ޙަބަރުސިޔާސީ

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ އުނގޫފާރު މީހުންގެ ލިސްޓު ގައި މަރުވެފައި ތިބިމީހުންގެ ނަން އެބަހުރި

8 އޭޕްރީލް 2017 ގައި ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބުގެ ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާމީހުންގެ ނަން ލިސްޓް ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިއްޔެ ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަނުން އާއްމުކޮށްފައިވާ ލިސްޓުގައި ވާގޮތުން މިއިންތިހާބުގައި އުނގޫފާރު ރަށުކައުންސިލަށް މެމްބަރުން އިންތިހާބުކުރުމަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައިވަނީ 1052 މީހުންނަށެވެ.

އިލެކްޝަން ކޮމިޝަނުން އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު އުނގޫފާރު ރަށްޔިތުންގެ ތެރެއިން ނިޔާވެފައިވާ ބައެއްފަރާތްތަކުގެ ނަންތައް އެލިސްޓުގައި ވަނީ ހިމަނާފައެވެ. މިފަރާތްތަކުގެ ނަންތައް ލިސްޓުން އުނިކުރުމުން ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު މަދުވެގެންދާނެއެވެ.

ކޮންމެ ފަރާތަކުންވެސް އެފަރާތެއްގެ ނަން ވޯޓާސް ލިސްޓުގައި އޮތީ ރަގަޅަށްތޯ ޗެކުކޮށްލުމަކީ ފަރުދީ ޒިންމާއެކެވެ. އަދި ލިސްޓުގައި ނަން ނެތްނަމަ ނުވަތަ މައުލޫމާތުގައި މައްސަލައެއް އުޅޭނަމަ އެކަން ރަގަނޅުކޮށް ލިބިފައިވާ ވޯޓު ދިނުމުގެ ހައްޤުގެ ބޭނުން ވިސްނުންތެރިކަމާއެކު ކުރާށެވެ.

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓުންނާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުގައި ޢާންމުކޮށް ފެންނާނެހެން ބަހައްޓާފައިވާއިރު، 1414 އަށް އެސް.އެމް.އެސް ކުރައްވައިގެންވެސް ލިސްޓު ޗެކްކުރެވޭނެއެވެ. އެސް.އެމް.އެސް މެދުވެރިކޮށް ލިސްޓު ޗެކްކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، މެސެޖެއްގައި VR ޖައްސަވައި ހުސް ތަންކޮޅެއް ދޫކޮށްލެއްވުމަށްފަހު އައި.ޑީ ކާޑު ނަންބަރު ޖައްސަވައި 14144 އަށް  އެސް.އެމް.އެސް ކުރެއްވުމުން ލިސްޓު ޗެކްކުރެވޭނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close