ކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

ފުރަތަމެޗު ފަސޭހަ ކަމާއެކު އުނގޫފާރު އެފްސީން ކާމިޔާބުކޮށްފި

މިނިވަން ޗެމްޕިއަންޝިޕް 2017 ރ އަތޮޅު މުބާރާތުގެ ފުރަތަމަ މެޗު އުނގޫފާރު އެފްސީން ކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރު އުނގޫފާރު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅެވުނު މިމެޗު ބައްދަލުކުރީ އުނގޫފާރު އެފްސީ އާއި ރަސްމާދޫ އެފްސީ އެވެ. މިމެޗު އުނގޫފާރު ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި އުނގޫފާރުން ކާމިޔާބުކުރީ ލިބުނު ހިލޭޖެހުމެއްގައެވެ. އުނގޫފާރު އެފްސީގެ 29 ނަމްބަރ މިމްރާހު އަށް ކުރި ފައުލަކަށް ލިބުނު ހިލޭ ޖެހުމުން މިލަނޑު ކާމިޔާބު ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ގާނާގެ ފޯވާޑް އެރޮން އެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ މި ނަތީޖާއިންނެވެ.

ދެވަނަ ހާފުގައި އުނގޫފާރު އެފްސީގެ ދެވަނަ ގޯލް ވެސް ޖަހައިދިނީ އެރޮންއެވެ. އެއީ ރަސްމާދޫ ޓީމުގެ ޕެނަލްޓީ އޭރިޔާތެރެއިން އުނގޫފާރު އެފްސީގެ 29 ނަމްބަރ މިމްރާހު އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުންނެވެ.

މެޗުގެ މެން އޮފް ދަ މެޗުގެ މަޤާމު ހޯދީ އުނގޫފާރު އެފްސީއަށް ދެލަނޑު ކާމިޔާބު ކޮށްދިން އެރޮންއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އުނގޫފާރު ސަޕޯޓަރުން ފޯރީގައި ޓީމަށް ދެމުން ގެންދިޔަ ހިތްވަރާއެކު ދެހާފުގައި ޖެހި ދެލަނޑާއެކު މެޗުނިމިގެން ދިޔައީ 2-0 ން އުނގޫފާރު އެފްސީ މެޗުކާމިޔާބުކޮށް 3 ޕޮއިންޓް ހޯދައިގެންނެވެ. މުބާރާތުގައި މިއަދު ހަވީރު ކުޅެވޭނީ ގްރޫޕް ބީގެ މެޗެކެވެ. މިމެޗުގައި ބައްދަލުކުރާނީ މީދޫ އެފްސީއާއި އަލިފުށީ އެފްސީއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close