ދިރިއުޅުން

ޕާކިސްތާނުގައި މަރާލެވުނު އަންހެން ކުއްޖާ ދީނީ އިލްމުވެރިއެއްގެ އަގުވައްޓާލަން ކުރި މަސައްކަތުގެ ވާހަކަ

މި ދިޔަ ހަފުތާގައި ދުނިޔޭގެ ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދި ވާހަކަ އަކީ ޕާކިސްތާނުގެ ސޯސަލް މީޑިއާގެ މޮޑެލްއެއް ގޮތުގައި މަސްހޫރު ވެފައިވާ ޤަންދީލް ބަލޯޗް މަރާލެވުނު ވާހަލަކައެވެ. ޤަދީލް ބަލޯޗް މަރާލި ކަމަށް އޭނާގެ ބޭބެ ވަސީމް އަޒީމް ވަނީ އެއްބަސް ވެފައެވެ. ޤަންދީލް މަރާލެވުނީ އާއިލާގެ ނަން ހުތުރު ކުރާ ކަމަށް ބުނެއެވެ. އާއިލާގެ ނަން ކިލަނބުވާ ގޮތަށް އަމަލުކުރާ އަންހެން ކުދިން މެރުމަކީ ޕާކިސްތާނުގައި ވަރަށް އާންމުވެފައިވާ ކަމެކެވެ. ނަމަވެސް މިގޮތަށް ޤާނޫނު އަތްމައްޗަށް ލައިގެން ޝަރިއްޔަތުގެ ބޭރުން އެއްވެސް މީހާކާ މެދު އަމަލު ކުރުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫނެވެ. އަދި ހައްޤަކާ ނުލާ މީހަކު ޤަތުލު ކުރުމަކީ ބޮޑު ފާފައެކެވެ. ވަރަށް ފަހުން ޕާކިސްތާނުގެ ދީނީ އިލްމުވެރިންގެ ޖަމިއްޔާ އަކުން މިކަން މަނާކޮށް ފަތުވާއެއް ވެސް ނެރެފައި ވެއެވެ.

ޤަންދީލު މަރާލެވުނީ ނުހައްގުން ކަމުގައި ވީނަމަވެސް ޤަންދީލް އަކީ މުސްލިމް އާއިލާ އަކަށް އުފަން މީހަކަށްވެ ހުރެ އާއިލާ އާއި މުޅި ޕާކިސްތާނުގެ މުސްލިމުން ލަދުވެތިވާ ފަދަ އެތައް އަމަލެއް ހިންގާފައިވާ މީހެކެވެ. ޤަންދީލު އަކީ ނިވާކަން ކުޑަ ހެދުން އަޅާ އޭނާގެ ބަރަހަނާ ފޮޓޯ ތަކާއި ވީޑިއޯތައް ސޯސަލް މީޑިއާގައި އާންމުކޮށް މަސްހޫރުކަން ހޯދަމުން ދިޔަ އަންހެން ކުއްޖެކެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ ރޯދަ މަހު ޤަންދީލު ރޯދައެއް ނުހިފައެވެ. މިކަން ކަމުގެ ސަބަބުން އޭނާއަށް އާންމުންނާއި ދީނީ އިލްމުވެރިންގެ ފާޑު ކިއުންތައް އަމާޒު ވަމުން ދިޔައެވެ. މިކަންތައް ގަނޑުގެ ތެރެއިން ޕާކިސްތާނުގައި ރޯދަ މަހުގެ ފަހުކޮޅު އެހެން ވާހަކައެއް އާންމުވެގެން ދިޔައެވެ. އެއީ ޕާކިސްތާނުގެ އިލްމުވެރިއެއް ކަމުގައިވާ މުފްތީ އަބްދުލް ޤަވީ އާއި ޤަންދީލްގެ ސެލްފީތަކެއް ސޯސިއަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. މިސެލްފީގައި ފެންނަނީ ޤަންދީލް ސެލްފީ ދަނޑިގަނޑެއް ހިފަހައްޓައިގެން ހުރެ މުފްތީއާ އެކު ހުއްޓިގެން ހުންނަ ތަނެވެ. މިސެލްފީތަކާ އެކު މިވާހަކަ އިތުރަށް ހޫނުވެގެން ދިޔައީ ޕާކިސްތާނުގެ ޓީވީ ޗެނަލެއް ކަމުގައިވާ ޗެނަލް 24 އިން ގެނެސްދޭ ޕްރޮގުރާމެއް ކަމުގައިވާ ‘ކަރާ ސަޗް’ މި ޕްރޮގްރާމަށް މުފްތީ އަބްދުލް ޤަވީ އާއީ ޤަންދީލް ބަލޯޗް ހާޒިރުކޮށް ސޯސަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ ތަކާމެދު އެދެމީހުންނާ ސުވާލު ކުރުމުންނެވެ.

ކަރާ ސަޗް ޕްރޮގުރާމް

މި ޕްރޮގްރާމްގެ ތެރެއިން ޤަންދީލް އާއި މުފްތީ އެ ސެލްފީ ތަކުގެ ހަޤީގަތް ކިޔާދެއެވެ. ނަމަވެސް 2 މީހުންގެ ވާހަކަ އެއް ގޮތަކަށް ދިމާ ނުވާއިރު ޤަންދީލް މުފްތީގެ ބޮލިގައި ވަރަށް ބައިވަރު އިލްޒާމްތައް އަޅުވައެވެ. 2 މީހުން ބުނާ ގޮތުގައި މި ސެލްފީ ތަކަކީ ރޯދަ މަހުގެ ފަހު ދުވަހު ޤަނދީލް އާއި މުފްތީ ހޮޓަލެއްގެ ކޮޓަރިއަކުން ބައްދަލު ކުރި އިރު ނަގާފައިވާ ސެލްފީ ތަކެކެވެ. މުފްތީ ބުނަނީ އޭނާ ޤަންދީލް އާ ބައްދަލު ކުރީ ޤަންދީލް އަމިއްލައަށް ބޭނުންވެގެން ކަމަށާއި ޤަންދީލް ބޭނުންވީ މުފްތީގެ ޒަރިއްޔާއިން ޕާކިސްތާނުގެ ސިޔާސީ ޕާޓީއެއް ކަމުގައިވާ ‘ތަޚްރީކެ އިންސާފް’ ގެ ޗެއާމަންއާ ބައްދަލު ކުރަން ކަމަށެވެ. މުފްތީ އަކީ އެ ސިޔާސީ ޕާޓީގެ އިސް މެންބަރެކެވެ. އެހެން ކަމުން މުފްތީ ޤަންދީލްއާ ހޮޓަލެއްގެ ލޮބީއިން ބައްދަލު ކުރަން އެދުނު ކަމަށެވެ. އެގޮތަށް އޭނާ އެދުނީ ޤަންދީލްއަށް އަލުން އިސަލާމްދީނަށް ދައުވަތު ދިނުމަށް ކަމަށް މުފްތީ ކަރްވާ ސަޗް ޕްރޮފުރާމުގައި ބުނެފައި ވެއެވެ. މްފްތީ ބުނެފައި ވަނީ ހޮޓަލެއްގެ ލޮބީއިން ކުރިން ބައްދަލު ކުރާ ގޮތަށް ހަމަ ޖެހިފައި ވީނަމަވެސް ޤަންދީލް އެ ބައްދަލުވުން ހޮޓަލެއްގެ ޕްރައިވޭޓް ކޮޓަރިއަކަށް ބަދަލު ކުރަން އެދުނު ކަމަށެވެ. ޤަންދީލު ބުނިގޮތުގައި އޭނާ އެ ބައްދަލުވުން ހޮޓަލެއްގެ ކޮޓަރިއަށް ބަދަލު ކުރީ އޭނާ އަކީ މަސްހޫރު މީހަކަށް ވުމުން އެހެން މީހުންގެ އުނދަގޫ ފޯރަ ފާނެތީއެވެ.

ޤަންދީލް ބަލޯޗްގެ ވާހަކަ މުޅިން ތަފާތެވެ. ޤަންދީލް ބުނި ގޮތުގައި އޭނާ މުފްތީއާ ބައްދަލު ކުރީ މުފްތީ އެތަކެއް ފަހަރެއްގެ މަތިން އޭނާއަށް ގުޅާ އާދޭސް ކުރާތިއެވެ. ޤަންދީލް ބުނި ގޮތުގައި މުފުތީ އޭނާ އަށް ގުޅާފައި ޝައްވާލު މަހުގެ ހަނދު ފެނުމުގެ ކުރިން ‘ތި ހަނދު’ ދެކިލަން ބޭނުންވާ ކަމަށް ބުނިއެވެ. އަދި އޭނާއާ ބައްދަލު ކުރުމަށް ފަހު މުފްތީ ދެއްކީ ޤަންދީލްއާ ކައިވެނި ކުރަން ބޭނުންވާ ވާހަކަ ކަމަށް ޤަންދީލް ތުހުމަތު ކުރިއެވެ. އަދި އެ ބައްދަލު ވުމުގައި ޤަންދީލްއާ އެކު މުފްތީ ކޯކާއި ސިނގިރެޓް ބުއި ކަމަށްވެސް އެނާ ތުހުމަތު ކުރިއެވެ. ޤަންދީލް ތުހުމަތު ކުރި ގޮތުގައި މުފްތީ އެދުވަހު ރޯދައަށް ހުރެ ރޯދަ ދޫކޮށްލީ އެނާއާ އެކު ކޯކް ބޯހިތުން ޤަންދީލް އަށްޓަކާ ރޯދާ ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެއެވެ. ނަމަވެސް މި ހުރިހާ ވާހާކައެއް މުފްތީ ދޮގު ކުރިއެވެ. ތިރީގައި މިވަނީ މި 2 މީހުން ޗެނަލް 24 ގައި ކަރާ ސަޗް ޕްރޮގްރާމުގައި ދެއްކި ވާހަކަތަކުގެ ޔޫޓިއުބްގައި އާންމުވެފައިވާ ވީޑިއޯއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar

ކިޔާލުން ރަނގަޅު

Close
Close