ސައިންސް

ނާސާއިން ދުނިޔެއިން ބޭރުގައި ދިރުން ވުމާ ބެހޭގޮތުން ހޯދިފައިވާ ހައިރާން ކުރަނިވި ހޯދުންތަކެއް މީޑިއާއާ ހިއްސާ ކުރަނީ

ދުނިޔެއިން ބޭރުގައި ދިރުން ވެދާނެ ކަން ނުވަތަ “އޭލިއަން ލައިފް” އާ ބެހޭގޮތުން ހޯދަމުންދާ ހޯދުންތައް މެދުކެނޑުމެއް ނެތި ކުރިއަށް ދާއިރު ޔުރޯޕާ އަކީ މި ސޯލާ ސިސްޓަމްގައި ދިރުމެއް ވެދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ތަނެވެ. ޔުރޯޕާ އަކީ ޖުޕިޓާގެ ވަށައިގެން އެނބުރެމުންދާ ހަނދުތަކުގެ ތެެރެއިން 6 ވަނައަށް އެންމެ ކައިރި ހަނދެވެ.

ޔުރޯޕާ އާއި އިރާ ދެމެދު 500 މިލިއަން މައިލްގެ ދުރުުމިން ހުންނަ އިރު ޔުރޯޕާގެ ބޭރު ފަށަލައިގެ ދަށުގައި ފެނުގެ ފަށަލައެއް ވާކަމަށް ސައިންސް ވެރިން ހޯދި ހޯދުންތަކުން ދައްކައެވެ. އެހެން ކަމުން ޔުރޯޕާ އަކީ ދިރުމެއް ވުމަށް އެންމެ އެކަށީގެންވާ އެއްތަން ކަމަށް ނާސާއިން ބުނެއެވެ.

ދާދި ފަހުން ނާސާއިން އިއުލާންކޮށްފައި ވާ ގޮތުގައި ޔުރޯޕާއާ ބެހޭ ގޮތުން ހޯދިފައިވާ ހައިރާން ކުރަނިވި މައުލޫމާތު ތަކެއް އަންނަ ހޯމަ ދުވަހު ހާމަ ކުރާނެއެވެ. މި މައުލޫމާތު ތަށް ހާމަ ކުރުމަށް ހަމަ ޖެހިފައި ވަނީ ހޯމަ ދުވަހު ޖީއެމްޓީ ގަޑިން 19:00 (ރާއްޖެ ގަޑިން ރޭގަނޑު 12:00 ގައި) ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަމަށް ނާސާއިން ބެނެއެވެ. މި ބައްދަލުވުމުގައި ހަބްލް ޓެލެސްކޯޕްގެ އެހީގައި ހޯދާފައިވާ ޔުރޯޕާގައި ދިރުންވުން އެކަށީގެން ވާކަމަށް ބެލެވޭ ހެކިތަކެއް ނާސާއިން ހާމަ ކުރާނެ ކަމަށް ބެލެވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ޑާކްލޯޑް Recent comment authors
ޑާކްލޯޑް
Guest
ޑާކްލޯޑް

އޭލިއަނުންނަކީ ޚިޔާލީ އެޗެހި ތަކެއް. ދޭ ޑޯންޓް އެގްޒިސްޓް. ގެޓް އޯވަރ އިޓް.

Close