ކުޅިވަރުވަގުތުން

މިނިވަން ޗެންޕިއަންޝިޕް 2017 ލައިވް ސްކޯރ: އަލިފުށި އަދި މީދޫ

މިނިވަން ޗެންޕިއަންޝިޕް 2017 ރ.އަތޮޅު މުބާރާތުގެ 2 ވަނަ މެޗުގައި މީދޫ އަދި އަލިފުށި ވާދަކުރާ މެޗުގެ ލައިވް ސްކޯރ އަށް މަރުހަބާ.

މި 2 ޓީމް މިއަދު ވާދަ ކުރާއިރު އަލިފުށި މި މުބާރާތުގައި ވާދަ ކުރަނީ މުޅީން އަލަށެވެ. މި މުބާރާތުގެ ފުރަތަމަ އަހަރު މީދޫ ޓީމް ވަނީ ވާދަކޮށްފައެވެ. މި ދިޔަ މުބާރާތުގައި މީދޫ ބައިވެރި ނުވި ނަމަވެސް މީދޫ މި އަހަރުގެ މުބާރާތަށް ނުކުމެފައި ވަނީ ރާއްޖޭގެ ނިސްބަތުން ފުންނާބު އުސް ކޯޗެއް ކަމުގައިވާ ވިކްޓްރީ ސްޕޯޓްސް ކުލަބްގެ ކޯޗްކަން ވެސް ކޮށްފައިވާ މުޙައްމަދު ޝާޒްލީގެ އިރުޝާދުގެ ދަށުންނެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގެ 2 ކުޅުންތެރިން އެ ޓީމްގައި ހިމެނިފައިވެއެވެ.

އަލިފުށީ ޓީމާ ހަވާލާދީ އަލިފުށީ އޮންލައިންގައި ބުނެފައި ވަނީ މީދޫ ޓީމްގައި ބިދޭސީ 2 ކުޅުންތެރިން ތިބި ނަމަވެސް އެއްވެސް ހާސްކަމެއް ނެތް ކަމަށާއި އެޓީމުން މެޗަށް ފުރިހަމައަށް ތައްޔާރުވެފައި ވާކަމަށެވެ. އަދި އެޓީމަށް މެޗު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ އުންމީދު އޮތްކަމަށް އެޓީމުން ބުނެފައި ވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close