ކޮވިޑް-19

ހެއްވާ މަޖާޓެކުނޮލޮޖީ

ގޫގުލްއަށް 18 އަހަރު ފުރިއްޖެ

18 ވަނަ އުފަން ދުވަހަކީ ކޮންމެ މީހަކަށް ވެސް ހާއްސަ ދުވަހަކެވެ. ވޯޓް ލުމުގެ ހައްގާ، އެއްގަމު އަދި ކަނޑު އުޅަނދު ދުއްވުމުގެ ލައިސެންސާ، ޒަވާޖީ ހަޔާތެއް ފެށުމާއި މިހިރަ މިހިރަ ކަންކަން ފުރިހަމަ ވާތީ އެކަންޏެއް ނޫނެވެ. ގާނޫނީ ގޮތުން ކުޑަ ކުއްޖެއްގެ ގޮތުގައި އޮތް އޮތުން ނިމި ޒުވާނެއްގެ ގޮތުގައި ބަލައި ގަނެވެން ފަށާ ދުވަހަށް ވާތީއެވެ. ދައްކަން މިއުޅެޏީ ކުއްޖަކަށް 18 އަހަރު ފުރުނު ވާހަކައެއް ނޫނެވެ. މަސްހޫރު ސާޗް އިންޖީން ގޫގުލްގެ މިއަދަކީ 18 ވަނަ އުފަން ދުވަހެވެ.

googles-18th-birthday-5661535679545344-hp

ގޫގުލް އަކީ 1998 ވަނަ އަހަރު މަސްހޫރު 2 ކޮންޕިއުޓަރ ސައިންޓިސްޓުން ކަމަށްވާ ލެރީ ޕޭޖް އަދި ސާގޭ ބްރިން އުފެއްދި ކުންފުންޏެކެވެ. ގޫގުލް ޑޫޑްލް ބޭނުންކޮއްގެން މިއަދު ގޫގުލްއުން އެދަނީ ގޫގުލްގެ 18 ވަނަ އުފަންދުވަސް ފާހަގަ ކުރަމުންނެވެ. ނަމަވެސް ގޫގްލްއަށް ވެސް ވަނީ އޭގެ އަމިއްލަ އަހަރީ ދުވަސް އޮޅިފައެވެ. ސަބަބަކީ 2006 ގެ ކުރިން ގޫގްލްއިން ގޫގުލްގެ އަހަރީ ދުވަސް ފާހަގަ ކުރީ ސެޕްޓެމްބަރ 26 ވަނަ ދުވަހުއެވެ. ނަމަވެސް އޭގެ ފަހުން ގޫގުލްގެ އަހަރީ ދުވަސް ފާހަގަ ކުރަމުން އައީ ސެޕްޓެމްބަރ 27 ގައެވެ.

2004 ވަނަ އަހަރު ގޫގުލްގެ 6 ވަނަ އަހަރީ ދުވަސް ފާހަގަ ކުރީ ސެޕްޓެމްބަރ 7 އަދި އޭގެ ކުރިން ސެޕްޓެމްބަރ 6 ގައެވެ. އެހެން ކަމުން ގޫގުލްގެ އުފަންދުވަހަށް މިވާ ގޮތެއް އެއްގޮތަކަށް ވެސް ހަމަ ނޭގުނެވެ. ހުދު ގޫގުލްއިން ވެސް ބޫނާ ގޮތުގައި ގޫގުލްއަށް އެކުންފުނީގެ އަހަރީ ދުވަސް ވަނީ އޮޅިފައެވެ. ޑޫޑްލް ބޭނުންކޮށްގެން ފުރަތަމަ ގޫގުލްގެ އަހަރީ ދުވަސް ފާހަގަ ކުރީ 2002 ވަނަ އަހަރެވެ.

މިދިޔަ އަހަރު ގޫގްލެގެ ތެރެއިން ‘އަލްފަބެޓް’ މި ނަމުގައި ގޫގުލްގެ އާ ކޯޕޮރޭޓް ޑިވިޝަނެއް އުފެދިގެން ދިޔައެވެ. މި ޑިވިޝަން އުފެދުނީ އަލްފަބެޓްގެ ސީއީއޯ އަކީ ގޫގުލްގެ އެއް ބާނީ ކަމުގައިވާ ލެރީ ޕޭޖް ޓެކްނޮލޮޖީގެ މުޅިން އެހެން ދާއިރާއަކަށް އިންވެސްޓް ކުރަން ޝައުގުވެރިކަން ހުރުމުގެ ސަބަބުންނެވެ.

ކޮންމެއަކަސް ގޫގުލް އުފެދުނުތާ 18 އަހަރު ވީއުރު ގޫގުލްއަކީ ދުނިޔޭގެ އެންމެ ބާރުގަދަ އެއް ކުއްފުންޗެވެ. ގޫގުލްގެ ބާނީ ލެރީ ޕޭޖް އެއީ މިހާރު 12 ވަނަ އަށް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު ލިބިފައިވާ މީހާއެވެ. އަދި ގޫގުލްގެ އަނެއް ބާނީ ސާގޭ ބްރިން އަކީ މުއްސަނދިކަމުގައި ދުނިޔޭގެ 13 ވަނައެވެ. ޕޭޖުގެ މިލްކިއްޔާތުގައި 35.2 ބިލިއަން ޑޮލަރު އަދި ބްރިންގެ މިލްކިއްޔާތުގައި 34.4 ބިލިއަން ޑޮލަރު ހުރެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close