މުނިފޫހި ފިލުވުން

ބިރުވެރި ވާހަކަ: ކާފަ

މިއީ ހަގީގީ ހާދިސާއެއްގެ އަސްލަކަށް ބަލައިގެން މިކަން ދިމާވި ކުއްޖާ ކިޔާދިންގޮތަށް ލިޔެފައިވާ ވާހަކައެކެވެ. މީގައި ހިމެނޭ މީހުންގެ ނަންތައް ވާނީ ބަދަލްކޮށްފައެވެ.

އަހަރެންގެ ދަރިފުޅު އަހަރެން ހޭލައްވާލީ ރޭގަނޑު ގަޑިން 11:50 ވީތަނާ އެވެ. އާނއެކެވެ. މެންދަމުގެ އެގަޑީގައެވެ. އާންމުކޮށް މިއީ އަހަރެން ހޭލާ އުޅޭ ގަޑިއެއްނޫނެވެ. އަހަރެން ސިއްސައްސައިގެން ދިޔައީ އަހަރެންގެ ދަރިފުޅު ފެނުމުންނެވެ. އަހަރެންގެ އަންހެނުން އެމަންޖެ ނިންދަވާނީ އެމަންޖެގެ ކޮޓަރީގައި ވާހަކަ ކިޔާލަ ދީދީ އިނދެގެންނެވެ. އޭނާ ނިދުނީމާ އޭނާގެ ގައިމަތީ ރަޖާ އަޅާދީފަ އޭސީ ވަކި މިނެކަށް ސެޓް ކޮށްފަ އަންނަނީ އަހަރެމެން ނިދާ ކޮޓަރިއަށެވެ. މިއީ ކޮންމެ ރެއަކުގެވެސް އާދައެވެ. ސެލީ, އަހަރުމެންގެ ދަރިފުޅު އަހަރުމެން ކޮޓަރިއަށް އައިނައި ގަޑިއެއްވެސް ނޭނގި އެއޮތީ އައިސް އަހަރެމެން ދެމީހުންގެ މެދުގައިވާ ހުސްތަންކޮޅުގައި އޮށޯވެއެވެ. ދެން ބުނާނީ ކީކޭބާވައެވެ. މިއީ ދަރިއެވެ. އެވެސް ހުރިހަމައެކަނި ދަރިއެވެ. ލޯބިން އަހަރެން ދަރިފުޅު ގައިގާ ބައްދާލަމުން އަހަރެންގެ ލޯމެރޭތޯ މަސައްކަތް ކުރީމެވެ.

“ބައްޕާ” ވަރަށް ފާޑެއްގެ އަޑަކުން ސެލީ އަހަރެންނަށް ގޮވާލާފަ އަހަރެންގެ ހެދުންތެރެއަށް އޭނާގެ ކުޑަކުޑަ އަތް ލައްވާލިއެވެ. ތެޅިގެންފައި އަހަރެން އެއަތް ނަގާ ހެދުމުން ބޭރަށް ލީމެވެ. އަދި ސައިޑަކަށް ވާގޮތަށް އިށީނީމެވެ. އާދަޔާ ޙިލާފަށް އެއަތް ވަރަށް ހޫނެވެ. އެކަމަކު ހަށިގަނޑު ވަރަށް ފިނިއެވެ. އަހަރެންގެ ނިދިވެސް ހަލާކުވި ކަހަލައެވެ. އަހަރެންނަށް ތެޅިގަނެވުނު ގޮތުން އަހަރެންގެ އަނބިމީހާ މުޒްނާ ވެސް ހޭލެވުނެވެ. އަދި ހައިރާންވެފަ އެއްފަހަރު ސެލީއަށް އަނެއްފަހަރު އަހަރެންނަށް ބަލާލާފަ ބޯހޫރާލަމުން އަނެއްފަރާތަށް އެނބުރިލާފަ ހިމޭންވިއެވެ. އޭނާގެ ނިދުނީ ކަންނޭގެއެވެ. ގުޑާވެސް ނުލިއެވެ. އޭނާ އޮތީ ދެބަދޭތެރޭގައި ކަން އަހަރެންނަށް އިޙްސާސްވިއެވެ. އެހެންނޫންނަމަ ސެލީ އެތަނަށް އައީ ކޮންއިރަކުތޯ އޭނާ ސުވާލު ކުރާނެކަން ގައިމެވެ. އަހަރެން ސެލީގެ ހޫނު އަތާއި ބެހޭގޮތުން އެއްވެސް އެއްޗެކޭ ނުބުނަމެވެ. އަނެއްކާވެސް އަހަރެން އޮށޯތީއެވެ. އިރުކޮޅަކުން ސެލީގެ ގައިގާ ހިފަހައްޓާލައިގެން އަހަރެންގެ ލޯވެސް މެރެން އުޅުނެވެ. މުޒްނާ އަށް މާބޮޑު ކަމެއް ނޫނެވެ. ނުނިދިފަ މިއޮތީ އަހަރެންނެވެ. ސެލީ އެނދުގައި ފުރޮޅި ހަދާތީއެވެ. ގޮތްނޭނގޭ ސެލީގެ އަތާއި ހެދިއެވެ. ސެލީއަށް ހީވަނީ އަދި ކިރިޔާ ރޭގަނޑު ވީހެންނެވެ. އެނބުރި އެނބުރިފަ ކޮންމެވެސް ވާހަކަ ތަކެއްވެސް ދައްކަމުން ދިޔައެވެ. ނިދި އައިސްފައި ހުރިވަރުން އޭނާ ކިޔާ ނުކިޔާ އެއް އަހަރެންނަކަށް ނޭނގުނެވެ. ދޭތެރެއަކުން މުޒްނާ ހޫނއެއް އަޅުވާލާހެން އަހަރެންނަށް ހީވިއެވެ.

“އަލްހާނު ބޭބީ މިރޭ ހީވާގޮތުން އެކަކަށްވެސް ނިދިޔަ ދޭން އުޅޭހެނެއް ހީއެއްނުވޭ” މުޒްނާ ރުޅިވެރިކަމާއެކު ބޯއުފުއްލާފަ ބުނެލިއެވެ.

“ޑޭޑީ އަޅުގަނޑު ވާނީ ކިތަށް އަހަރުތަ މިއަންނަ މަހު” ސެލީ ހަމަ ސީދާ އަހަރެންގެ މޭމަތީ ދެފަރާތަށް ފައިލާއިގެން އަހަރެންގެ މޫނުގައި ހިފައިގެން އިށީނދެ އިނދެފަ އަހާލިއެވެ. އަހަރެން ސެލީނަގާ ކާރީގަ ބާއްވާލީމެވެ.

“ނޭނގެ ބޭބީ މިދެން ކޮންގަޑިއެއް …ނިދާބަލަ” ސެލީގައިގަ އަހަރެން ބައްދާލަމުން އަނެއްކާވެސް ނިދަން ލޯމަރާލީމެވެ. އެކަމަކު ނިދިވަނީ އަހަރެންގެ ލޮލާއި އެހާ ކައިރިޔަކު ނޫންކަން އަހަރެންނަށް އެނގެއެވެ.

“ޑޭޑީއަށް އިނގޭތަ އަޅުގަނޑު ވަން ޒީރޯ ޒީރޯ ނައިން އަހަރު ވާނެ މިއަންނަ މަހު” ސެލީގެ މިވާހަކައިން އަހަރެން ހޭންވީކަމެއް ރުޅިއަންނަންވީކަމެއް އަހަރެންނަށް ނޭގުނެވެ. އެއީ ދަރިފުޅުގެ ޅަ ބަހުރުވައެވެ. ކޮންމެ ދުވަހަކު އެތައްނަމްބަރެއް އަހަރެން އެދަރިފުޅަށް ދަސްކޮށްދެމެވެ. އަހަރެންނަކީ ހިސާބު ޓީޗަރަކަށް ވީމާ ގޭގަވެސް ގިނަވާނީ ހިސާބު ފޮތްތަކެވެ.ދަރިފުޅު ކުޅެންވެސް ގެންގުޅެނީ ނަމްބަރުތަކެވެ. މިއޮތީ އޭގެ ނަތީޖާއެވެ.

“ދަރިފުޅު ދެން ނިދާބަލަ ޑެޑީ މާދަމާ ސުކޫލަށް ވެސް ދާންޖެހޭނެ” ގޮތް ހުސްވެގެން އަހަރެން ދަރިފުޅުކާރީ އާދޭހުގެ ރާގެއްގައި ބުނީމެވެ.

އެވަގުތު ރޭގަނޑު ގަޑިން ދޭއްޖެހީކަން ބޭރުގަ ސިޓިންރޫމްގައި ހުންނަ ގަޑިން އިއުލާން ކުރިއެވެ. އެއީ އަހަރެން މެންދުރު ދޭކަށް ކުރި އެލާމް އެވީ މެންދަމު ދޭކަށެވެ. އޭތި ބަދަލް ކުރަން ހަނދާން ނެތުނީއެވެ. މުޒްނާވެސް ތެޅިގެންފައި ހޭލެވުނެވެ. އަދި ހައިރާންވެފަ އަހަރެމެން ތިބި ފަރާތަށް އެނބުރުނެވެ
.
“ޑޭޑީ…ޑޭޑީ.. ކާފަ ކާފަ އެނދު ތަންދޮށުގައި އެބައޮތް ޑޭ.. ޑޭޑީ” މިހެން ކިޔާފަ ކުޑަކުޑަ ސެލީ އަހަރެންގެ އަތުގެ ތެރެއަށް ވަނެވެ. އެހަޅޭކުގެ އަޑާއިއެކު މުޒްނާވެސް ބިރުގެންފައި ވަށައިގެން ހޯދާލަމުން އަހަރެންގެ އަތުގެ ތެރެއަށް ވަނެވެ.

ސެލީއަށް އަހަރެންގެ ބައްޕަ، ސެލީގެ ކާފަ ފެނިފައި ހުންނާނީ ސެލީ ވަރަށް ތުއްތު އިރުއެވެ. އެއްގޮތަކަށްވެސް އެއީ ސެލީ ހަނދާން ހުންނާނެ ޢުމުރެއެއްނޫނެވެ. އަހަރެންގެ ބައްޕަ ނިޔާވީ މީގެ ފަސް އަހަރު ކުރިންނެވެ. ސެލީގެ ޢުމުރުން މިހާރު ހަތަރުއަހަރެވެ. އަހަރެން ބައްޕަ ދެކެ ވަރަށް ލޯބިވެއެވެ. މުޅި އާއިލާގަވެސް ބައްޕަވެސް އެންމެ ލޯބިވަނީ އަހަރެން ދެކެއެވެ. އަހަރެންގެ ބައްޕަ ނިޔާވުމާއެކު އަހަރެން ބައްޕަގެ ހަނދާނުގައި ބައްޕަ ހުދުގަމީހެއް ލައިގެން ނަގާފައިވާ ފޮޓޯއެއް ބައްޕަގެ އިސްކޮޅު ހުންނަވަރަށް ބޮޑު ކުރީމެވެ. އަދި ގޭގެ ސިޓިންރޫމުގައި ހަރު ކޮށްލީމެވެ. ދުރުން ފެންނަ މީހަކަށް ހީވަނީ ބައްޕަ ހުއްޓި ހުރިހެންނެވެ. އެހާވެސް އެފޮޓޯ އަސްލާއި އެއްގޮތެވެ. މިކަމާ މަންމަޔާ އަހަރެންގެ އެކުވެރިން ވަރަށް ފާޑު ކިޔާހެދިއެވެ. ތަސްވީރު ހުންނަތަނަކަށް މަލާއިކަތުން ކުއްތަންނުވާނެއޭ އެތަނެއްގައި ކުރާ ނަމާދުވެސް ކަމަކު ނުދާނެއޭ މަންމަ ބުންޏެވެ.

“ޑޭޑީ.. ކާފަ ފުއްޖަހައިގެން އަންނަނީ.. ކޮއްކޮ ކާރިޔަށް.. ކޮއްކޮ ސަލާމަތްކުރޭ…”
ރޮމުން ހަޅޭއްލަވަމުން ސެލީ އަހަރެންގެ އަތުގެ ތެރެއަށް ބޮޑަށް ވަންނަމުންދިއައެވެ.

ކުރީދުވަހެއްގަވެސް ސެލީ އަހަރެން ސުކޫލުން ގެއަށް އައިތަނާ ކާފަ އައޭ ބުންޏެވެ. އާނ ރަގަޅޭ ކިޔާފަ އަހަރެމެން ސެލީގެ އެވާހަކަޔަށް ސަމާލުކަމެއް ނުދެމެވެ. ވަރަށް ގިނަފަހަރު ސެލީ ކާފަޔާ ވާހަކަ ދައްކަން އެކަނި އިންނަތަން އަންހެނުންނަށް ފެނެއެވެ. ގޭތެރޭގެ މަސައްކަތުގައި އުޅޭއިރު ސެލީ ކާފަގެ ފޮޓޯ ކާރީ މަޑުން އިންނާތީ މުޒްނާއަށްވީ އެއީ ވަރަށްބޮޑު ފަސޭހަޔަކަށެވެ. އަދި އިރު އިރުކޮޅުން ސެލީ އައިސް ކާފަ ބުންޏޭ ކިޔާފަ އައިސް ސެލީ ބުނާ ވާހަކަތަކަށް މުޒްނާވެސް ޖަވާބުދެއެވެ. ހީވާގޮތުން އެދެމީހުންގެ ދޭތެރޭގައި މެސެޖް ބަދަލްކުރެވިގެން ދަނީއެވެ. ގޮތްނޭނގޭ ގޮތުގައެވެ. ސެލީ ދައްކަނީ ކޮންވާހަކައެއްކަމެއްވެސް ނޭނގި ފޯނުގައި އިނދެގެން މުޒްނާ އާއެކޭ ބުނެއެވެ.

“ޑޭޑީ.. ކާފަ ފުއްޖަހައިގެން އަންނަނީ.. ކޮއްކޮ ކާރިޔަށް.. ކޮއްކޮ ސަލާމަތްކުރޭ…” އަނެއްކާވެސް ސެލީ ހަޅޭއްލަވަމުންދިޔައެވެ.

މުޅިގޭތެރޭގައި ރެނދަން ކަހަލައެއްޗެއްލަމުން ދިޔައެވެ. ތަންތަން ކޮޅުން އަލިވަމުންނެވެ. ގަބުރުތަކެއް ފެންނަމުންނެވެ. ކުއްލިއަކަށް މުޒްނާ ތެދުވިއެވެ، އަދި ހުރިދިމާލުން މައްޗަށް އަރަންފެށިއެވެ.

“އަލްހާން އަހަރެން ސަލާމަތްކުރޭ..” އެހެން ބުނުމާއެކު މުޒްނާގެ އަޑު ކެނޑުނެވެ. ސެލީވެސް އަހަރެންގެ އަތުން ދޫވެ މާދުރަށް ވިއްސައިގެން ދިޔައެވެ. ކުރާނެ ނުކުރާނެ ކަމެއް އަހަރެންނަށް ނޭގުނެވެ. ކުރުސިވެސް ހިތަކުން އަހަރެންނަށް ނޭނގެއެވެ. އަހަރެންނަކީ އެއްގޮތަކަށްވެސް ނަމާދު ކުރާމީހެއް ނޫނެވެ. މިއަދު ހަގީގީ ލޮލަށް މިކަންތަށް ފެނުމުން ބިރުގަނެއެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ މަންމަ އެގެޔަށް އައިސް ކިޔަވަން ގެންގުޅޭ ހަތިމެވެ. އެހަތިމް އޮތީ އަހަރެން އިން އެނދާއި މާދުރުނޫން ހިސާބެއްގައެވެ. އެކަމަކު އަހަރެން ވަނީ އެނދުގައި ތައްލަވާފައެވެ. ގުޑި ނުލެވުނެވެ. ސެލީ މަޑުމަޑުން ތެދުވިއެވެ. އަހަރެން ހަތިމަށް އިޝާރާތް ކުރީމެވެ. ސެލީއަށް އެނގޭނެ ކަމަކަށް ނޫނެވެ. އޭރުވެސް މުޅިގޭތެރެވަނީ ފާޑަކަށް އަލިވެފައެވެ.

“އެންމެން ބުންޏެއްނު ފޮޓޯ ގޭގައި ނުޖަހާށޭ.. ކަލޭ ކީއްވެ އަޑު ނޭހީ” ބިރުވެރި އަޑެއް އަހަރެން އިން އެނދުގެ ތަންދޮށުން އެރިއެވެ. “ކަލޭ ކީއްވެ ނަމާދު ނުކުރަނީ” އަނެއްކާވެސް އެބިރުވެރި އަޑު އައެވެ. ހަމަ އެނދު ތަންދޮށުންނެވެ. އެވަގުތު އަހަރެންނަށް ކިޔުނީ ﷲ އަކްބަރު ﷲ އަކްބަރު އެވެ. އަހަރެން ތަތްލަވާފައިވާތަނުން އަހަރެން ސަލާމަތްވިއެވެ. ކުޑަކުޑަ ސެލީ އެވަގުތު ހަތިމް ނަގާފަ އަހަރެންނާއި ދިމާލަށް އަންނަތަން އަހަރެންނަށް ފެނުނެވެ. އަހަރެން ފުންމާފަ އަރާ ސެލީއަތުން ހަތިމް އަތުލީމެވެ.

އަދިއެވަގުތު ފަންކާ ބާރަށް އެނބުރެންފެށިއެވެ. އަހަރެން އެއްއަތުން ސެލީ ނަގައިގެން ދުވެފަ ކޮޓަރިން ނިކުތީމެވެ. އޭރު މުޒްނާ އޮތީ ބައްޕަގެ ފޮޓޯ ކާރިޔަށް ވެއްޓިފައެވެ. އަހަރެން މުޒްނާ އާއި ކާރިވެލީމެވެ.

“ބުނީމެއްނު މިރޭ އަހަރެން އަންނާނަމޭ” އަހަރެންގެ ބައްޕަގެ އަޑުން މުޒްނާ ވާހަކަދެއްކިއެވެ. އެވަގުތު ފާރުގައި ހުރި ޕޮޓޯތަށް ތެޅެމުން ދިޔަތަނާއި މުޒްނާގެ އިސްތަށިގަނޑު މައްޗަށް އަރަމުން ދިޔަތަން އަހަރެންނަށް ފެނުނެވެ. އަހަރެން ސެލީއާއިއެކު ގެއިން ބޭރަށް ނިކުތީމެވެ. ބަގަރާ ސޫރަތް ކިޔަންފެށީމެވެ. އެހިނދުކޮޅު މުޅިތަން ހިމޭންވެގެން ދިޔައެވެ. މުޒްނާވެސް ވެއްޓުނެވެ. ބައްޕަގެ ޕޮޓޯކާރިޔަށެވެ. ހަތިމް ކިޔަވަމުންއަހަރެން ސެލީ ކޮބާތޯ ބަލާލީމެވެ. ސެލީ ފެންނާނަކަށް ނެތެވެ. އަހަރެން ހަތިމް ކިޔަވަމުން އެތެރެއަށް ސެލީ ނިދާ ކޮޓަރި ކައިރިޔަށް ދިޔައީމެވެ. އަދި ބޮކި ދިއްލާލީމެވެ. އާއެކެވެ. ސެލީ ހަމަ އަބަދުވެސް ނިދާގޮތަށް ނިދާފަ އޮތެވެ. އެވަގުތު ބަންގީގެ އަޑު އިގެންދިޔައެވެ. ފަތިސް ނަމާދު ބަންގީގެ އަޑެވެ. މިއަދު އެއަޑުވެސް އެވީ އަހަރެމެންނަށް ރަހްތަމަތަކަށެވެ. އަދިވެސް އަހަރެން ބަގަރާ ސޫރަތް ކިޔަވަމުން އިށީނީމެވެ. އަލިވިލެންދެންނެވެ. މުޒްނާ އެނދަށް ނިދަން އައީ ކޮންއިރަކު ކަމެއް ނޭނގުނެވެ. ގައިމުވެސް އަހަރެން މުޒްނާ ވަދެގެން އައިތަނެއް ނުދެކެވެ. އަހަރެން އެކޮޓަރިއަށް ދިޔައިރު މުޒްނާވެސް ރީތިކޮށް ނިދާފަ އޮތެވެ. އެއްވެސް ކަމެއް ވިހެނެއް ހީއެއް ނުވެއެވެ. ކުރިން ވެއްޓިގެން ތަޅައިގެންދިޔަ އެއްވެސް އެއްޗެއް ތެޅިފަ ވެއްޓިފަވެސް ނެވެ. އާއެކެވެ. އަހަރެންނަށް ހަތިމް ނެގުނީވެސް އަމިއްލަޔަށެވެ. އަވަހަށް ވުޝޫކޮށްގެން އަހަރެން ފަތިސް ނަމާދު ކޮށްލީމެވެ. އެއީ އަހަރެންނަށް ފެނުނު ހުވަފެނެކެވެ. މިވަހަކަ އަހަރެން މުޒްނާ ކާރީވެސް ނުދައްކަމެވެ. އެކަމަކު ހަމައެދުވަހު އަހަރެން ބައްޕަގެ ފޮޓޯއެތަނުން ނެގީމެވެ. އަދި ގޭގެ ހުރިހާ ދިމާލެއްގައި ކުރުސީގެ ފޮޓޯ ހިތްޕާލީމެވެ. މުޒްނާވެސް ނަމާދު ކުރަންފެށިއެވެ. އަދި ދަރިފުޅު ލައްވާވެސް މިހާރު ނަމާދުކޮށް ގުރުއާން ކިޔަވައެވެ. އެކަމަކު އަހަރުމެން މިހާރު އެއްވެސް ސޫރަ ހުރި ފޮޓޯއެއް ނުގެންގުޅެވެ.
(ނިމުނީ)

ޓެގް
އިތުރަށް ވިދާޅުވުމަށް

ރޯޒީ ޝަރީފް

ރޯޒީ އަކީ ތަފާތު އެކި އޮންލައިން ނޫސްތަކަށް ލިއުންތައް ލިއުއްވަމުން އަންނަ ކުޅަދާނަ ލިއުންތެރިއެކެވެ. ރޯޒީ ފާހަގަ ކޮށްލެވެނީ މުނިފޫހި ފިލުވުމުގެ ދާއިރާއިން ހިއްގައިމު ވާހަކަތަކެއް ކިއުންތެރިންނަށް ގެނެސް ދެމުންދާ ލިއުންތެރިއެއް ގޮތުގައެވެ. މީގެ އިތުރުން ފެޝަން އަދި ބިއުޓީގެ ދާއިރާ އަދި ސިއްހީ ދާއިރާއިން ތަފާތު ލިއުންތައް ލިއުއްވައެވެ. ރޯޒީ އަކީ ބިއުޓީ ތިރަޕީގެ ދާއިރާއިން މާސްޓަރސް ހައްދަވާފައިވަ ސެޓިފައިޑް ބިއުޓީ ތިރަޕިސްޓެކެވެ.

ގުޅޭ ލިއުންތައް

avatar
9 Comment threads
4 Thread replies
0 Followers
 
Most reacted comment
Hottest comment thread
13 Comment authors
SazuLoqtasOdosKdke...ks Recent comment authors
Loqtas
Guest
Loqtas

Is this a real story or gust a mad story

Kdke
Guest
Kdke

I don’t like

Odos
Guest
Odos

He

...ks
Guest
...ks

Not good😡

maahaa
Guest
maahaa

salhi vaahakaeh keep it up……….

Hana
Guest
Hana

Vvarah reethi

Hameedh
Guest
Hameedh

Haadha fuhpaey

Hameedh
Guest
Hameedh

Hama jehey

Hameedh
Guest
Hameedh

Selliy Kuda iru bahppa fennani ekamaku bahppa niyaavithaa 5 aharu selliy ah mihaaru 4 aharu

my
Guest
my

yaaaaaaaa

Sazu
Guest
Sazu

😕😕

Imsha
Guest
Imsha

Salhi vaahaka eh. Keep it up😇👍

jama
Guest
jama

sukun thakah salaam

ކިޔާލުން ރަނގަޅު

Close
Close