ސައިންސް

ވޭތުވެ ދިޔަ 70 އަހަރުގައި ވެސް ފެންނާނެ އެންމެ ބޮޑު ހަނދު ނޮވެންބަރ 14 ގައި

ވެތުވެ ދިޔަ 70 އަހަރު ދުވަހުގެ ތެރޭގައި ހަނދު ފެންނާނެ އެންމެ ބޮޑުކޮށް މި ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހުގެ ރޭ ފެންނާނެ ކަމަށް ފަލަކީ އިލްމުވެރިން ބުނެފިއެވެ. މިއީ 1948 ވަނަ އަހަރު ޖަނަވަރީ އަށް ފަހު ހަނދު ދުނިޔެއާ އެންމެ ކައިރިން އަދި ބޮޑުކޮށް ބަލައިލަން ލިބޭނެ ދުވަހެވެ.

މި ނޮވެމްބަރ 14 ވަނަ ދުވަހުގެ ރޭގެ ހަނދު އެވްރެޖްކޮށް ހުންނަ ވަރަށް ވުރެ 14 އިންސައްތަ ބޮޑުކޮށް އަދި 30 އިންސައްތަ އަލިގަދަކޮށް ފެންނާނެ ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާ ރިޕޯތުތައް ބުނެފައިވެއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ދެން ހަނދު އެންމެ އަވަހަށް ވެސް މިހާ ބޮޑުކޮށް ފެންނާނީ 2034 ވަނަ އަހަހަރުގެ ނޮވެމްބަރ 25 ވަނަ ދުވަހުއެވެ. އެހެން ކަމުން މިއީ އަދުގެ ޒުވާނެއްގެ ހަޔާތުގައި ހަނދު ދުނިޔެއާ މިހާ ގާތުން ބަލައިލަން ލިބޭނެ ހަމައެކަނި ފުރުސަތުކަމުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ.

މި ގޮތަށް ހަނދު ބޮޑުވުމަށް ކިޔަނީ ‘ޕެރެޖީ މޫން’ ނުވަތަ ‘ސުޕާރ މޫން’ އެވެ. ސުޕަރ މޫން އެއް ފެންނަން ދިމާވަނީ ހަނދުގެ ދައުރުވާ ފަލަކުގެ ނުވަތަ އޯބިޓުގެ ބައްޓަން ބިހުގެ ބައްޓަމަށް ހުންނާތީއެވެ. ހަނދުގެ އޯބިޓުގެ ބައްޓަށް ހުންނަ ގޮތުން އެ އޯބިޓުގައި ދުނިޔެއާ ކައިރި ހިސާބަކާއި ދުރު ހިސާބެއް ހުރެއެވެ. މިގޮތުން ދުނިޔެއާ އެންމެ ކައިރި ހިސާބުގައި ހުންނާނީ 30،000 މޭލެވެ.

ސުޕާރ މޫންގެ ބޮޑުމިން އާދައިގެ ދުވަހެއްގެ ހަނދުގެ ބޮޑުމިނާ އަޅާބަލާއިރު ބޮޑުކަމަށް ފާހަގަ ކުރެވޭނީ އެ ހަނދު އުދަރެހުގައި ފެންނަން ހުންނަ ދިމާއެއްގެ ގޮތުންނެވެ.  ހަނދު ސިދާ ބޯމަތީގައި އެއްވެސް ނިވަލެއް ނެތި ފެންނަން ހުންނަންޏާ ހަނދުގެ ކުރިއަށް ވުރެ ބޮޑުކަން ފާހަގަ ކުރުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް ސުޕަރ މޫންއެއް އިމާރާތެއް ނުވަތަ ގަހެއްގެ ނިވަލުން ފެންނަ ނަމަ އެ ހަނދާއި އިމާރާތާއި ނުވަތަ ގަހާ އަޅާ ކިޔާލާ އޭގެ ބޮޑުކަމާއި ހައިބަތު ސާފުކޮށް ފެންނަން ހުންނާނެއެވެ. ނާސާގެ އިލްމުވެރިން މިގޮތަށް އެކި ތަންތަނުން ހަނދު ފެންނަގޮތް ތަފާތުވަމީ އޮޕްޓިކަލް އިލިއުޝަންއެއް ކަމުގައި ބުނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close