ޙަބަރުކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

ޖަމިއްޔަތުއް ސައިފުން އުނގޫފާރު އެފްސީއަށް ޕްރެކްޓިސް ކިޓު ހަދިޔާ ކޮށްފި

މިމަހު 31 ގައި ފެށުމަށް ހަމަޖެހިފައިވާ މިނިވަން ޗެމްޕިއަންޝިޕް 2017 ގައި ވާދަކުރާ އުނގޫފާރު އެފްސީއަށް ޖަމިއްޔަތުއް ސައިފުން ޕްރެކްޓިސް ކިޓު ހަދިޔާ ކޮށްފިއެވެ.

ޕްރެކްޓިސް ކިޓް ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ ބުރާސްފަތި ދުވަހު މެންދުރުފަހު އުނގޫފާރު ޒުވާނުންގެ މަރުކަޒުގައެވެ. އިއްޔެ ދޭއްޖެހިއިރު ބޭއްވި މިރަސްމިއްޔާތުގައި ޕްރެކްޓިސް ކިޓް ހަވާލުކޮށްދެއްވީ ޖަމިއްޔަތުއް ސައިފްގެ ރައީސް އަހުމަދު ނިޔާޒު އާއި ނައިބް ރައީސް ހަސަން އިރުފާންގެ އިތުރުން މުސްތަޝާރު އަބުދުﷲ ރަޝީދެވެ.

އިއްޔެގެ މިރަސްމިއްޔާތުގައި ހަވާލުކުރި ކިޓުގައި 30 ކުޅުންތެރިންނާއި 8 އޮފިޝަލުންނަށް ޖާޒީ އާއި ސޯޓު ހިމެނެއެވެ.

This slideshow requires JavaScript.

މިރަސްމިއްޔާތުގައި ސައިފްގެ ފަރާތުން ވާހަކަ ދެއްކެވި 3 ބޭފުޅުންވެސް ވަނީ ކުރިއަށް އޮތް މުބާރާތުގައި އުނގޫފާރަށް ރީތިނަމާއި ކާމިޔާބީ ހޯދުމަށް ހިތްވަރާއެކު މަސައްކަތް ކުރުމަށް ޓީމުގެ ހުރިހައި ކުޅުންތެރިންގެ ކިބައިން އެދިފައެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އުނގޫފާރު ކައުންސިލްގެ ނައިބްރައީސް އަދި އުނގޫފާރު އެފްސީގެ މެނޭޖަރ އަލީ އައިމަން ވަނީ ސައިފުން މިވެދިން އެހީތެރިކަމަށް ވަރަށްބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ބޮކުރީ Recent comment authors
ބޮކުރީ
Guest
ބޮކުރީ

ސުކުތިއްޔާ ކުލަބް ޔޫތް ސްޓަރ, މިކަން ފަށައިދިނީ އެމީހުން މިދިޔަ އަހަރު, މިކޮމެންޓް ޖަހާނ

Close