ޙަބަރުކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕް 2017 އުނގޫފާރުގައި ބޭއްވުމަށް ހުށައަޅައިފި

މިނިވަން ޗެމްޕިއަންޝިޕް 2017 ރ އަތޮޅު މުބާރާތް އުނގޫފާރުގައި ބޭއްވުމަށް އެދި އުނގޫފާރު ކައުންސިލުން އެފްއޭއެމްއަށް ހުށައަޅައިފިއެވެ. އުނގޫފާރު ކައުންސިލުން މިކަމަށްއެދި ހުށައެޅީ އެފްއޭއެމްއިން މުބާރާތް ބާއްވާނެ ރަށެއްހޯދުމަށް އެދި ހުޅުވާލި ފުރުސަތުގައެވެ. މުބާރާތް ބޭއްވުމަށްއެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހަމަވާނީ މިއަދުއެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ލިބިފައިވާ ގޮތުން އުނގޫފާރު ކައުންސިލުން މިފަހަހަރުވެސް ހުށައެޅީ މިދިޔައަހަރު ހުށައެޅި ޕްރޮޕޯސަލްއާއި އެއްފެންވަރުގެ ޕްރޮޕޯސަލްއެކެވެ.

މިނިވަން ޗެމްޕިއަންޝިޕް 2016 ގެ ރ އަތޮޅު މުބާރާތް ވެސް ބޭއްވުމަށްއެދި އެފްއޭއެމްއިން ފުރުސަތު ހުޅުވާލިއެވެ. ފުރިހަމަ ޕްރޮޕޯސަލް އަކާއިއެކު ރ އަތޮޅުގެ ބައެއްރަށްތަކާއި ވާދަކޮށް އެމުބާރާތް ބޭއްވީ އުނގޫފާރުގައެވެ. އުނގޫފާރުން ޕްރޮޕޯސަލް ކާމިޔާބުކުރުމާއެކު ބައެއްރަށް ރަށުން އެފަހަރު މުބާރާތުން ވަކިވި ކަމުގެ އަޑުފެތުރިގެން ގޮސްފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close