ.

މުބާރާތުގެ މިހާތަނަށް ކޮންމެ ޓީމަކުން ވެސް 2 މެޗު ކުޅެފައި ވާއިރު ނިކަ ހައުސް އަދި ފުނަ ހައުސް  ވަނީ ކޮންމެ ޓީމެއް ވެސް 1 މެޗުން މޮޅުވެ 1 މެޗުން ބަލިވެފައެވެ. ހިރުނދު ހައުސް 2 މެޗު ކާމިޔާބުކޮށްފައި ވާއިރު ކާނި ހައުސް ވަނީ 2 މެޗުން ވެސް ބަލިވެފައެވެ.

މުބާރާތުގެ ފައިނަލަށް ދަތުރު  ކުރާ 2 ޓީމު އެނގިގެން ދާނީ މާދަމާ ހަވީ ކުޅޭ 2 މެޗުގެ ނަތީޖާއިންނެެވެ. މުބާރާތުގެ ފައިނަލް ކުޅޭ ގޮތަށް ހަމަ ޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close