ދުނިޔެ

އައިއެސްގެ އަތުން އިރާގުގެ މޮސޫލް އަތުލުމަށް ކުރަމުންދިޔަ ހަނގުރާމަ ފޭސްބްކުގައި ލައިވްސްޓްރީމްކޮށްފި

އިރާގުގެ ބޮޑެތި ސިޓީތަކުގެ ތެރެއިން އައިއެސް އައިއެސްގެ ބާރުގެ ދަށުގައިވާ އެންމެ ފަހު ސިޓީ ކަމުގައިވާ މޮސޫލްއަށް މިއަދު އިރު އަރައިގެން އިރާގު ސިފައިންނާއި ކުރުދީންގެ ޕެޝްމާގާ ޖަމާއަތުގެ ހަނގުރާމަވެރިންނާއި އަދި މިނޫނަސް ގުޅިފައިވާ ފައުޖުތައް އިރާގުގެ މޮސޫލްއަށް އެރުމާއެކުއެވެ. 2014 ވަނަ އަހަރު އައިއެސް އިން ހިފާފައިވާ އިރާގުގެ މޮސޫލް އައިއެސްގެ އަތްދަށުން މިނިވަން ވުމުން އިރާގުން އައިއެސްގެ ބާރު ގާތްގަނޑަކަށް ނެތި ދިޔައީއެވެ.

facebooklive

އިރާގު އަތުން މޮސޫލް ހިފުމުގެ އަސްކަރީ އޮޕެރޭޝަން މިއަދު ފެށިފައި ވާއިރު ބައެއް ބްރޮޑްކާސްޓަރުން ވެގެން އިރާގުގައި މޮސޫލްގައި ހިނގަމުން ދިޔަ ކުރިމަތިލުންތައް ފޭސްބްކުގައި ލައިވްކޮށްފިއެވެ. ފޭސްބްކުގައި މި ހަނގުރާމަ ލައިވް ކުރަމުން ދިޔަ އިރު އެތައް ބަޔަކު ދިޔައީ މިހަނގުރާމަ ލައިވް ކޮށް ބަލަމުންނެވެ. މި ލައިވްސްޓްރީމް ކޮންޓެންޓްގައި މިއަދު ފޭސްބުކުން ވަނީ ވީޑިއޯއިން ފެންނަ ހަމަލާތަކާއި މަންޒަރުތަކަށް އިމޮޓިކޯން އަދި ލައިކް ދެވޭގޮތަށް ވެސް ހަދާފައެވެ.

އިރާގުގެ އަދި ސީރިއާގައި އަތްގަދަކޮށްފައިވާ އައިއެސްގެ ބާރު ނެތެމުން ދާއިރު އިއްޔެ ތުރުކީގެ ސިފައިންނާއި ސޫރިއާގެ އިދުކޮޅު ހަނގުރާމަވެރިން ވެގެން ވަނީ އައިއެސް އަތުން ސޫރިއާގެ ދާބިގު އަތުލާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close