ސައިންސް

‘ކިލޮވޭލް ވޮލްކެނޯ’ އިން ފެންނަނީ ހިނިތުންވުމެއް

އެމެރިކާގެ ހަވާއީ އައިލެންޑްސް އަކީ ފުދޭވަރަކަށް އަލިފާން ފަރުބަދަ ގިނަ ސަރަހައްދެކެވެ. އަދި އެސަރަހައްދަކީ ހުޅުވިފައިވާ އަލިފާން ފަރުބަދަތަކުން އުފެދިގެން އަންނަ ރީތި ދަޅަތަކާއި މަންޒަރުތައް ދެކިލުމަށް ދަތުރުކުރާ ގިނަ ފަތުރުވެރިންނެއްގެ މަންޒިލެއްވެސް މެއެވެ.

ހަވާއީގައި ހިމެނޭ އަލިފާން ފަރުބަދަ ތަކުގެ ތެރެއިން ކިލޮވޭލް ވޮލްކެނޯއިން މިހާރު ފެންނަނީ ވަރަށް ހިތްގައިމު މަންޒަރެކެވެ. އެއީ ބިމުމުގެ އަޑިން އަރަމުން އަންނަ ދިޔާ އަލިފާނުގެ ކޯރުތަކުން ހިނިތުންވެފައިވާ މޫނެއް އުފެދިފައިވާ މަންޒަރެވެ. މި މަންޒަރު އެންމެ ފުރަތަމަ ފެނިފައި ވަނީ އެސަރަހައްދު ފޮޓޯ ނަގަން އުޅުނު ހެލްކަޕްޓަރެއްގައި ތިބި ބަޔަކަށެވެ.

1983 ން ފެށިގެން ކިލޮވޭލް ވޯލްކެނޯއިން ދުމާއި އަޅި ބޭރުވަމުން އަންނަ އިރު މިއީ ދުނިޔޭގައި އެންމެ އެކްޓިވް އެއް އަލިފާން ފަރުބަދަވެސް މެއެވެ.

މައުލޫމާތު: އެބީސީ ނިއުސް

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close