ދިރިއުޅުން

އުފާ ރޯދަ ރަހަ: ސްޕައިސީ މިކްސްޑް ޗިކަން ލެގްސް

ރަމަޟާން މަހު ގެނެސްދިނުމަށް ހަމަޖެހިފައިވާ “އުފާ ރޯދަ ރަހަ” މި ސިލްސިލާގެ ދަށުން މިއަދު މި ގެނެސްދެނީ ސްޕައިސީ މިކްސްޑް ޗިކަން ލެގް ތައްޔާރުކުރާނެ ގޮތެވެ. ސްޕައިސީ މިކްސްޑް ޗިކަން ލެގް ތައްޔާރުކޮށްލުމަށް ނަގާނީ 45 މިނެޓެވެ. މި ގެނެސްދެނީ 3 މީހުންނަށް ސާވްކުރުމަށް ސްޕައިސީ މިކްސްޑް ޗިކަން ލެގް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި

600 ގުރާމް ކުކުޅުފައި
¼ މޭޒުމަތީ ސަމްސާ ލޮނު
ލެމަނޭޑް
ކުކިން އޮއިލް
ޝެލޮޓް ފިޔާ (ޗިސްކޮށްލާފައި)
ލޮނުމިދު (ޗިސްކޮށްލާފައި)
ގްރީން އޮނިއަން
30 މިލި ލީޓަރ ސޯޔާ ސޯސް
1 މޭޒުމަތީ ސަމްސާ ޗިލީ ޕައުޑަރ

½ މޭޒުމަތީ ސަމްސާ ހަކުރު

ތައްޔާރުކުރާނެ ގޮތް

ހައްދަވާނެ ގޮތް. ކުކުޅު ފައިތަކުގު މައްޗަށް ލޮނުކޮޅު އެޅުމަށްފަހު އެއްކޮށްލާށެވެ. އެޔަށް ފަހު ލެމަނޭޑުން ކުކުޅު ފައިތައް ފޯކޮށްލުމަށް 30 މިނެޓް ބަހައްޓާށެވެ. ތަވަޔަކަށް ތެޔޮފޮދު އެޅުމަށްފަހު މަޑުގިނީގައި ފިޔާ, ލޮނުމިދު, ގުރީން އޮނިއަން އެޅުމަށް ފަހު މީރުކޮށްލާށެވެ. އެއަށްފަހު އެއަށް ސޯޔާ ސޯސް އަޅާ އެއްކޮށްލުމަށް ފަހު ޗިލީ ޕައުޑަރ އަދި ހަކުރު ސަމްސާ އަޅާ ރަނގަޅަށް އެއްކޮށްލާށެވެ

ކުޅުފައިތައް ތަވާގައި މީރުކުރި އެއްޗެއްސާ ރަނގަޅަށް އެއްކޮށްލާށެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close