ސިއްޙަތު

އިސްކޮޅާ އަޅާ ބަލާއިރު މީހާ ފަލަވުމަކީ ނުވަތަ ބަރުދަން އިތުރުވުމަކީ ހަނދާން ބަލިވާކަމެއް – ދިރާސާ

ހަށިގަނޑުގެ ބަރުދަން އިތުރުވުމަކީ އުމުރުން ދުވަސްވީ ވަރަކަށް މީހާގެ ހަނދާން ބަލިކޮށްލާ ކަމެއް ކަމަށް އެމެރިކާގެ ޔުނިވާރސިޓީ އޮފް އަރިޒޯނާއިން ކުރި ދިރާސާ އަކުން ދައްކާފިއެވެ. ޔުނިވާސިޓީ އޮފް އަރިޒޯނާގެ ރިސާޗަރުން ބުނާގޮތުގައި ބޮޑީ މާސް އިންޑެކްސް އިތުރުވާނަމަ ވިސްނުމަށް އޭގެ އަސަރުކުރާނެއެވެ. ބޮޑީ މާސް އިންޑެކްސް އަކީ ހަށިގަނޑުގެ ކޮންމެ އަކަ މީޓަރެއްގައި ހުންނަ ބަރުދަނެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ އިސްކޮޅާ އަޅާ ބަލާއިރު މީހާގެ ބަރުދަނެވެ.

ފަލަވުމުގެ ސަބަބުން މުޅި ހަށިގަނޑުގެ ބޮޑީ އިންފްލެމޭޝަން އިތުރުވެއެވެ. އިންފްލެމޭޝަން އަކީ ހަށިގަނޑު ބަރުވުމުގެ ސަބަބުން ދިވާއީ ނިޒާމް މާ ބޮޑަށް އެކްޓިވެ ހަށިގަނޑުގެ ސެލްތަކަށް ބަދަލުއައުމެވެ. ހަށިގަނޑުގެ ބޮޑީ މާސް އިންޑެކްސް އިތުރުވި ވަރަކަށް އިންފްލެމޭޝަން ވެސް އިތުރުވެއެވެ.

ރިސާޗަރުންގެ ޓީމުން އުމުރުން 50 އަހަރުން މަތީގެ 21000 މީހުންގެ އިންފްލެމޭޝަން ލެވެލް އަދި ބޮޑީ މާސް އިންޑެކްސް ބެލުމަށް ފަހު އޭގެ ސަބަބުން ވިސްނުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް 6 އަހަރު ވަންދެން އެކި ފަހަރު މަތިން އެކި ޓެސްތްތައް ހެދިއެވެ.

މި ދިރާސާގައި ބޮޑީ މާސް އިންޑެކްސް ބަލާފައި ވަނީ ބައިވެރިންގެ އިސްކޮޅާއި ބަރުދަނާ އަޅާކިޔައިގެންނެވެ.

އިންފްލެމޭޝަން ލެވެލް ބަލާފައި ވަނީ ލޭގައި ހިމެނޭ ޕްރޮޓީންއެއް ކަމުގައިވާ ސީ ރިއެކްޓިވް ޕްރޯޓީން އެމީހެއްގެ ހަށިގަނޑުގައި ހުރި މިންވަރު ބަލައިގެންނެވެ. ސަބަބަކީ އިންފްލޭޝަން ލެވެލް އިތުރުވާނަމަ ހަށިގަނޑުގެ ދިފާއީ ނިޒާމް މާބޮޑަށް އެކްޓިވެ މި ޕްރޮޓީން ލޭގައި އިތުރުވާތީއެވެ.

ދިރާސާއިން ދެއްކި ގޮތުގައި އިސްކޮޅާ ބަލާއިރު ބަރުދަން އިތުރު މީހުންގެ ހަށިގަނޑުގައި ސީ ރިއެކްޓިވް ޕްރޮޓީން ހުންނަ ނިސްބަތް އިތުރުވާލެއް ބޮޑެވެ. ސީރިއެކްޓިވް ޕްރޮޓީން ހަށިގަނޑުގައި އިތުރުވާލެއް ބޮޑު ނަމަ އޭގެ ސަބަބުން ސިކުނޑީގެ ވިސްނުމާއި ހަނދާން ކޮށިކޮށްލައެވެ.

މި ދިރާސާކުރި ރިސާޗަރުންގެ ޓީމުގައި ހިމެނޭ ޕްރޮފެސަރ ޑޭވިޑް ސްބަރާރ ބުނި ގޮތުގައި މި ދިރާސާއިން ބޮޑީ މާސް އިންޑެކްސްއާ ވިސްނުންކޮށިވުމާ ސީދާ ގުޅުން އޮންނަކަން ސާބިތުކޮށެއް ނެދެވެއެވެ. ރިސާޗަރުން ބުނި ގޮތުގައި އެކަން ސާބިތު ކުރުމަށްޓަކައި ކުރިއަށް ހުރި ދިރާސާތަކުގައި މީހުންގެ ބަރުދަން ލުއިކޮށްގެންނާއި އިތުރުކޮށްގެން ވިސްނުމާއި ހަނދާނަށް އޭގެ ސަބަބުން ސީދާ ބަދަލު އަންނަވަރު ދެނެގަންނަން ޖެހޭނެއެވެ. ބަރުދަން އިތުރުވުމާ ވިސްނުންކޮށިވުމާ ސީދާ ގުޅިފައި ވާކަން ސައްކެއް ނެތް މިންވަރަށް ސާބިތު ކުރެވޭނީ އޭރުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close