ޚަބަރު

އުނގޫފާރުގަައި ޤާރީ ކޯސް ލެވެލް 1 އަދި 2 މިއަދު ފަށައިފި

ފުނޫނުލް ޤުރްއާން, އިންސްޓިއުޓް އޮފް ހޮލީ ޤުރްއާން, ޖަމިއްޔަތުއް ސައިފް އަދި އުނގޫފާރު ކައުންސިލް ގުޅިގެން އުނގޫފާރުގައި ކުރިއަށް ގެންދާ ޤާރީ ލެވެލް 1 އަދި ލެވެލް 2 ކޯސް މިއަދު ފަށައިފިއެވެ.

މި ކޯސްތައް އިފްތިތާހުކޮށް ރަސްމީކޮށް ފައްޓަވާފައި ވަނީ ރޭ ޖައްމިއްޔަތުއް ސައިފު މަރުކަޒުގައި ބޭއްވި ޙާއްސަ ޖަލްސާއެއްގައެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މި ކޯހުގައި ކިޔަވައި ދެއްވާ އަދި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ މުދައްރިސް އަލްއުސްތާޒް ހުސެއިން ރަޝީދު ވިދާޅުވީ މި ކޯސްތައް އުނގޫފާރުގައި ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ކީރިގި ޤުރްއާން އާ މެދު ދަރިވަރުންގެ ހިތުގައި ލޯބި ޖައްސަވާ ރީތިކޮށް ޤުރްއާން ކިޔެވުމަށް ދަރިވަރުން އަހުވެރި ކުރުވުމެވެ.

އުނގޫފާރުގައި ފަށާ ޤާރީ ކޯސް އިފްތިތާހު ކުރުމަށް ބޭއްވި ހަފުލާ – ފޮޓޯ: މުޙައްމަދު ޝާހު
އުނގޫފާރުގައި ފަށާ ޤާރީ ކޯސް އިފްތިތާހު ކުރުމަށް ބޭއްވި ހަފުލާ – ފޮޓޯ: މުޙައްމަދު ޝާހު

ފުނޫނުލް ޤުރްއާން, އިންސްޓިޓިއްޓް އޮފް ހޮލީ ޤުރްއާން, ޖަމިއްޔަތުއް ސައިފް އަދި އުނގޫފާރު ކައުންސިލް ގުޅިގެން މީގެ ކުރިން ވަނީ އުނގޫފާރުގައި ޤާރީ ކޯސް ލެވެލް 1 ކުރިއަށް ގެންގޮސް ކާމިޔާބު ކަމާއެކު މި ކޯސް ނިންމާލަފައެވެ.

އުސްތާޒްގެ ވާހަކަފުޅުގައި ފާހަކުރެއްވި ގޮތުގައި ފުރަތަމަ ބުރުގައި ލެވެލް 1 ކަށް ވަރަށް ބޮޑު ތަރުހީބެއް އުނގޫފާރުން ލިބިގެން ގޮސްފައި ވެއެވެ. އަދި އެ ކޯހުން 90 އިންސައްތައަށް ވުދެ މަތިން ދަރިވަރުން ފާސްވެފައިވެއެވެ. އުސްތާޒް ހުސެން ރަޝީދު ވިދާޅުވި ގޮތުގައި ކުރީފަހަރުގައި ލިބުނު ތަރުހީބަށް ބަލާފައި މިފަހަރު ފަށާފައި ވަނީ ލެވެލް 1 އަދި 2 އެއްކޮށެވެ. އަދި ކުރިއަށް އޮތް ތަނުގައި ލެވެލް 3 ވެސް ފެށިގެން ދާނެ ކަމަށް އޭނާ އުންމީދުކުރައްވައެވެ.

އުނގޫފާރުގައި ފަށާ ޤާރީ ކޯހުގައި ބައިވެރިވާ ދަރިވަރުން – ފޮޓޯ: މުޙައްމަދު ސާހް
އުނގޫފާރުގައި ފަށާ ޤާރީ ކޯހުގައި ބައިވެރިވާ ދަރިވަރުން – ފޮޓޯ: މުޙައްމަދު ސާހް

ޤާރީ ލެވެލް 1 އަދި 2 ފުރިހަމަ ކުރާ ދަރިވަރުންނަށް މޯލްޑިވްސް ނެސަނަލް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލްކުރާ ސެޓްފިކެޓެއް ލިބިގެންދާނެ އެވެ. އަދި މި ކޯސްތައް ފަރުމާ ކުރެވިފައި ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލެވޭ ގޮތަށެވެ.

ޤާރީ ލެވެލް 1 އަދި 2 ގެ ކުލާސްތައް މިއަދު ފެށިގެން ކުރިއަށް އެބަދެއެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
2 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
2 Comment authors
Afeefa yoosufحسين Recent comment authors
Afeefa yoosuf
Guest
Afeefa yoosuf

Gaaree coahuga adhives furusathu eba oiy tho

حسين
Guest
حسين

ماشاءالله

Close