ކޮވިޑް-19

ސައިންސް

ނާސާއިން ފުރަތަމަ ފަހަރަށް އިރަށް އުޅަނދެއް ފޮނުވަނީ

އިންސާނުން ހަނދަށް ދިޔަ ވާހަކަ އަކީ އަޅުގަނޑުމެން އަޑު އަހާތާ އެތައް އަހަރެއް ވެފައިވާ ވާހަކައެކެވެ. ނަމަވެސް އިރަށް އިންސާނުންދާ ވާހަކަ ނުވަތަ އުޅަނދެއް ފޮނުވާ ވާހަކަ ބުނެފިޔާ ހައިރާން ވާނެއެވެ. އެއީ އިރުގެ ހޫނުމިން އަންދާޒާ ކޮށްލެވޭތީ އެވެ. ނާސާއިން މިހާރު މި ވަނީ އިރުގެ ޖައްވުގެ ތެރެއަށް މިސަންއެއް ފޮނުވުމަށް ތައްޔާރުވަމުން އަންނަކަން އިއުލާންކޮށްފައެވެ.

ނާސާއިން މިހަފުތާ އިއުލާންކޮށްފައި ވާ ގޮތުގައި 2018 ވަނަ އަހަރު “ސޯލާ ޕްރޯބް ޕްލަސް” ގެ ނަމުގައި އިރުގެ 4 މިލިއަން މޭލު ގާތަށް އުޅަނދެއް ފޮނުވާނެ އެވެ. މިއީ ނާސާއިން އިރާ މިހާ ގާތަށް އުޅަނދެއް ފޮނުވާ ފުރަތަމަ ފަހަރެވެ. އެއީ މީގެ ކުރިން އުޅަނދު ފޮނުވިފައިވާ ގާތް މިނުގެ 8 ގުނަ ގާތެވެ.

ނާސާއިން ހާމަކުރި ގޮތުގައި ކަނޑައެޅިފައިވާ ކައިރި މިނުމިނުގައި މި އުޅަނދު އިރު ވަށައިގެން ބުރުޖަހަން ފަށަން 7 އަހަރު ދުވަސް ހޭދަވާނެއެވެ. މި އުޅަނދު އިރުވަށައިގެން ބުރުޖަހަން ހަމަޖެހިފައިވާ އޯބިޓު ޕްލެނެޓް މާކަރީގެ އޯބިޓާ ވަރަށް ކައިރިވާނެ އެވެ. އަދި މި އުޅަނދު އިރުވަށައިގެން ދަތުރުކުރާނީ ގަޑިއަކު 450،000 މޭލު ބާރުމިނުގައި ކަމަށް ނާސާއިން ހާމަކޮށްފައި ވެއެވެ.

ނާސާގެ މި މިސަންގެ މަގުސަދަކީ އިރުގެ އެތެރޭގައި ހަކަތަ ދައުރުވާ ގޮތާއި އިރުގެ ޖައްވުތެރޭފައި ހޫނުގެ ރޯޅި ތައް ދަތުރުކުރާ ގޮތާއި އަދި މި ނޫނަސް އިރުގެ ޖައްވުގެ ތެރޭ ހިނގާ ކަންކަން ބަލާ ދިރާސާ ކުރުން ކަމުގައި ނާސާއިން ހާމަކޮށްފައި ވެއެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close