ޚަބަރު

ކުރީގެ ޗެކުތައް ބޭނުންކުރުން ހުއްޓާލައި ބަދަލު ގެންނަ ޗެކުތައް ބަލައިނުގަންނަން ބީއެމްއެލް އިން ނިންމައިފި

ޖޫން 2013 ގެ ކުރިން ދޫކޮށްފައިވާ ޗެކު ފޮތްތައް ބޭނުންކުރުން ހުއްޓާލުމަށް ދިވެހިރާއްޖޭގެ ޤައުމީ ބޭންކް ބެންކް އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ. އަދި ލިއުމަށް ފަހު އެއްވެސް ބަދަލެއް ގެނެސްފައިވާ ޗެކުތައް ވެސް ބަލައިނުގަންނަން ވަނީ ނިންމާފައެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އަންނަ އަންގާރަ ދުވަހުން ފެށިގެން އެ ބޭންކުން ގަބޫލުކުރާނީ ޖޫން 2013 ގެ ފަހުން ދޫކޮށްފައިވާ ޗެކު ފޮތްތަކުގެ ޗެކުތައް އެކަންޏެވެ. އެ ގޮތަށް ނިންމީ، އެ ބޭންކުން ބުނި ގޮތުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޗެކު ކްލިއަރިން މަސައްކަތް އޮޓަމޭޓު ކުރަން ހަމަޖައްސާފައިވާތީ އެ ކަމަށް ބޭނުންވާ މިންގަނޑުތަކަށް ޗެކުތައް ފެއްތުން ކަމަށެވެ. އަދި ޗެކުގައި ލިއުމަށް ފަހު އެއްވެސް ބަދަލެއް ގެނެސްފައިވާ ޗެކުތައް އަންނަ އަހަރުން ފެށިގެން ބަލައިނުގަންނަން ނިންމައިފި ކަމަށެވެ.

ޗެކު ކްލިއަ ކުރުން އޮޓަމޭޓު ކުރަން ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް ވެސް ބީއެމްއެލް އިން މިއަދު ވަނީ އެދިފަ އެވެ. އެއީ މައިކަ ޕްރިންޓް ބޭންޑުގެ މައްޗަށް ނާރާ ގޮތަށް ޗެކުގައި ލިއުމާއި ސޮއި ކުރުން އަދި ތައްގަނޑު ޖެހުން ހިމެނެ އެވެ. އަދި ޗެކު ފަތް ނުޖެހުމަށާއި ޗެކަށް ހީރަސް ނުޖެހުމަށް ވެސް އެދިފައިވެ އެވެ.

“އެހެންކަމުން ޗެކު ލިއުމުގައި އިތުރަށް ސަމާލުވުމަށް ކަސްޓަމަރުންގެ ކިބައިން އެދެމެވެ،” ބަޔާނުގައިވެ އެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close