ޚަބަރުދީން

އުފާ ރޯދަ ކްއިޒްގެ މެއިން ސްޕޮންސަރަކަށް “މެޓްރޯ ހާޑްވެއަރ”

އުފާއިން އިންތިޒާމްކޮށްގެން “އުނގޫފާރު ޑޮޓްކޮމް” މެދުވެރިކޮށް ބާއްވާ އޮންލައިން ދީނީ ސުވާލު މުބާރާތް “އުފާ ރޯދަ ކުއިޒް” މިފަހަރުގެ މެއިން ސްޕޮންސަރަކަށް އުނގޫފާރު “މެޓްރޯ ހާޑްވެއަރ” ފިހާރަ ހަމަޖެހިއްޖެއެވެ.

މެޓްރޯ ހާޑްވެއަރ އަކީ އުނގޫފާރުގައި ހާޑްވެއަރގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ފިހާރައެކެވެ. މެޓްރޯ ހާޑްވެއަރގެ އިތުރުން މިގްރޫޕްގެ އިތުރު ދެފިހާރަ އުނގޫފާރުގައި ހިންގަމުންދެއެވެ. އެއީ މެޓްރޯ މަލްޓި ޝޮޕް އާއި ފޭރާން ޗޮއިސްއެވެ.

މި ކުއިޒަކީ އުފާއިން އުނގޫފާރު ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަމާއި މައުލޫމާތު އިތުރުކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ކުއިޒެކެވެ.

“އުފާ ރޯދަ ކުއިޒް” މިފަހަރުގެ މެއިން ސްޕޮންސަރަކަށް އުނގޫފާރު “މެޓްރޯ ހާޑްވެއަރ” ފިހާރަ ހަމަޖެހުމާއި ގުޅިގެން އަޅުގަނޑުމެން އުނގޫފާރު ޑޮޓްކޮމް އާއި އުފާ  ނިއުސްޓީމްގެ ފަރާތުން މެޓްރޯ ހާޑްވެއަރގެ ވެރިޔާ އަލްފާޟިލް އިބްރާހީމް ވާފިރަށާއި އެފިހާރައިގައި މަސައްކަތްކުރާ އެއްމެހައި މުވައްޒަފުންނަށް ވަރަށް އިހްލާސްތެރިކަމާއެކު މަރުހަބާއާއި ޝުކުރު ދަންނަވަމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close