ޙަބަރު

ޔޫތު މިނިސްޓަރ އިރުތިޝާމް ރ.އަތޮޅަށް ވަޑައިގެންފި

މިނިސްޓަރ އޮފް ޔޫތު އިރުރިޝާމް އާދަމް މިއަދު ރ.އަތޮޅަށް ވަޑައިގެންފިއެވެ. ރ.އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި މިނިސްޓަރ އިރުތިޝާމް ފުރަތަމަ ވަޑައިގަތީ އިފުރު އެއާޕޯޓުން ރ.ވާދޫ އަށެވެ.

ރ.ވާދޫ އަށް މިނިސްޓަރ ކުރެއްވި ދަތުރުގައި ސަރުކާރުގެ ސްޕޯޓްސް އެރީނާ މަސްރޫއު ތަކުގެ ދަށުން ފޮނުމަތް ކާޕެންޓްރީ އާ ހަވާލުކޮށްގެން ރ.ވާދޫގައި ގާއިމު ކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވިއެވެ. މި ރަސްމިއްޔާތުގައި އަންހެން 2 ޓީމް މެދުގައި އަދި ފިރިހެން 2 ޓީމުގެ މެދުގައި 2 ފުޓްސަލް މެޗު ކުޅެފައިވެއެވެ. ފިރިހެނުންގެ ފުޓްސަލް މެޗުގައި ވާދަ ކުރީ ރ.އުނގޫފާރު ޒުވާނުންގެ ތެރެއިން ނެގުނު ޓީމަކާއި ވާދޫ މުއައްސަސާ ތަކުގެ ތެރެއިން ނަގާފައިވާ ޓީމެކެވެ. އަންހެނުންގެ ފުޓްސަލް މެޗުގައި ވާދަ ކުރީ ވާދޫ މުއައްސަސާ ތަކުގެ ތެރެއިން ނެގުނު ޓީމަކާއި ރަށުގެ އަންހެން ކަނބަލުންގެ ތެރެއިން ނެގުނު ޓީމެކެވެ.

ފޮޓޯ: ޔޫތު މިނިސްޓްރީ
ފޮޓޯ: ޔޫތު މިނިސްޓްރީ

ވާދޫ ފުޓްސަލް ދަނޑުގެ އިތުރުން އެރަށުގައި އިމާރާތް ކުރި ޔޫތު ސެންޓަރ ވެސް މިނިސްޓަރ ހުޅުއްވައިދެއްވިއެވެ. މި ދަތުރުފުޅުގައި ވާދޫގެ މުވައްސަސާ ތަކުގެ އިސްވެރިންނާ މިނިސްޓަރ އިރުތިޝާމް ބައްދަލުކުރެއްވިއެވެ. ވާދުއަށް އެކަމަނާ ދެން ވަޑައިގެންނެވީ އުނގޫފާރަށެވެ. އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅުގައި މިނިސްޓަރ އިރުތިޝާމް އުނގޫފާރުގެ ޒުވާނުންނާ މިރޭ ބައްދަލު ކުރައްވާނެއެވެ.

futsal 2

މި ދަތުރުފުޅުގައި މިނިސްޓަރ މާދަމާ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ ރ.މާކުރަތަށެވެ. އަދި މި ދަތުރުފުޅުގައި މާދަމާ މާކުރާތުގައި އިމާރާތް ކުރި ޒުވާނުންގެ މަރުކަޒު ރަސްމީކޮށް ހުޅުއްވައި ދެއްވާ ގޮތުގައި ހަމަޖެހިފައި ވެއެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close