ކުޅިވަރު

އޭއެސްސީ ސޮކާ ޗެންޕިއަންޝިޕް: ގަރާޖު ސިޓީގެ ކުޅުނު 2 މެޗުންވެސް މޮޅުވެއްޖެ

އަނގޮޅިތީމް ސްޕޯޓްސް ކުލަބް އަދި އަނގޮޅިތީމް ކައުންސިލް އިދާރާ ގުޅިގެން ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތް އޭއެސްސީ ސޮކާ ޗެންޕިއަންޝިޕްގެ ހުޅުދުއްފާރުގެ ގަރާޖު ސިޓީ އަދި ވެންޑިޓާ ބައްދަލު ކުރި މެޗު ގަރާޖު ސިޓީ ކާމިޔާބުކޮށްފިއެވެ.

މި މެޗު ގަރާޖު ސިޓީ ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗު އޮތީ ބުރާސްފަތި ދުވަހު ހަވީރު އަނގޮޅިތީމް ބޯޅަ ދަނޑުގައެވެ.

މެވުގެ ގަރާޖު ސިޓީ ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްފައި ވަނީ ފުރަތަމަ ހާފުގައެވެ. މެޗުގެ ފުރަތަމަ ލީޑް ނަގާފައި ވަނީ ގަރާޖު ސިޓީން މެޗުގެ 11 ވަނަ މިނެޓްގައި ޖޯޒީ ނަންބަރު 19 ޔާސީން އިބްރާހިމް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ގަރާޖު ސިޓީގެ 2 ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 31 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ވެންޑިތާފެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު މި ޕެނަލްޓީ ކާމިޔާބު ކުރީ އެޓީމުގެ ޖޯޒީ ނަންބަރު 7 ހުސެއިން ޝަފީއުއެވެ.

ވެންޑިޓާއިން ލަނޑު ކާމިޔާބު ކުރީ ދެވަނަ ހާފުގެ 31 ވަނަ މިނެޓްގައެވެ. މި ކަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޖޯޒީ ނަންބަރު 11 އަލީ ނާފިއުއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ގަރާޖު ސިޓީގެ ޖޯޒީ ނަންބަރު 11 އަޙުމަދު މުއާޒުއެވެ.

ވެންޑިޓާގެ ދެވަނަ މެޗު އޮންނާނީ މިއަދު ހަވީރު 16:00 ގައި ރަސްގެތީމް ފުޓްބޯޅަ ދަނޑުގައެވެ. މި މެޗުގައި ވެންޑިޓާ ބައްދަލު ކުރާނީ އަނގޮޅިތީމުގެ ސުޕައިޑަރ ސިޓީއާއެވެ.

ގަރާޖު ސިޓިގެ ދެވަނަ މެޗުގައި އިއްޔެ ހަވީރު ބައްދަލު ކުރީ އަނގޮޅިތީމުގެ އަލްހަދީދު އާއެވެ. މި މެޗު 1-0 ކާމިޔާބު ކުރީ ގަރާޖް ސިޓީއެވެ.

ދެ ޓީމުން ވެސް ދާދި ހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ހަމަ އެކަނި ގޯލް ގަރާޖު ސިޓީއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖޯޒީ ނަންބަރު 11 އަހުމަދު މުއާޒުއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ އަހުމަދު މުއާޒުއެވެ.

މި މެޗުން އަލް ހަދީދު ބަލިވި ނަމަވެސް ފުރަތަމަ މެޗުގައި ސްޕައިޑަރ ސިޓީގެ މައްޗަށް އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close