މުނިފޫހި ފިލުވުން

ދިވެހި ފިލްމު “ވީ ބޭވަފާ” ގެ ޝޯއެއް މިރޭ އުނގޫފާރުގައި

މީގެ 5 އަހަރު ކުރިން ރ.އުނގޫފާރުގައި ޝޫޓް ކުރި ސަން ޝައިން ޕްރޮޑަކްޝަނާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފެއްދި ދިވެހި ފިލްމު “ވީ ބޭވަފާ” މިރޭ އުނގޫފާރުގައި ދައްކާނެއެވެ.

މި ފިލްމު އުނގޫފާރުގައި ދައްކާނީ 8:30 ގައި ކުލަބް ޔޫތުސްޓާރގެ ހޯލުގައެވެ. މި ފިލްމުގެ ޓިކެޓްގެ އަގަކީ 100ރ އެވެ. ޓިކެޓް ގަތުމަށް 9999354 ނަންބަރު ފޯނާ ގުޅުމުން ޓިކެޓް ލިބޭ ގޮތަށް ވަނީ ހަމަ ޖެހިފައެވެ.

މި ފިލްމުގެ ޝޫޓިންގެ ބޮޑުބައެއް ނަގާފައި ވަނީ ރ.އުނގޫފާރުގައެވެ. އުނގޫފާރުގެ އިތުރުން މާލެ އަދި ލަންކާގަ ވެސް މި ފިލްމުގެ ބައެއް މަންޒަރުތައް ނަގާފައިވާނެ ކަމަށް ފިލްމުގެ އެއް ޕްރޮޑިއުސާ އަޙުމަދު ޝާހު ވިދާޅުވިއެވެ. މި ފިލްމުގެ ޝޫޓިންގް މީގެ 5 އަހަރު ކުރިން ނަގާފައި ވީނަމަވެސް ބައެއް ސަބަބުތަކާ ހުރެ ފިލްމު މެދު ކެނޑުމަށް ފަހު ފިލްމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.

އުނގޫފާރު ޑޮޓްކޮމްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފިލްމުގެ ޕްރޮޑިއުސަރ އަހުމަދު ޝާހު ވިދާޅުވީ މި ފިލްމުގެ ޝޫޓިންގް އުނގޫފާރުގައި ނަގަން ނިންމީ ފިލްމަށް ބޭނުންވާ އެންމެ ފުރިހަމަ ލޮކޭޝަންތައް އުނގޫފާރުގައި ހުރުމުގެ ސަބަބުންނެވެ.

ލޯބީގެ އަސަރު ގަދަ އަދި މުޅިން އަމިއްލަ ވާހަކައަކަށް ބިނާކޮށްފައިވާ މި ފިލްމުގައި ތަރިންގެ ގޮތުގައި ފެނިގެން ދާނީ ޔޫސުފް ޝަފީއު (ޔޫއްޕެ)، ނިއުމާ މުޙައްމަދު، އަބްދުﷲ މުއާޒް(މުއާ)، ފާތުމަތު ފަރީލާ (ފަރީ) އަދި ޒީނަތު އައްބާސްއެވެ. ފިލްމުގެ ސްކުރީން ޕްލޭ ހަދާފައި ވަނީ މަހުދީ އަހުމަދު އަދި އަހުމަދު ޒަރީރެވެ.

އޮލިންޕަހުގައި މި ފިލްމުގެ 10 ޝޯ ދައްކަން ނިންމާފައި ވެއެވެ. އަދި މީގެ އިތުރުން ރާއްޖެ ތެރޭގެ ގިނަ ރަށް ރަށެއްގައި މި ފިލްމުގެ ޝޯތައް ދައްކާ ގޮތަށް ހަމަޖެހިފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close