ކުޅިވަރު

އަނގޮޅިތީމް ސްޕޯޓްސް ކުލަބުން ސަރަހައްދުގެ ރަށްތަކަށް އަމާޒުކޮށްގެން ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

ރ.އަނގޮޅިތީމުގައި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމުގައިވާ އަނގޮޅިތީމް ސްޕޯޓްސް ކުލަބު އަދި އަނގޮޅިތީމް ކައުންސިލް އިދާރާ ގުޅިގެން ބާއްވާ ފުޓްބޯޅަ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެެވެ.

މި މުބާރާތުގައި ޓީމްތައް ބައިވެރި ކުރުމުގެ ފުރުސަތު މިފަހަރު ހުޅުވާލާފައި ވަނީ ރ.އަނގޮޅިތީމް، ރ.ރަސްގެތީމް، ރ.ހުޅުދުއްފާރު އަދި އިފުރު އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެންނެވެ.

އަނގޮޅިތީމް ސްޕޯޓްސް ކުލަބުން ނެރެފައި ވާ އިއުލާނެއްގައި ވާގޮތުން މި މުރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފަރާތްރަކުން 01 ޑިސެމްބަރ 2016 ވަނަ ދުވަހުގެ ރޭ 22:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށައަޅުމަށް އަނގޮޅިތީމް ސްޕޯޓްސް ކުލަބްގެ އިއުލާނުގައި ބުނެފައި ވެއެވެ.

ފޯމް ދޫކުރުމާއި ބަލައިގަތުން ހަމަ ޖެހިފައި ވަނީ ރ.އަނގޮޅިތީމް، މީނާޒް ގައެވެ. އަދި މުބާރާތާއި ބެހޭ މައުލޫމާތު ސާފުކުރުމަށާއި، ބައިވެރިވުމަށް އެދޭ އެޕްލިކޭޝަން ފޯމް ހޯދުމަށް 9646640، 7494857، 7862114 ނަންބަރ ފޯނާ ގުޅުމަށް އަނގޮޅިތީމް ސްޕޯޓްސް ކުލަބްސްގެ އިއުލާންގައި ބުނެފައިވެއެވެ.

އަނގޮޅިތީމް ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން މި މުބާރާތް މި ދިޔަ އަހަރުވެސް ބާއްވާފައިވެއެވެ. މި އަހަރުފެ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 12 ޑިސެމްބަރ 2016 ވާ  ހޯމަދުވަހުއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close