ޚަބަރު

އެންމެން ގުޅިގެން ބާއްވާ ބޮޑު މާހެފުން އަންނަ ބުދަދުވަހުގެ ރޭ

ބަރަކާތްތެރި ރަމަޞާން މަހަށް މުޅި މުސްލިމް އުންމަތް ތަައްޔާރުވަމުން ދާ އިރު ރަމަޞާން މަހާ ބައްދަލު ވުމުގެ އުފާ ފާހަގަ ކުރުމުގެ ގޮތުން އާދަކާދައެއްގެ ގޮތުން މާހެފުމަކީ ދިވެހިރާއްޖޭގެ ކަންކޮޅު ތަކުގައި ކުރިއަށްދާ އެންމެ ޙާއްސަ އެއް ކަމެކެވެ. މި ގޮތުން އެހެން ފަހަރުތަކޭ އެއްފަދައިން އުނގޫފާރުގެ ހުރިހާ ރައްޔިތުން ގުޅިގެން ބޮޑު މާހެފުމެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ފަހަރުގެ މާހެފުން އިންތިޒާމުކޮށްފައި ވަނީ އުނގޫފާރުގެ ހުރިހާ މުއަައްސަސާތަކާ ގުޅިގެން އުނގޫފާރު ޕޮލިސްޓޭސަނުންނެވެ. މި މާހެފުން ބާއްވާ ގޮތަށް ހަމަ ޖެހިިފައި ވަނީ 24 މެއި ވާ ބުދަދުވަހުގެ ރޭ 20:30 ގައި އުނގޫފާރު ޒުވާނުންގެ މަރުކަޒުގައެވެ.

މި ބޮޑު މާހެފުމަށް އުނގޫފާރުގެ ކުދި ބޮޑު އެންމެންނަށް ދައުވަތު އަރުވާފައިވެއެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close