ޙަބަރުރ.އަތޮޅުސިއްޙަތު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ދެމުންގެންދާ އޭއެންސީ ކުލިނިކްގެ ހިދުމަތް އަތޮޅު ތެރެއަށް ފުޅާކުރަނީ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އިން ދެމުންގެންދަވާ އޭ އެން ސީ ( މާބަނޑު މީހުންގެ) ކުލިނިކްގެ ހިދުމަތް ފުޅާކޮށް އަތޮޅު ތެރެއަށް ހުޅުވާލުމަށް ހަމަ ޖެހިއްޖެއެވެ. މިހިދުމަތަކީ މާބަނޑު މީހުންނަށް ހާއްސަކޮއްގެން މާބަނޑުދުވަސްވަރު ދިމާވާ ސިއްހީ މައްސަލަތަކާއި ބެހޭ ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމާއި ޑޮކްޓަރަށް ދެއްކުމުގެ އަވަސް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓުން އިސްނަގައިގެން ކުރިޔަށް ގެންދާ ހިދުމަތެކެވެ.

މިހިދުމަތް ދިނުމަށްޓަކައި ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހަކީ ހޮސްޕިޓަލްގައި މާބަނޑު އަންހެނުންނަށް ޚާއްސަކޮށްގެން ކްލިނިކް ހިންގޭ ދުވަހެވެ. މި ޚިދުމަތް މުޅިއަތޮޅުގެ މާބަނޑު އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކްލިނިކްގައި މާބަނޑު އަންހެނުންނަށް މަޢުލޫމާތުދިނުމުގެ ސެޝަންތައް ކޮންމެ ދުވަހެއްގެ ޑރ ބައްލަވަން ފެއްޓުމުގެ ކުރިން ކުރިއަށް ގެންދެވޭނެއެވެ. ކޮންމެ އަންގާރަ ދުވަހެއްގެ ހެނދުނު 10 ކުން 4 އަށް މާބަނޑު މީހުންބެއްލެވުމަށް އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ހޮސްޕިޓަލްގެ އޯޕީޑީ ގައި އިންނަވާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Sodhube Recent comment authors
Sodhube
Guest
Sodhube

Maa anga gadha nukoh kan kureveytho balaa

Close