ދިރިއުޅުން

އުފާ ރޯދަ ރަހަ: ރެޑް ވެލްވެޓް ކޭކް

އުފާ ރޯދަ ރަހަ މި ސިލްސިލާގެ ދަށުން މިއަދު މި ގެނެސްދެނީ ގިނަބައެއްގެ މެދުގައި ވަރަށް މަގުބޫލު ކޭކެއް ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި
2 ބިސް
1 ½ ލާހި ހަކުރު
1 މޭޒުމަތީ ސަމްސާ ވައިޓް ވިނޭގާ
2 ½ ޖޯޑު ކޭކް ފުއް
1 މޭޒުމަތީ ސަމްސާ ބޭކިން ސޯޑާ
3 މޭޒުމަތީ ސަމްސާ ކޮކޯ ޕައުޑަރ
1 ޖޯޑް ބަޓަރ މިލްކް
1 މޭޒުމަތީ ސަމްސާ ވެނީލާ
ރަތް ކާކުލަ
ރެޑްވެލްވެޓް ކޭކް އައިސިން ހެދުމަށް
ކްރީމް ޗީޒް
½ ޖޯޑް ބަޓަރ
1 ފޮށި ކޮންފެލްޝަނަރ / އައިސިން ހަކުރު
1 މޭޒުމަތީ ސަމްސާ ވެނީލާ

ހައްދަވާނެ ގޮތް
350 ފަރެންހައިޓް އަށް އަވަން ހޫނުކުރާށެވެ. ބިހާއި, ހަކުރާއި, ތެލާއި, ވިނެގާ އެއްކޮށް ގަށާށެވެ. އޭގެ ތެރެއަށް ކޭކު ފުއް, ކޮކޯ ޕައުޑަރ އަދި ބޭކިން ސޯޑަރ ފުރާނާލުމަށް ފަހު ރަނގަޅަށް އެއްވަންދެން ގަށާށެވެ. މަޑުމަޑުން އޭގެ ތެރެއަށް ބަޓަރ މިލްކް, ވެނީލާ އަދި ކާކުލަ އަޅާށެވެ. އެއްކުރި އެއްޗެހި އަވަނައް އެޅުމަށް ފަހު 25 މިނެޓް ވަންދެން އަވަނުގައި ފިހާށެވެ.

އައިސިން ތައްޔާރުކުރުން
ކްރީމް ޗީޒް އަދި ބަޓަރ އެއްކޮށްލުމަށް ފަހު މަޑުގިނީގައި މަޅުކޮށްލާށެވެ. ހަކުރު އަދި ވެނީލާ އެޅުމަށް ފަހު އޮލަވަންދެން މަޑުގިނީގައި ކައްކާށެވެ. މާ ބޮޑަށް އޮލަވެއްޖެ ނަމަ ކުޑަ ކިރުކޮޅެއް އަޅާށެވެ.
ފިހުނު ކޭކް ރަނގަޅަށް ހިހޫވުމުން އޭގެ މަތީގަ އާއި ސައިޑްގަ އައިސިން ޖަހާށެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close