ކުޅިވަރު

ކުޅުންތެރިއަކު މަދުކޮށް ކުޅެ ހުޅުދުއްފާރު ސްކޫލް އަތުން އުނގޫފާރު ސްކޫލް ބަލިވެއްޖެ

ރ.އަތޮޅު ސްކޫލްތަކުގެ މެދުގައި މިހާރު ފެށިގެން ކުރިއަށްދާ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އުނގޫފާރު ސްކޫލް އަދި ހުޅުދުއްފާރު ސްކޫލް ވާދަކުރި މެޗުން ހުޅުދުއްފާރު ސްކޫލް އަތުން އުނގޫފާރު ސްކޫލް ބަލިވެއްޖެއެވެ. އުނގޫފާރު ފުޓުބޯޅަ ދަނޑުގައި ކުރިއަށް ދިޔަ މި މެޗު ހުޅުދުއްފާރު ސްކޫލް ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ލީޑު ނަގާފައިވަނީ އުނގޫފާރު ސްކޫލްގެ ޓީމުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އެޓީމުގެ ހުސެއިން ރިމާޒުއެވެ. އުނގޫފާރު ސްކޫލުން ލަނޑު ޖެހިތާ މާގިނަ އިރެއް ނުވެ ޕެނަލްޓީ އޭރިއާގެ ބޭރުން އުނގޫފާރު ސްކޫލްގެ ކީޕަރު ސަމީރުގެ އަތުގައި ބޯޅަޖެހުނު ކަމަށް ރެފުރީ އަށް ފާހަގަ ކުރެވިގެން ކީޕަރަށް ރަތް ކާޑެއް ދެއްކިއެވެ. އުނގޫފާރު ސްކޫލްގެ ޓީމުން މެޗުގެ ބާކީ ބައި ކުޅުނީ 10 ކުޅުންތެރިންނާ އެކުއެވެ. އުނގޫފާރު ސްކޫލްގެ ގޯލް ބެލެހެއްޓީ އަރިމައްޗަށް ކުޅުނު އަހުމަދު އިފްލާހު ބޭލުމަށް ބަދަލު ކީޕަރުގެ ގޮތުގައި އެރުވި އަހުމަދު ޒިޔާންއެވެ.

1-0 ން އުނގޫފާރު ސްކޫލް ކުރީގައި އޮއްވާއި ހުޅުދުއްފާރު ސްކޫލްގެ ޖޯޒީ ނަންބަރ 29 އިބްރާހިމް މުނާޒު އަދި ޖޯޒީ ނަންބަރ 10 މުޙައްމަދު ފައިޒާން ކާމިޔާބުކޮށްދިން ލަނޑާ އެކު ފަހަތުން އަރާ އެޓީމުން ކުރި ހޯދިއިވެ. ދެވަނަ ހާފުގައި އުނގޫފާރު ސްކޫލްގެ ޓީމަށް ލިބުން ހިލޭ ޖެހުމެއް މުޙައްމަދު ސާއިފް ސީދާ ގޯލްގެ ތެރެއަށް ފޮނުވާލިއެވެ. ނަމަވެސް ނުސީދާ ހިލޭ ޖެހުމެއް ކުޅުންތެރިއެއް ގައިގައި ނުޖެހި ގޯލައަށް ފޮނުވާލާފައި ވާތީ ރެފްރީ ނިންމާފައި ވަނީ އެއީ ލަނޑެއް ނޫން ކަމަށެވެ.

ކުޅުނު 2 މެޗުންވެސް މޮޅު ވުމާ އެކު ހުޅުދުއްފާރު ސްކޫލަށް މި ވަނީ 6 ޕޮއިންޓް ލިބިފައެވެ. ކުރީ މެޗުގައި ހުޅުދުއްފާރު ސްކޫލް ވާދަކުރީ އަލުފުށި ސްކޫލާއެވެ. މި މެޗުވެސް ހުޅުދުއްފާރު ސްކޫލް ކާމިޔާބު ކުރީ 2-1 ކުންނެވެ.

މި މުބާރާތުގައި އުނގޫފާރު ސްކޫލް ދެން ވާދަ ކުރާނީ އަލިފުށި ސްކޫލާއެވެ. މި މެޗު އޮންނާނީ މެއި 1 ވާ ހޯމަ ދުވަހު އުނގޫފާރު ފުޓުބޯޅަ ދަނޑުގައެވެ. އުނގޫފާރު ސްކޫލް ކުޅުނު ފުރަތަމަ މެޗުގައި ވަނީ ރ.އަތޮޅު މަދަރުސާއާ ވާދަކޮށް 2-0 ން ބަލިވެފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close