ދުނިޔެ

އިޒްރޭލާ ދެކޮޅަށް ޕޯސްޓް ކުރާ ފަރާތްތަކުގެ އެކައުންޓްތައް ފޭސްބުކުން ބްލޮކް ކުރާ ކަމުގެ ޝަކުވާ

އިޒްރޭލާ ދެކޮޅަށް ޕޯސްޓް ކުރާ ފަރާތްތަކުގެ އެކައުންޓްތައް ބުލޮކްކޮށް އެފަދަ ޕޯސްޓްތައް ފޭސްބުކުން ޑިލީޓް ކުރާ ކަމުގެ ވާހަކަ އަކީ މިހާރު ގަދަޔަށް ދެކެވޭ ވާހަކައެކެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދު ތަކުގައި އިޒްރޭލުން ހިންގާ ޖަރީމާތައް ގެނެސްދެމުންދާ ދެ ނޫސް އެޖެންސީ ކަމުގައިވާ ޝިހާބް ނިއުސް އެޖެންސީ އަދި ޤުދުސް ނިއުސް ނެޓްވޯކްގެ އެޑިޓަރުންގެ އަމިއްލަ އެކައުންޓްތައް ފޭސްބުކުން ބްލޮކުކޮށްފައި ވާ ކަމަށް އެ ފަރާތްތަކުން ބެނެފައިވެއެވެ. މި 2 ނިއުސް އެޖެންސީގެ ފޭސްބުކް ޕޭޖަށް 5 މިލިއަނަށްވުރެ ގިނަ މީހުން ފޮލޯ ކުރެއެވެ.

އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ކުއްވެރިކޮށް އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ހިއްވަރު ލިބޭފަދަ ޕޯސްޓްތައް ފޭސްބުކުން ނެގުމަށް އިޒްރޭލުން ފޭސްބުކާ އެކު މިމަހުގެ ކުރީކޮޅު އެއްބަސްވުމަކަށް އައިސްފައިވެއެވެ. އެއަށް ފަހު ފޭސްބުކުން އެފަދަ ޕޯސްޓްތައް ފޭސްބުކުން ނަގާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

ޤުދުސް ނެޓްވޯކުގެ ތަރުޖަމާނު ނިސްރީން އަލް ޚާތިބްއާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައި ވަނީ އޭނާ ތުހުމަތު ކުރާ ގޮތުގައި އެކައުންޓްތައް ބްލޮކް ކުރީ މި އެއްބަސްވުމުގެ ދަށުންނެވެ.

އަލް ޚާތިބް ވަނީ އެމީހުންގެ އެކައުންޓަތައް ބްލޮކް ކުރި ސަބަބު ބުނެދިނުމަށް ފޭސްބްކުގައި އެދިފައެވެ. ޖަވާބުގައި ފޭސްބުކުން ބުނެފައި ވަނީ އެއީ “އޮޅުމަކުން” ކަމަށެވެ. ޚާތިބް ބުނެފައިވާ ގޮތުގައި އެ ނިއުސް އެޖެންސީއިން ފޭސްބުކް ބޭނުން ކުރުމުގައި ހުރަސްތައް ކުރިމަތިވި މީ ފުރަތަމަ ފަހަރެއް ނޫނެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close