ކޮވިޑް-19

ދުނިޔެ

3 ވަނަ ބޮޑު ހަނގުރާމަ ފެށުމުގެ ކޮޅުމަތި ފެންނަން ފަށައިފި ކަމަށް ތަޖުރިބާ ކާރުން ބުނަން ފަށައިފި

ސޫރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ގޮތް ނޭގޭ އެތައް ބަޔަކާ އެމެރިކާ ފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކުން ވަދެ ބަދަލު ކުރެވެމުންދާ ހަމަލާ ތަކުގައި ނުހައްގުން އެތައް ބައެއްގެ ފުރާނަ ގެއްލި މުޅި އިރާގާއި ސޫރިއާ ފުނޑު ފުނޑުވަމުންދާ މި ދަނޑިވަޅުގައި އަނެއްކާވެސް އިވެން ފަށާފައިވާ އަޑަކީ 3 ވަނަ ބޮޑު ހަނގުރާމަ ފެށުމުގެ އަލާމާތްތައް ފެންނަމުންދާ ކަމުގެ ވާހަކައެވެ.

މި ވާހަކަތައް ބޮޑަށް ހޫނުވެފައި މިވަނީ ރަސިއާއިން އެމެރިކާއާއެކު ވެފައިވާ ނިއުކުލިއާ އެއްބަސްވުން ރަސިއާއިން އުވާލުމަށްފަހު ނިއުކުލިއާ ހަނގުރާމަ އަކަށް ރަޝިއާގެ އަސްކަރިޔާއިން ތައްޔާރު ވަމުންދާ ކަމުގެ ރިޕޯޓުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެސޯސިއޭޝަން އޮފް ޔޫއެސް އާމީގެ ފަރާތުން ވޮށިންޓަނުގައި ބޭއްވި ބައްދަލުވުމެއްގައި އެމެރިކާގެ އަސްކަރިއްޔާގެ އިސް އޮފިސަލެއް ކަމުގައިވާ ވިލިއަމް ވިކްސް ލަފާކޮށްފައި ވާ ގޮތުގައި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ބޮޑު ހަނގުރާމައެއް ފެށުމަކީ މިހާރު ވަރަށް ގާތުގައިވާ ކަމެކެވެ. އޭނާ ބުނެފައިވާ ގޮތުގައި މިފަދަ ހަނގުރާމައެއް ކުރެވޭނީ އެންމެ ފަހުގެ އަދި އެހާމެ ގެއްލުން ދެނިވި ހަތިޔާރާއެކުގައެވެ.

މި ގޮތަށް ލަފާކޮށްފައި ވަނީ އެމެރިކާއަށް ރަސިޔާގެ ފަރާތުން އޮތް ނުކުރައްކާ ބޮޑުވުމާއި، ޗައިނާއިން ބާރު ސުޕީޑެއްގައި އެ ގައުމުގެ އަސްކަރިއްޔާގެ ބާރު ގަދަ ކުރަމުން ދިއުމާ، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ގައުމުތަކުގައި އުފެދޭނެ ކަމަށް ލަފާ ކުރާ ހަމަނުޖެހުންތަކަށް ބެލުމަށް ފަހުގައި ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ ތަޖުރިބާ ކާރުން ލަފާކުރިއެވެ.

3 ވަނަ ބޮޑު ހަނގުރާމައެއް ފެށިއެއްޖެ ނަމަ އެންމެ ފަހުގެ ޓެޖްނޮލޮޖީގެ ބޭނުންކޮއްގެން އުފައްދާފައި ފަނާ ކުރަނިވި އެތައް ހަތިޔާރަކާއި ނިއުކުލިއާ ހަތިޔާރުގެ ބޭނުން ގައުމުތަކުން ކުރާނެ ކަމުގެ ބިރު މިހާރު ދަނީ ފެތުރެމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close