ޙަބަރު

ބްލެކް ޕްރޮޑަކްޝަން އިން އުނގޫފާރު ގޮނޑުދޮށް ސާފުކޮށްފި

ބްލެކް ޕްރޮޑަކްޝަންގެ ފަރާތުން އުނގޫފާރު އުތުރުފަރާތު ގޮނޑު ދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. އިއްޔެ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އުނގޫފާރު އުތުރު ފަރާތުން “ޔުނީކް”ގެ (ހިންނަވަރު މޯޑު) ގެއާއި ދިމާލުން ގޮނޑުދޮށް ސާފުކުރުމުގެ މަސައްކަތެވެ.

އިއްޔެ މެންދުރުފަހުފެށި ސާފުކުރުމުގެ މަސައްކަތް ނިންމާލީ ހަވީރުއެވެ. ހަވީރު މަސައްކަތް  ނިންމާލިއިރު 2 ޖަމްބޯގެ ކުނިވަނީ އެސަރަހައްދުން ޖަމާކުރެވިފައެވެ. ޖަމާކުރެވުނު ކުނި އިއްޔެ އުކާނުލެވުނީ އިއްޔެއަކީ ހުކުރު ދުވަސްކަމަށްވުމާއެކު ކުނިކޮށި ބަންދުވުހަކަށްވާތީއެވެ.

ބްލެކް ޕްރޮޑަކްޝަންގެ ފަރާތުން އުނގޫފާރު ޑޮޓްކޮމްއަށް މައުލޫމާތު ދެއްވަމުން ސާހު އަދި ތޯހާ ބުނީ އެސަރަހައްދު ސާފުކުރުމުގެ ޕްރޮގްރާމް އަންނަ ހުކުރު ދުވަހުވެސް ކުރިއަށްދާނެކަމަށެވެ. އެސަރަހައްދު ސާފުކުރުމުގެ ބޭނުމަކީ ވަރަށް އަވަހަށް އެސަރަހައްދުގައި ކައިވެނި ހަފްލާއެއް ބޭއްވުމަށް ތައްޔާރުވަމުންދާތީ އެކަމަށް އެހީތެރިކަމެއް ދިނުމަށާއި މިހާރަކަށް އައިސް އެސަރަހައްދު ގިނަބަޔަކު ބޭނުންކުރަމުންދާތީ އެތަން ސާފުކޮށް ބޭއްވުމަށް ކުރާ މަސައްކަތުގައި ބައިވެރިވުން ކަމަށެވެ.

ބްލެކް ޕްރޮޑަކްޝަންގެ ފަރާތުން މިސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށްދިޔައިރު ބައެއް ފަރާތްތަކުން ވަނީ މަސައްކަތުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފައެވެ..

ބްލެކް ޕްރޮޑަކްޝަން އަކީ ރާއްޖެޓީވީން ހުޅުވާލާފައިވާ ކުރުފިލްމު ފެސްޓިވަލްގައި ބައިވެރިކުރުމަށް ފިލްމެއްތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ބައެކެވެ. ގިނަ އަދަދެއްގެ ޒުވާނުން ހިމެނޭ ބްލެކްޕްރޮޑަކްޝަންގެ ބައެއް ޓްރެއިލަރ ތައް މިހާރުވަނީ ފޭސްބްކްގައި އަޕްލޯޑް ކޮށްފައެވެ. މިޓްރެއިލަރ ތަކަށް ގިނަބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ.

ބްލެކް ޕްރޮޑަކްޝަން އިން ފޭސްބްކްގައި އާންމު ކޮށްފައިވާ ޓްރެއިލަރގެ މަންޒަރެއް
ބްލެކް ޕްރޮޑަކްޝަން އިން ފޭސްބްކްގައި އާންމު ކޮށްފައިވާ ޓްރެއިލަރގެ މަންޒަރެއް
ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Maihaan Recent comment authors
Maihaan
Guest
Maihaan

Vrh furihama

Close