ދުނިޔެ

އެމެރިކާގެ 45 ވަނަ ރައީސްއަކަށް ޑޮނަލްޑް ޓްރަންޕް

އެމެރިކާގެ ރިޔާސީ އިންތިޚާބު ރިޕަންލިކަން ޕަޓީގެ ކެނޑިޑޭޓް ޑޮނަލްޑް ޓްރަންޕް ކާމިޔާބުކުރައްވައިފިއެވެ. ޓުރަންޕް އެމެރިކާގެ ރިޔާސީ އިންތިޚާބު މި ކާމިޔާބުކުރެއްވީ ފޯރިގަދަ އަދި ވާދަވެރި ކެންޕޭނަކަށް ފަހު ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ހިލަރީ ކުލިންޓަން ބަލި ކުރައްވައިގެންނެވެ.

ވޯޓުގެ އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުން ޑޯނަލްޑް ޓްރަންޕަށް 276 އިލެކްޓޯރަލް ވޯޓް ލިބިވަޑައިގަތެވެ. އަދި ހިލަރީ ކްލިންޓަންއަށް ލިބިވަޑައިގަތީ 218 އިލެކްޓޯރަލް ވޯޓެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް 270 އިލެކްޓޯރަށް ވޯޓް ބޭނުންވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ކުރިއަށްދާ ގޮތުން އެގައުމުގެ އެކި ސުޓޭޓްތަކުން ވޯޓުން ކުރި ހޯއްދަވާ ކެނޑިޑޭޓަކަށް ވަކިވަރަކަށް އިލެކްޓޯރަލް ވޯޓް ލިބެއެވެ. މިގޮތުން ޓްރަންޕް ވަނީ ގިނަ ސުޓޭޓްތަކަކުން މެޖޯރިޓީ ހޯއްދަވާފައެވެ.

އިންތިޚާބު ނާކާމިޔާބު ވުމުން ހިލަރީ ކުލިންޓަން ވަނީ ނަތީޖާ ގަބޫލުކުރައްވާ ޓުރަންޕަށް މަރުހަބާ ވިދާލުވެފައެވެ.

ޑޮނަލްޑް ޓްރަންޕް ވެގެން ދާނީ އެމެރިކާގެ ތާރީހުގައި އެއްވެސް ސިޔާސީ ތަޖުރިބާއެއް ނެތި ރައީސްކަމަށް ވަޑައިގަން ފުރަތަމަ ބޭފުޅާއަށެވެ. މީގެ ކުރިން ހިޔާލު ހޯދުމުގެ އެތަކެއް ވޯޓްތަކެއްގެ ނަތީޖާއިން އިންތިޚާބު ކާމިޔާބު ކުރައްވާނީ ހިލަރީ ކްލިންޓަން ކަމަށް ބެލެވިފައި ވީނަމަވެސް އިންތިޚާބުގެ ނަތީޖާ ހީކުރި ގޮތާ މުޅިން ތަފާތުވުމުން ގިނަބަޔަކު ވަނީ ހައިރާން ކޮށްލާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close