ކޮވިޑް-19

ދުނިޔެ

ސައިސްސްވެރިން ބުނަނީ އެމެރިކާގެ ރިޔާސީ ކެނޑިޑޭޓުންނަކީ 2 މޮޔައިން ކަމަށް

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކެންޕޭން ކުރަމުންދާ އެގައުމުގެ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓް ބިލިއަނަރ ޑޮނަލްޑް ޓްރަންޕް އަދި ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް އެމެރިކާގެ ކުރީގެ ސެކްރެޓެރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަންގެ ކެންޕޭން ވައިގަ ހިފާފައި ވާއިރު އެދެމީހުންގެ ނަފުސާނީ ހާލަތާ މެދުވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ޓްރަންޕް ކެންޕޭނުގެ ތެރޭގައި ދައްކަވާ ވާހަކަފުޅުތަކަށް ރިޔާއަތްކޮށް އިދިކޮޅު ފަރާތްތަކުން އޭނާއަކީ މޮޔައެއް ކަމަށް ދަނީ ބުނަމުންނެވެ. ހަމަ އެފަދައިން ޓްރަންޕްގެ ސަޕޯޓަރުން ހިލަރީއަކީވެސް މޮޔައެއް ކަމަށް ދަނީ ބުނަމުންނެވެ. އެއީ ސިޔާސީ ގޮތުން ދައްކާ ވާހަކައަށް ވެދާނެވެ. ނަމަވެސް މިފަހަރު މިއުޅެނީ ސައިކޮލަޖިސްޓުން ކުރި ދިރާސާއެއްގެ ނަތީޖާއިން އެ ދެމީހުންނަކީ މޮޔައިން ކަމަށް ފެނިގެންނެވެ.

އެމެރިކާގެ ރިޔާސީ ކެނޑިޑޭޓުންގެ ހުންނަ ނަފުސާނީ ސިފަތަށް ދެނެގަތުމަށް މި ދިރާސާ ކުރީ އޮކްސްފޯޑް ޔުނިވަރސިޓީގެ ޑރ. ކެވިން ޑޫޓަންއެވެ. މި ދިރާސާގައި ކެނޑިޑޭޓުންގެ ނަފުސާނީ އުނި ސިފަތައް ދެނެގަތުމަށް ސައިކޯޕެތިކް ޕާސަނަލިޓީ އިންވެންޓްރީ (ޕީޕީއައި ރިވައިޒްޑް) ކިޔާ ޓެސްޓެއް ހެދިއެވެ.

މި ޓެސްޓްގައި 2 ކެނޑިޑޭޓުންގެ ނަފުސާނީ 8 ސިފައެއް ދެނެގަތެވެ. މި ސިފަތައް ކެނޑިޑޭޓުންގެ ކިބާގައި ހުންނަ މިންވަރަށް ބަލާ ކެނޑިޑޭޓުންނަށް ޕޮއިންޓް ދިނެވެ. ޑރ.ކެވިން މީގެ ކުރިން ވަނީ ތާރިހުގައި ފާހަގަކޮށްލެއްވޭ ބައެއް ބޮޑެތި ސިޔާސީ ޝަހުސިއްޔަތުންގެ ސީރަތުން މައުލޫމާތު ހޯދާ އެ ޝަހުސިއްޔަތު ތަކުގެ ކިބައިގައި މި ނަފުސާނީ 8 ސިފަ ހުންނަ ވަރު ބަލާ ޕޮއިންޓް ދީފައެވެ. އެހެން ކަމުން މިދިރާސާގައި ރިޔާސީ ކެނޑިޑޭޓުންނަށް ލިބުނު ޕޮއިންޓްތަކާއި ތާރީހީ ޝަހުސިއްޔަތުތަކަށް ލިބުނު ޕޮއިންޓްތައް އަޅާ ކިޔާލުމަށް ފަހު ޕޮއިންޓް ލިބުނު ތަރުތީބުން ތާވަލެއްގައި އަތުރާލިއެވެ.

މިގޮތަށް އަތުރާލި އިރު ޓްރަންޕް އުޅެނީ މި ތާވަލުގައި އެޑަލްފް ހިޓްލަރަށްވުރެ މަތީގައެވެ. އަދި އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސެއިންއަށް ވުރެ ދަށުގައެވެ. ހިލަރީ ކްލިންޓަން އުޅެނީ ފްރާންސްގެ ކުރީގެ މިލިޓަރީ ލީޑަރު ނަޕޯލިއަން ބޮނަޕާޓާއި މީލާދީން 54 ވަނަ ގަރުނުގައި ރޯމަނުންގެ އެންޕެރާރ ނެރޯ ކްލައުޑިއަސް އާ ދެމެދުގައެވެ.

ސިކުނޑީގައި ހުންނަ މި ނަފުސާނީ ސިފަތައް މީހާ ކާމިޔާބު މީހަކަށް ވުމަށް އެހީވެދޭ އިރު އަނެއްބައި ސިފަތައް މީހާގެ ދިރިއުޅުން ހަލާކުކޮށްލާ ކަމަށް ސައިކޮލޮޖިސްޓުން ބުނެއެވެ. މި ދިރާސާގައި ޑރ.ކެވިން ޑޫޓަން ރިޔާސީ ކެނޑިޑޭޓުންގެ ނަފުސާނީ ސިފަތަކުގެ ތެރެއިން ކާމިޔާބީއަށް މަގުފަހި ކުރުވާ ސިފަތަކީ ކޮބައި ކަމާއި ނާކާމިޔާބީއާއި ހަލާކަށް މަގުފަހި ކުރުވާ ސިފަތަކީ ކޮބައިކަން ވެސް ދެނެގަތެވެ. މި ދިރާސާގައި ބެލި ނަފުސާނީ 8 ސިފަތަކުގެ ތެރެއިން 4 ސިފައަކީ ކާމިޔާބަށް މަގުފަހި ކުރުވާ 4 ސިފައެވެ. އަނެއް 4 ސިފަ އަކީ ނާކާމިޔާބަށް މަގުފަހި ކުރުވާ 4 ސިފައެވެ.

ސައިކޯޕެތިކް ޕާސަނަލިޓީ އިންވެންޓްރީ ޓެސްޓުން އެމެރިކާގެ ރިޔާސީ ކެންޑިޑޭޓުން ކަމުގައިވާ ޓްރަންޕް އަދި ހިލަރީ އަށް ލިބުނު ޕޮއިންޓް / ފޮޓޯ: ދަ ގާޑިއަން
ސައިކޯޕެތިކް ޕާސަނަލިޓީ އިންވެންޓްރީ ޓެސްޓުން އެމެރިކާގެ ރިޔާސީ ކެންޑިޑޭޓުން ކަމުގައިވާ ޓްރަންޕް އަދި ހިލަރީ އަށް ލިބުނު ޕޮއިންޓް / ފޮޓޯ: ދަ ގާޑިއަން

އެހެން ކަމުން ކާމިޔާބަށް މަގުފަހި ކުރުވާ 4 ސިފައިން ގިނަ ޕޮއިންޓް ލިބިގެން ވެސް ތާވަލުން ޖުމްލަ ޕޮއިންޓް މަތިން ލިބި ދާނެއެވެ. ހަމަ އެފަދައިން ނާކާމިޔާބަށް މަގުފަހި ކުރުވާ 4 ސިފައިން  ގިނަ ޕޮއިންޓް ލިބިގެންވެސް ޖުމްލަ ޕޮއިންޓް މަތިވެދާނެއެވެ.

ޓްރަންޕް އަދި ހިލަރީ ވެސް އުޅެނީ މި ޕޮއިންޓް ތާވަލުގެ ވަރަށް މަތީގައެވެ. އެއީ 2 މީހުންގެ ވެސް ބައެއް ނަފުސާނީ ރަނގަޅު ސިފަތަކަށް ލިބުނު ޕޮއިންޓް މަތިވުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް 2 ކެނޑިޑޭރުންގެ ނަފުސާނީ ގެއްލުން ދެނިވި އުނި ސިފަތަކަށް ލިބުނު ޕޮއިންޓް ވެސް ވަރަށް މައްޗެވެ. މިދިރާސާއަގެ ނަތީޖާއަށް ބެލުމަށް ފަހު 2 ކެނޑިޑޭޓުންގެ ނަފުސާނީ އުނިކަން ވަރަށް ބޮޑަށް ހުރި ކަމަށް ބުނެވޭނެ ޖާގަ އެބައޮތެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close