ސައިންސް

މައިކްރޯސޮފުޓުން ކުރިއަށް އޮތް 3 އަހަރު ތެރޭ ޑީއެންއޭގައި ޑޭޓާ ރައްކާކުރަނީ

ތިއަރިސްޓުން ބުނާ ގޮތުގައި އަޅުގަނޑުމެން ޑޭޓާ ރައްކާ ކުރަން މިގެންގުޅޭ ހާޑް ޑިސްކުތަކާއި، ޕެންޑްރައިވް ފަދަ އެއްޗެހީގެ ބަދަލުގައި ޑީއެންއޭ ފަދަ އެއްޗެއްގައި ޑޭޓާ ރައްކާ ކުރާނަމަ އިންސާނީ ތާރީހުގައި މިހާތަނަށް ރިކޯޑުކޮށްފައިވާ ހުރިހާ މައުލޫމާތެއް ގަރާޖެއް ވަރު ސަރަހައްދެއްގައި ރައްކާ ކުރެވޭނެއެވެ. މިއީ ވަރަށް ކުރިންސުރެ އެކި ސައިންޓިސްޓުން ދެކެމުން އަންނަ ހުވަފެނެކެވެ. ސައިންސްވެރިން މިހާރު ވަނީ ޑީއެންއޭގައި ޑޭޓާ ރައްކާކުރާނެ ގޮތް ހޯދާފައެވެ. މަސްހޫރު ޓެކްނޮލޮޖީ ކުންފުނި މައިކްރޯސޯފްޓުން ބުނި ގޮތުގައި ކުރިއަށް އޮތް ތިން އަހަރުގައި ތެރޭގައި އެކުންފުނީގެ އަމާޒަކީ ޑީއެންއޭގައި ޑޭޓާ ރައްކާކުރާ ސިސްޓަމެއް އުފެއްދުމެވެ.

ޓެކްނޮލޮޖީ މެގެޒިން އެމްއައިޓީ ޓެކްނޮލޮޖީ ރިވިއު އާ މި މައުލޫމާތު ހިއްސާ ކުރަމުން މައިކްރޯސިފްޓުން ބުނެފައި ވަނީ އެ ކުންފުނިން ކުރިއަށް އޮތް 3 އަހަރު ތެރޭ ޑީއޭންއޭ ގައި ޑޭޓާ ރައްކާ ކުރެވޭ ސިސްޓަމެއް އުފައްދާނެ ކަމަށާއި 2020 ވަނަ އަހަރުގެ ނިމުމުގެ ކުރިން ޑީއެންއޭ ބޭނުންކޮށްގެން ޑޭޓާ ރައްކާ ކުރާ ޑޭޓާ ސެންޓަރެއް ގާއިމު ކުރާނެ ކަމަށެވެ.

އިންސާނުންގެ ޑީއެންއޭ އަކީ އިންސާނާގެ ހަށިގަނޑުގެ ބޭރާއި އެތެރެފުށުގެ ސިފަތަކާއި، ހެދިބޮޑުވާ އިރު އަންނަ ބަދަލުތަކާއި އަދި މިނޫނަސް އެތައް މައުލޫމާތު ތަކެއް އޭގައި ރައްކާކުރެވިފައިވާ އެއްޗެއްކަން 20 ވަނަ ގަރުނުގައި ސައިސްސްވެރިން ވަނީ ހޯދާފައެވެ. ނަމަވެސް އައިޓީގެ ދާއިރާގައި ޑީއެންއޭ ބޭނުންކުރެވޭނެ ކަމަށާއި ކޮންޕިއުޓަރުގައި ރައްކާކުރާ ވައްތަރު ޑިގިޓަލް ޑޭޓާ ޑީއެންއޭގައި ރައްކުރާނެ ގޮތެއް ހޯދާފައި ވަނީ މީގެ 5 އަހަރު ކުރިން ހާވާޑް ޔުނިވާސިޓީގެ ޖެނެޓިކް ސައިންސްވެރިންނެވެ. އޭގެ ފަހުން މި ޓެކްނޮލޮޖީ އިތުރަށް ތަރައްގީކޮށް ސައިންސްވެރިން ވަނީ 1 ގުރާމްގެ ޑީއެންއޭގައި 210،000 ޓެރަބައިޓްގެ ޑޭޓާ ރައްކާކޮށްފައެވެ. އޭގެ ތެރޭގައި ކޮންޕިއުޓާރ އޮޕެރޭޓިން ސިސްޓަމަކާއި ސިނަމާ ފިލްމެއް ޑީއެންއޭގައި ރައްކާ ކުރިއެވެ.

ބެލެވޭ ގޮތުގައި މުސްތަޤުބަލުގައި ޑީއެންއޭ ހާޑްޑްރައިވް ބާޒާރަށް ނުކުންނާނެއެވެ. ނަމަވެސް މިޓެކްނޮލޮޖީގެ ކުރީކޮޅުގައި މިއީ ވަރަށް އަގުބޮޑު ޓެކްނޮލޮޖީއެކެވެ. އެންމެ 2 މެގަބައިޓްގެ ޑޭޓާ ޑީއެންއޭގައި ރައްކާ ކުރަންވެސް ސައިސްވެރިން ވަނީ 9000 ޑޮލަރު ހޭދަކޮށްފައެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close