ހެއްވާ މަޖާ

‘ޕޯކިމޯން ގޯ’ އާ ހެދި ބިޓު ވެސް ކަޓައިފި

ސޯސަލް މީޑިއާ އާއި އެކި ނިއުސް މީޑިއާ ތަކުގައި މިހާރު އެންމެ ބާރަށް ދެކެވޭ އެއް ވާހާކަ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިގެން ގޮސްފައިވާ ޕޯކިމޯން ގޯ ގޭމުގެ ވާހަކަ އާއި އޭގެ ސަބަބުން ދިމާވާ ހެއްވާ މަޖާ އަދި ހިތާމަވެރި ހާދިސާ ތަކުގެ ވާހަކައެވެ. މިފަހަރު މިއޮތީ ދުނިޔޭގެ އެކި ހިސާބުތަކުގައި އަދި ދިވެހި ރާއްޖޭގައި ވެސް ވައިގަ ހިފަން ފަށާފައިވާ މިގޭމުގު ސަބުން ފިރިހެނަކު އޭނާގެ ލޯބިވެރިޔާ ގެއްލިގެން ދިޔަ ވާހަކައެވެ.

ޕޯކިޕޯން ގޭމުގައި ދައްކައިދޭ ޖަނަވާރުތައް ހިފުމަށްޓަކައި އެތަން މިތަނުގައި ދުވަން ޖެހެއެވެ. މިގޮތަށް ދުވާ ދުވުމުގައި އެކި އިމާރަތް ތަކާއި ހީވެސް ނުކުރާހާ އެހެން ތަން ތަނަށް ވަންނަން ޖެހެއެވެ. މިފަހަރު މިވީ ގޮތަކީ އެމެރިކާގެ ނިއުޔޯކުގެ ޒުވާނެއް ކަމުގައިވާ އިވާން ސްކްރިބްނާ ޕޯކިމޯނެއް ފަހަތުން ދުވަމުން ގޮސް އޭނާގެ ‘އެކްސް ގާލްފްރެންޑް’ ނުވަތަ ކުރީގެ ލޯބިވެރިޔާގެ ގެއަށް ވަދެވުނީއެވެ. ކޮންމެއަކަސް އެނާ އެތަނަށް ވަނީ ޕޯކިޕޯނެއް ހިފަން ނަމަވެސް އޭނަގެ މިހާރުގެ ލޯބިވެރިޔާއަށް މިކަން އެނގުމާއެކު މައްސަލަ ވަރަށް ގޯސްވެއްޖެއެވެ.

ޕޯކިމޯން ގޭމުގައި އެގޭމުގެ އެޕްލިކޭޝަނުން އެގޭމު ކުޅޭ ފަރާތްތައް އުޅެނީ ކޮންތާކުތޯ ބެލެއެވެ. އިވާންގެ ގާލްފްރެންޑް މިގޭމުގެ ޒަރިއްޔާއިން އިވާން ދާ ނުދާ ހުރިހާ ތަނެއް ގަވާއިދުން ދިޔައީ ބަލަމުންނެވެ. މިހެން ބަލަމުން ދަނިކޮށް އިވާންގެ ގާލްފްރެންޑަށް އިވާން އޭނާގެ ‘އެކްސް’ ގެ ގެއަށް ދިޔަކަން އެނގުމުން އެހިސާބުން މުޅިން ގޯސްވީއެވެ. އިވާންގެ ގާލްފްރެންޑް ތުހުމަތުކުރީ ޕޯކިމޯން ގޯ ބަހަނާއަކަށް ހަދައިގެން އިވާން އޭނާގެ ކުރީގެ ލޯބިވެރިއާގެ ގެއަށް ދިއައީ ކަމަށެވެ.

ޕޯކިމޯން ގޯ ގެ ސަބަބުން މިކަހަލަ އެތައް ހާދިސާއެއް އަންނަނީ ހިނގަމުންނެވެ. އޭގެ ތެރޭގައި މިދިޔަ އަންގާރަ ދުވަހު ކެލިފޯނިއާގައި ޕޯކޮމޯން ގޯ ކުޅެން އުޅުނު 2 މީހަކު ކުޑަ ކުއްޖަކާ އެކު ބަދު އަހުލާގީ އަމަލު ހިންގަން އުޅުމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނެވެ. އަދި އެރޭ ނިއުޔޯކުގައި 28 އަހަރުގެ ޒުވާނެއްގެ ކާރު މި ގޭމު ކުޅެން އުޅުމުގެ ތެރޭގައި ގަހެއްގައި ޖެހި އެކްސިޑެންޓުވެފައި ވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close