ސައިންސް

ފޭސްބުކް ބޭނުން ކުރުން ހުއްޓާލުމުން އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭ – ދިރާސާ

ފޭސްބުކް އަދި ތަފާތު ސޯސަލް މީޑިއާތަކީ އަޅުގަނޑުމެން ދިވެހިން އެޔަށް ވަރަށް ބޮޑަށް އަހުލުވެރި ވެފައިވާ އެޔާ ނުލާ ދިރިއުޅެން އުނދަގުވެފައިވާ އެއްޗެކެވެ. މަސައްކަތުގެ މާހައުލުގައި އާއި އޮފީސް ގަޑީގައި އާއި ކޮފީތަކުގައ ވެސް ފޭސްބުކް، ޓުވިޓާރ ނޫނީ ވައިބާ ބަލައި ނުލާ އިތުރުކަމެއް ނުކުރެވޭ މީހުން ގިނައެވެ. ފޭސްބުކް ފެވައި ވަނީ ދުރުގައިވާ ރަހުމަތްތެރިންނާ ގުޅާލަދޭ މައުލޫމާތު މުއްސަނދުކޮށްދޭ އަދި މުނިފޫހި ފިލުވުމުގެ ބައިވެރިޔަކަށެވެ. ފޭސްބުކުން ކިތަންމެ ހިތްހަމަޖެހުމެއް ލިބުނަސް ފޭސްބުކާއި ދުރުގައި އުޅުމުން މާ އުފާވެރިކަމާއި ހިތްހަމަ ޖެހުން ލިބޭކަމަށް ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކައެވެ.

ޑެންމާމުގެ ހެޕިނަސް ރިސާޗު އިންސްޓިޓިއުޓުން ކުރި ދިރާސާ އަކުން ދައްކާ ގޮތުގައ ފޭސްބުކް ބޭނުންކުރާ މީހުންނަށްވުރެ ފޭސްބުކް ބޭނުން ކުރުން ހުއްޓާލާފައިވާ މީހުންގެ ދިރިއުޅުން މާ އުފާވެރިއެވެ. މި ދިރާސާގައި ޑެންމާކުގެ ހާހެއްހާ ވޮލެންޓިއަރުން ބައިވެރި ކުރިއެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ފޭސްބުކާއި ދުރުގައި ހަފުތާއެއް ހެދަކުރިއެވެ. އަނެއްބައި މީހުން އެހަފުތާ އެއްކޮން ހޭދަކުރީ ފޭސްބުކުގައި ވަރަށް އެކްޓިވްކޮށެވެ. ހަފުތާއެއް ފަހުން ނަތީޖާ ބެލި އިރު ފޭސްބުކް ބޭނުން ކުރިން ހުއްޓާލި މީހުންގެ ތެރެއިން 88 އިންސައްތަ މީހުންގެ ދިރިއުޅުން ފޭސްބުކް ބޭނުން ކުރި އިރަށް ވުރެ އުފާވެރި ކަމަށް އެމީހުން ބުންޏެވެ.

މީގެ އެންމެ ބޮޑު ސަބަބެއް ކަމުގައި ދިރާސާ ކުރި ޓީމުން ބުނީ ފޭސްބުކްގައި ވަގުތު ހޭދަކުރުން އަމިއްލަ ދިރިއުޅުމަށް ވުރެ އެހެން މީހުންގެ ދިރިއުޅުމުގައި ހިނގާ ކަންކަމަށް އިސްކަންދެވި އެކަން ކަމާ ފިކުރު ކުރެވުމެވެ. ފޭސްބުކާއި ދުރުގައި ހޭދަ ކުރި މީހުން ބުނި ގޮތުގައި އާއިލާއި އާއި ރަހުމަތްތެރިންނާއި އަސްލު ދިރިއުޅުމުގައި ބައްދަލުވެ ވަގުތު ހޭދަކުރުމުން މާ ހިތްހަމަ ޖެހުން ލިބޭ ކަމަށެވެ. އަދި އެކަނިވެރިކަން އިހުސާސްވާލެއް ވެސް މަދުކަމަށެވެ.

އަނެއް ސަބަބެއް ކަމުގައި ދިރާސާ ކުރި ޓީމުން ބުނެފައި ވަނީ ފޭސްބުކުގައި އެންމެ ވެސް ދައްކަން ބޭނުންވާނީ އެމީހެއްގެ ރަނގަޅު ފަރާތް ކަމަށާއި މިހެން ވުމުން ތިމާގެ ދިރިއުޅުމަށް ވުރު އެހެން މީހުންގެ ދިރިއުޅުން މާ އުފާވެރި ކަމުގައި ދެކެވުމެވެ. މީގެ އިތުރުން ފޭސްބުކު ބޭނުން ކުރުން ހުއްޓާލި ބައިވެރިން ބުނި ގޮތުގައި އޭގެ ސަބަބުން ދިރިއުޅުމުގައި ކުރަން ހުންނަ ކަންކަމަށް ވަގުތު ދެވޭލެއް އިތުރުވެ އެކަން ކަން ނިމޭލެއް އަވަސް ވުމުގެ ސަބަބުން ބޮލަށް ލުއިކަން ލިބެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Ayya Recent comment authors
Ayya
Guest
Ayya

Good msg

Close