ޙަބަރު

އަލަށްގެނައި އިންޖީނު އިންސްޓޯލް ކޮށް ނިމިއްޖެ

އުނގޫފާރު ކައުންސިލުން ހިންގަމުންދާ އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއަށް ގެނައި 536 ކޭޑަބްލިޔުގެ އިންޖީނު އިންސްޓޯލް ކޮށްނިމިއްޖެއެވެ.

އުނގޫފާރު ޑޮޓްކޮމް އާއަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ނައިބްރައީސް އަލްފާޟިލް އަލީ އައިމަން ވިދާޅުވީ ފަހުންގެނެވުނު 536 ކޭޑަބްލިއުގެ އިންޖީނު މިހާރު އެހުރީ ކަރަންޓް ދޭން ބޭނުންވެއްޖެ ހާލަތެއްގައި ކަރަންޓް ދެވޭވަރަށް އިންސްޓޯލްކޮށް ނިމިފައި ކަމަށެވެ. އިންސްޓޮލޭޝަންގެ ހުރިހައި މަސައްކަތެއްނިމި މުޅިން އަތްދޫކޮށްލެވޭނީ މިހާރު އޯޑަރުދީފައިވާ ޕެނަލްގެ ބައިތަކެއްލިބުމުން ކަމަށެވެ. މިބައިތައްވެސް ކުރިއަށް އޮތް ދެތިންދުވަހެއްގެ ތެރޭގައި ލިބޭނެކަމަށެވެ.

ވަގުތީ އިންސްޓޮލޭޝަން އަކަށް ގޮސްފައި މިވަނީ މިހާރު އުނގޫފާރުގެ ކަރަންޓްގެ ހާލަތު ހުރިގޮތުން ކޮންމެފަދަ ވަގުތެއްގައިވެސް ކަރަންޓް ކެނޑުނަސް ރައްޔިތުންނަށް ދަތިނުވެ ކަރަންޓް ފޯރުކޮށްދެވޭ ގޮތް ހެދުމަށްކަމަށެވެ.

އުނގޫފާރު ރައްޔިތުންގެ ބަޖެޓުން ހަރަދުކޮށެގެން ގެނެސްފައިވާ މިއިންޖީނުގެ އަގަކީ 1.49 މިލިއަން ރުފިއާއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close