ދުނިޔެ

“މެދުއިރުމަތީގައި ސުލްޙަ ގާއިމު ކުރުމަށް ޓްރަންޕަށް ކާމިޔާބީއަށް އެދެން” – ސައުދީ ރަސްގެފާނު

ސައުދީ ރަސްގެފާނު ކިންގް ސަލްމާން ބިން އަބްދުލް އަޒީޒް އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަންޕަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ސައުދީ ޕުރެސް އެޖެންސީއާ ހަވާލާދީ ރޮއިޓާސްގައި ބުނެފައި ވަނީ ސައުދީ ރަސްގެފާނު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި މެދުއިރުމައްޗާއި ދުނިޔޭގައި ރައްކާތެރިކަމާއި ހަމަޖެހުން ގާއިމް ކުރުމަށް ޓްރަންޕަށް ކާމިޔާބީއަށް އެދިފައިވެއެވެ.

ރަސްގެފާނު މިގޮތަށް އުންމީދު ކުރެއްވި ނަމަވެސް ޓްރަންޕްގެ ވެރިކަމުގައި މެދުއިރުމަތީގައި ސުލްޙަ ގާއިމު ވުމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ސަބަކީ ޓްރަންޕް ވެރިކަމަށް ވަޑައިގަތުމުން އެކަމާ އެންމެ ބޮޑަށް އުފާވެ ހެވިފައި ތިބީ އިޒްރޭގެ ހައްދުފަހަނައަޅާފައިވާ ޔަހޫދިން ކަމުގައި ވާތީއެވެ.

އަނެއްކޮޅުން ޓްރަންޕް ވެރިކަމަށް ވަޑައިގަތުމަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް އެގައުމުން ކުރަމުން އަންނަ މަސައްކަތުގެ ނިމުން ކަމުގައި އިޒްރޭލުން އެދަނީ ބުނަމުންނެވެ. އިޒްރޭލުގެ އެޑިއުކޭޝަން މިނިސްޓަރު ނަފްތަލީ ބެނެޓް ވިދާޅުވި ގޮތުގައި ޓްރަންޕްގައި ކާމިޔާބީއަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓާލަން ލިބުނު ރަނުގެ ފުރުސަކެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ކެނޑި ނޭޅި ކުރަމުން އަންނަ މަސައްކަތުގެ ހުރަހަކަށް ވެފައި ވަނީ އދ ގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ އެމެރިކާއެވެ. އެމެރިކާގެ ސެނެޓާއި ސިޔާސީ ގިނަ މަގާމުތަކެއް އިޒްރޭލުގެ ޔަހޫދީން ކޮންޓްރޯލް ކުރަމުން ދިއުމަކީ އިޒްރޭލް ހިތް އެދޭގޮތަށް މެނުވީ މެދުއިރުމަތީގެ މަސްރަހު ބަދަލުވަމުން ނުދާ އެއް ސަބަބެވެ.

އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަންޕް އިންތިޚާބު ވުމުން އެންމެ ބޮޑަށް ހިތާމަ ކުރާނެ އެއް ބަޔަކީ މިހާރުވެސް މާޔޫސް ކަމުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނެވެ. ޓަރަންޕްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދުނަ ނުދިނުން ހިމެނެއެވެ.

މީގެ އިތުރުން އިޒްރޭލުގެ ވެރިރަށަކީ ގުސުސް ކަމުގައި ހަމަޖައްސާނެ ކަމުގައި ޓްރަންޕް ވަނީ ވިދާޅުވެފައެވެ. ޓްރަންޕްގެ ސިޔާސަތުގެ ސަބަބުން މެދުއިރުމަތި ބޮޑު ހަނގުރާމައެއްގެ ވަޅުގަނޑަކަށް ވައްޓާލާނެކަމަށް މިހާރުވަނީ ބެލެވިފައެވެ. އެހެން ކަމުން މެދުއިރުމަތީގެ ސުލްޙަ ގާއިމް ކުރުން އެމެރިކާގެ އަތްމައްޗަށް ދޫކޮށްލައިގެން ނުތިބެ ސައުދީ އަރަބިއްޔާ ފަދަ ބާރުގަދަ ގައުމުތައް މިކަމުގައި ތެދުވަން ޖެހެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close