ޙަބަރު

ވަގުތުގެ “ހޭރިޔާ” ޓީމް އުނގޫފާރަށް އަތުވެއްޖެ

ވަގުތު ނޫހުން “ހޭރިޔާ” ގެ ނަމުގައި ރާއްޖޭގެ އަތޮޅުތަކަށް ކުރާ ސިލްސިލާ ދަތުރުތަކުގެ 3 ވަނަ މަންޒިލެއް ގޮތުގައި ރ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރާ ދަތުރުގައި މިއަދު އުނގޫފާރަށް އަތުވެއްޖެއެވެ. ވަގުތުގެ ޓީމް އުނގޫފާރަށް އައީ މިއަދު މެންދުރު ފަހުއެވެ.

އުނގޫފާރުގެ އިތުރުން ވަގުތުން މިހާތަނަށް ރ.އަތޮޅުގެ މީހުން ދިރިއުޅޭ 5 ރަށަކަށް ދަތުރުކޮށްފައި ވެއެވެ. އެއީ އަލިފުށި، ވާދޫ، ރަސްގެތީމް، އަނގޮޅިތީމް އަދި ހުޅުދުއްފާރެވެ.

ވަގުތު ނޫހުގައި ބުނެފައިވާ ގޮތުގައި މި ދަތުރުގައި ރަށްރަށަށް ދިމާވެފައިވާ މައްސަލަތަކާއި، ރަށުގެ އާންމު ހާލަތާއި، ރަށުގައި ކުރިއަށްދާ މަޝްރޫއުތަކާއި، ރަށުގެ ތާރީހާއި އަދި މިނޫނަސް ރަށާ ގުޅޭ ހާއްސަ ކަންތައްތައް ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ވަގުތު ހޭރިޔާ ޓީމުން އުނގޫފާރުގައި ވެސް 1 ދުވަސް ހޭދަކުރުމަށް ފަހު ދެން ދަތުރު ކުރާނެ ކަމަށް ބެލެވެނީ އެންމެ ކައިރީގައި އޮތް ދުވާފަރަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close