ޚަބަރުވިޔަފާރި

ތިންރުއް ޕާކް ކުއްޔައް ދޫކުރަނީ

އުނގޫފާރުގައި ހުންނަ ރ އަތޮޅު ކައުންސިލްގެ އިދާރާގެ ހުޅަނގުން އޮންނަ ބިން “ތިންރުއް ޕާކް” ކުއްޔައް ދޫކުރުމަށް އުނގޫފާރު ކައުންސިލުންނިންމާ އެކަމައި ގުޅޭ ޕްރީބިޑް މީޓިން މިއަދު ބާއްވައިފިއެވެ.

އުނގޫފާރު ކައުންސިލްގެ އިދާރާގައި މިއަދު 12:30 ގައި އޮތް މީޓިންގައި 8 ފަރާތަކުން ބައިވެރިވިއެވެ. މިބިން ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ. މިބިމުގައި ކުރެވޭނެ މަސައްކަތެއްކަމަށް އުނގޫފާރު ކައުންސިލުން ބުނެފައިވަނީ އިޝްތިހާރު ކުރުމުގެވެ. އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި  އެއްމެހައި ޤަނޫނުތަކާއި ހިލާފްނުވާ ގޮތުގެ މަތިން އެތަނުގައި އިޝްތިހާރު ކުރެވޭނެ ކަމަށް އުނގޫފާރު ކައުންސިލުން ވަނީ ބުނެފައެވެ. އެތަނުގައި ބަހައްޓާ ކޮންމެ އިޝްތިހާރެއްވެސް ކައުންސިލުން ފާސްކުރަންޖެހޭނެ ކަމަށްވެސް މިއަދުގެ މީޓިންގައި މައުލޫމާތުދެމުން ބުނެފައިވެއެވެ.

މައުލޫމާތު ސާފުކުރި ފަރާތްތަކުގެ ތެރެއިން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިންރުއް ޕާކް ކުއްޔަށްހޯދުމަށްއެދި ޕްރޮޕޯސަލް ހުށައެޅުން އޮންނާނީ މިމަހުގެ 27 ވާ އަންގާރަ ދުވަހުއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
2 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
2 Comment authors
ޑާކްލޯޑްމމމމ Recent comment authors
ޑާކްލޯޑް
Guest
ޑާކްލޯޑް

ލައްބަ

މމމމ
Guest
މމމމ

ހަމަ އެންމެއް ތިން ރުއްތައް އިންނަނީ އެތާގަ؟

Close