ޙަބަރުރ.އަތޮޅުކުޅިވަރު

މިއަދުގެ މެޗު ދެޓީމަށްވެސް ވަރަށް މުހިއްމު

މިނިވަން ޗެމްޕިއަންޝިޕް ރ އަތޮޅު ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ އިންނަމާދޫ އެފްސީއާއި ފައިނު އެފްސީއެވެ. މިއީ މިދެޓީމު ގުރޫޕް މަރުހަލާގައި ކުޅޭނެ އެއްމެ ފަހުމެޗެވެ.

މިއަދުގެ މެޗަށް ނިކުންނައިރު ކުޅު ދެމެޗުން ބަލިވެފައިވާ އިންނަމާދޫ އެފްސީ އަށްވެސް ފައިނަލްކުޅުމުގެ ފުރުސަތު މުޅިން ނުގެއްލެއެވެ. މިއަދުގެ މެޗު ތިންލަނޑުގެ ތަފާތަކުން މޮޅުވެ މާދަމާ ކުޅޭމެޗުން އުނގޫފާރު އެފްސީ އަތުން ރަސްގެތީމް އެފްސީ ބަލިވެއްޖެނަމަ ފައިނަލްގެ ދެވަނަ ޖާގަ އިންނަމާދޫ އެފްސީއަށް ލިބޭނެއެވެ. އެއީ އިންނަމާދޫ ފައިނު އަދި ރަސްގެތީމު ކޮންމެ ޓީމަކަށްވެސް 3 ޕޮއިންޓްލިބި ފައިދާ ގޯލުން އިންނަމާދޫއަށް ކުރިލިބިގެންނެވެ.

މިނިވަން ފްޓްބޯޅަ ރ.އަތޮޅު ލީގު 2016 ގެ 2 ވަނަ މެޗުގައި ފައިނު އެފްސީ އަދި ރަސްގެތީމު އެފްސީ ބައްދަލު ކުރި މެޗް – ފޮޓޯ: ތޯހާ ހުސެއިން
މިނިވަން ފްޓްބޯޅަ ރ.އަތޮޅު ލީގު 2016 ގެ 2 ވަނަ މެޗުގައި ފައިނު އެފްސީ އަދި ރަސްގެތީމު އެފްސީ ބައްދަލު ކުރި މެޗް – ފޮޓޯ: ތޯހާ ހުސެއިން

މިއަދުގެ މެޗަށް ނިކުންނައިރު ފައިނު އެފްސީ އޮތީ ކުޅުނު ދެމެޗުން އެއްމެޗުން މޮޅުވެ އެއްމެޗުން ބަލިވެ ތިން ޕޮއިންޓާއެކު ތާވަލްގެ ދެވަނަނާގައެވެ. އަމިއްލަ ބާރުގައި ފައިނަލްގެ ޖާގައެއް ހޯދުމަށް މިއަދުގެ މެޗު ކާމިޔާބު ކުރުން ފައިނު އެފްސީއަށްވެސް ވަރަށް މުހިއްމެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭނީ ގުރޫޕް މަރުހަލާގެ އެއްމެ ފަހުމެޗެވެ. މިމެޗުގައި ބައްދަލުކުރާނީ ރަސްގެތީމު އެފްސީއާއި އުނގޫފާރު އެފްސީއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ާއަދޭ Recent comment authors
ާއަދޭ
Guest
ާއަދޭ

ސާބަހޭ

Close