ޙަބަރުކުޅިވަރު

ފުޓުސަލް ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައިފި

އުނގޫފާރުގައި ތަރައްޤީ ކުރަމުންދާ ފުޓުސަލް ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައިފިއެވެ. ޓާފް އެޅުމުގެ މަސައްކަތް ފެށީ ބުރާސްފަތި ދުވަހުއެވެ.

ޓާފް އެޅުމުގެ މަސައްކަތް ކުރަމުންދާ ފަރާތުން ބުނެފައިވާގޮތުން މިއަދުގެ ނިޔަލަށް ޓާފް އަތުރާ ނިންމާލެވޭނެއެވެ. އެއަށްފަހު އޮންނާނީ ޕިޗްއަށް އަޅަންޖެހޭ ވެއްޔާއި ރަބަރު އެޅުމުގެ މަސައްކަތެވެ. މިސައްކަތްވެސް ކުރިއަށްއޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިންމާލެވޭނެކަމަށް އެފަރާތުން ހާމަކުރިއެވެ.

Futsal ground (1)

ސަރުކާރުން އުނގޫފާރުގައި ކުރިއަށްގެންދާ ސްޕޯރޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން އުނގޫފާރުގައި ހަދާ ފުޓުސަލް ދަނޑުގެ މަސައްކަތް ފަށާފައިވަނީ 11 ޖެނުއަރީ 2016  ގައެވެ.

Futsal ground (2)

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close